Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓާ ސިޓީ

ސިޓީއަށް ދިން އަދަބު ދަމަހައްޓަން އިނގިރޭސި ކްލަބުތަކުން ހުށަހަޅަނީ

ސިޓީގެ މައްސަލަ އިނގިރޭސި އެފްއޭ އިން ވެސް އަންނަނީ ބަލަމުން

އަތޫފް އާތިފް
އަތޫފް އާތިފް | 29 މާރިޗު 2020 | އާދީއްތަ 13:46
ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ސިޓީގެ ކުޅުންތެރިން

ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ސިޓީގެ ކުޅުންތެރިން

ޔޫރަޕްގެ މުބާރާތްތަކުން ކުރިޔަށް އޮތް ދެ ސީޒަނަށް ސަސްޕެންޑްކޮށްފައިވާ މެންޗެސްޓާ ސިޓީގެ އަދަބު ދަމަހައްޓަން އިނގިރޭސި ކްލަބުތަކުން ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ޔުއެފާއިން ވަނީ ފެބްރުއަރީ މަހުގައި ކުރިއަށް އޮތް ދެ ސީޒަނަށް ސިޓީ ސަސްޕެންޑްކޮށް 30 މިލިއަން ޔޫރޯއިން ޖޫރިމަނާކޮށްފައެވެ. ސިޓީއަށް މިއަދަބު ދިނީ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގެ އަސޫލުތަކާއި ޚިލާފުވުމުންނާއި، ޔުއެފާ ކްލަބު ލައިސަންސްސިންގައި މަކަރު ހަދާފައިވާތީއެވެ.

މި މައްސަލަ ސިޓީން ވަނީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް ހުށަހަޅާފައެވެ. އަދި މައްސަލައިގެ ތަހުގީގު ފަށަން ސީއޭއެސްއިން ވަނީ އަންނަ ޖޫން މަހަށް ތާވަލުކޮށްފައެވެ. ނަމަވެސް ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މި ތާރީޚުގައި މައްސަލަ ނުފެށިދާނެ ކަމަށް ބެލެވެއެވެ. އެހެންކަމުން ސިޓީން ވަނީ މައްސަލަ ވަކިގޮތަކަށް ބަލާ ނިމެންދެން ސިޓީއަށް ދީފައިވާ އަދަބު މަޑުޖައްސައި ދިނުމުގެ އަމުރެއް ނެރެން ސީއޭއެސް އަށް ހުށަހަޅާފައެވެ. އެގޮތަށް ސީއޭއެސްއިން އަމުރު ނެރެފިނަމަ ކުރިޔަށް އޮތް ސީޒަނުގައި ޔުއެފާގެ މުބާރާތްތަކުގައި ސިޓީއަށް ވާދަކުރެވޭނެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ސިޓީއަށް ލުޔެއްދިނުމާއި ދެކޮޅަށް އިނގިރޭސި ބޮޑެތި ކުލަބުތަކުން އަންނަނީ ދެކޮޅު ހަދަމުންނެވެ. އެގޮތުން ސިޓީއާއި ދެކޮޅަށް އެމައްސަލަ ސީއޭއެސް އަށް ހުށަހެޅުމަށް 6 ކްލަބަކުން އަންނަނީ ތައްޔާރުވަމުންނެވެ. އެއީ އާސެނަލް، ޗެލްސީ، ލިވަޕޫލް، ވުލްވްސް، ލެސްޓާ ސިޓީ އަދި މެންޗެސްޓާ ޔުނައިޓެޑެވެ.

ސިޓީގެ މި މައްސަލަ ޔުއެފާގެ އިތުރުން އިނގިރޭސި އެފްއޭ އިންވެސް އަންނަނީ ބަލަމުންނެވެ. އަދި އެފްއޭ އިން ކުރާ ތަހުގީގު ސިޓީގެ މައްޗަށް ސާބިތުވެއްޖެނަމަ، އެ ކުލަބު އަތުން 2014 ވަނަ އަހަރުގެ ލީގު ތަށި ނެގުމުގެ ފުރުސަތު އެބައޮތެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

ބަހަށް ދިން ހަމަލާއާއެކު ޑޯޓްމަންޑު ޗެމްޕިއަންސް ލީގުން ވަކިވަނީ!

15 އެޕްރީލު 2017
ބަހަށް ދިން ހަމަލާއާއެކު ޑޯޓްމަންޑު ޗެމްޕިއަންސް ލީގުން ވަކިވަނީ!
04 އެޕްރީލު 2017

ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!

04 އެޕްރީލު 2017
ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
26 މާރިޗު 2017

ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ

26 މާރިޗު 2017
ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ
21 މާރިޗު 2017

ރަނިއޭރީ ބޭރުކުރުމާއެކު މަރުގެ އިންޒާރުތަކެއް ވާޑީ އަށް ދިންކަމަށް އޭނާ ބުނެފި

21 މާރިޗު 2017
ރަނިއޭރީ ބޭރުކުރުމާއެކު މަރުގެ އިންޒާރުތަކެއް ވާޑީ އަށް ދިންކަމަށް އޭނާ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު