Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލް އިންތިޚާބުގައި ވޯޓުލާ ފޮށިތައް

59 ފޮއްޓަކަށް 50 ދާއިރާއަށް ވުރެ ގިނަ މީހުން ވޯޓުލާނެ، ތިން ފޮއްޓަކަށް 200 ދާއިރާ އާ ގާތަށް ރަޖިސްޓްރީކުރި

4 އެޕްރީލު 2021 | އާދީއްތަ 01:53

އެންމެ ގިނަ ދާއިރާތަކުން ރަޖިސްޓްރީކޮށްފައިވަނީ މާލޭ ޖަލުގައި ބަހައްޓާ ފޮއްޓަކާއި ގދ ތިނަދޫގައި ބަހައްޓާ ފޮއްޓަކާއި، ކޮލަމްބޯގައި ބަހައްޓާ ފޮއްޓަކަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 އެޕްރީލު 2021 | އާދީއްތަ 01:53
ރިޔާސީ އިންތިޚާބުގައި މީހަކު ވޯޓުލަނީ

ރިޔާސީ އިންތިޚާބުގައި މީހަކު ވޯޓުލަނީ

އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި 59 ފޮއްޓެއްގައި 50 ދާއިރާއަށް ވުރެ ގިނަ ދާއިރާގެ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިންތިޚާބާއި ގުޅިގެން އީސީން ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް ދެއްވި އިންޓަރވިިއު އެއްގައި ޝަރީފް ވިދާޅުވީ މިފަހަރުގެ އިންތިޚާބުގެ ނަތީޖާ ގެނައުމުގައި ކުރީގެ އިންތިޚާބުތަކުގައި ނެގި ވަގުތަށް ވުރެ ގިނަ ވަގުތު ނަގާނެކަމަށެވެ. އެއީ މިފަހަރު ބޭއްވިގެންދަނީ ދެ އިންތިޚާބުކަމުގައިވާތީ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަތޮޅުތެރޭގައި ކޮންމެ ވޯޓެއް ހަތަރު ފަހަރު ގުނަންޖެހޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރީރަޖިސްޓްރޭޝަން ހުރި ގޮތުން ބައެއް ފޮށިތަކުގައި 100ށް ވުރެ ގިނަ ދާއިރާތަކުގެ މީހުން ރަޖިސްޓްރީކޮށްފައި އެބަހުރި ކަމަށް ޝަރީފް ވިދާޅުވިއެވެ.

ވޯޓު ގުނުން ލަސްވެގެންދާނެތީ މިހާރު ކަނޑައަޅާފައި ވާނީ 30 ދާއިރާއަށް ވުރެ ގިނައިން ހުންނަ ފޮށިތަކުގައި ވޯޓު ގުނުމަށް އިތުރު އޮފިޝަލުން ހަމަޖައްސާގޮތަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން އެފަދަ ކޮންމެ ފޮއްޓެއްގެ ވޯޓު ގުނުމަށް އިތުރު 5 މީހުން ޓްރެއިންކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ދާއިރާތައް ގިނަ ފޮށިތަކުގައި ލަސްތަކެއް ހުރިނަމަވެސް މާގިނަ ދާއިރާތައް ނުހުންނަ ފޮށިތައް ގުނަން ފަށާތާ ދެތިން ގަޑިއިރު ތެރޭގައި ނަތީޖާ އިއުލާންކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ކުރިޔަށް އޮތް އިންތިޚާބުގައި 735 ވޯޓު ފޮއްޓެއް ބަހައްޓައެވެ. ކޮވިޑާއި ގުޅިގެން އެޗްޕީއޭއިން އެކުލަވާލި ގައިޑްލައިންގެ ސަބަބުންވެސް ވޯޓު ފޮށީގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން އެއްވެސް ފޮއްޓަކަށް 600ށް ވުރެ ގިނަ މީހުންނަށް ވޯޓު ނުލެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބު

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2023

ބައެއް ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި އިލެކްޝަން - އެމްޑީޕީގެ ޕްރައިމަރީ އަށް ފުރުސަތު ހުޅުވާލައިފި

03 ނޮވެމްބަރު 2023
ބައެއް ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި އިލެކްޝަން - އެމްޑީޕީގެ ޕްރައިމަރީ އަށް ފުރުސަތު ހުޅުވާލައިފި
26 އޮކްޓޯބަރު 2023

ކުރިއަށް އޮތްތަނުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެންޑިޑެސީ ބަލައިގަތުމާމެދު ގޮތެއް ނިންމަން 5 ދުވަސް ލިބޭނެ

26 އޮކްޓޯބަރު 2023
ކުރިއަށް އޮތްތަނުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެންޑިޑެސީ ބަލައިގަތުމާމެދު ގޮތެއް ނިންމަން 5 ދުވަސް ލިބޭނެ
07 ނޮވެމްބަރު 2022

ކައުންސިލްތަކުގެ ބައި އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް ފާހެއް ނުވި

07 ނޮވެމްބަރު 2022
ކައުންސިލްތަކުގެ ބައި އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް ފާހެއް ނުވި
12 ސެޕްޓެމްބަރު 2022

ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

12 ސެޕްޓެމްބަރު 2022
ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވަން ގާނޫނަށް އިސްލާހު ހުށަހަޅައިފި
17 އެޕްރީލު 2021

މާވަށުގައި ބެހެއްޓުނު ވޯޓު ފޮއްޓަކަށް ޕީޕީއެމްގެ ސަޕޯޓަރަކު އޮޅުވާލައިގެން ވޯޓުލާފައިވާ މައްސަލައެއް

17 އެޕްރީލު 2021
މާވަށުގައި ބެހެއްޓުނު ވޯޓު ފޮއްޓަކަށް ޕީޕީއެމްގެ ސަޕޯޓަރަކު އޮޅުވާލައިގެން ވޯޓުލާފައިވާ މައްސަލައެއް
17 އެޕްރީލު 2021

އެމްޑީޕީއަށް 11 އަތޮޅުގެ ރައީސްކަމާއި 3 ސިޓީގެ މޭޔަރުކަން، ޕީޕީއެމް އަށް 7 އަތޮޅުގެ ރައީސް ކަމާއި 1 ސިޓީގެ މޭޔަރުކަން

17 އެޕްރީލު 2021
އެމްޑީޕީއަށް 11 އަތޮޅުގެ ރައީސްކަމާއި 3 ސިޓީގެ މޭޔަރުކަން، ޕީޕީއެމް އަށް 7 އަތޮޅުގެ ރައީސް ކަމާއި 1 ސިޓީގެ މޭޔަރުކަން
16 އެޕްރީލު 2021

ނަތީޖާ ކަށަވަރުކުރުމަށް 3 ދާއިރާއެއްގެ ސެކިއުރިޓީ އުރަ ކަނޑަން ނިންމައިފި

16 އެޕްރީލު 2021
ނަތީޖާ ކަށަވަރުކުރުމަށް 3 ދާއިރާއެއްގެ ސެކިއުރިޓީ އުރަ ކަނޑަން ނިންމައިފި
15 އެޕްރީލު 2021

ކައުންސިލަރުންގެ ހުވާކުރުން މޭމަހުގެ މެދުތެރޭގައި

15 އެޕްރީލު 2021
ކައުންސިލަރުންގެ ހުވާކުރުން މޭމަހުގެ މެދުތެރޭގައި
15 އެޕްރީލު 2021

ނަތީޖާގެ ސައްހަކަން ކަށަވަރުކުރުމަށް އަލުން ބަލަންޖެހޭ ފޮށިތައް ބަލަންޖެހޭތޯ ޑަބަލްޗެކްކުރަނީ

15 އެޕްރީލު 2021
ނަތީޖާގެ ސައްހަކަން ކަށަވަރުކުރުމަށް އަލުން ބަލަންޖެހޭ ފޮށިތައް ބަލަންޖެހޭތޯ ޑަބަލްޗެކްކުރަނީ
14 އެޕްރީލު 2021

2 މީހުން ރަޖިސްޓްރީ ކުރި ފޮޮށީގެ ލިސްޓުގައި 366 ވޯޓު ހިމެނޭ މައްސަލަ އީސީން ޙައްލުކޮށްފި

14 އެޕްރީލު 2021
2 މީހުން ރަޖިސްޓްރީ ކުރި ފޮޮށީގެ ލިސްޓުގައި 366 ވޯޓު ހިމެނޭ މައްސަލަ އީސީން ޙައްލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް