Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލްތަކުގެ އިންތިޚާބު

ކުރިއަށް އޮތްތަނުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެންޑިޑެސީ ބަލައިގަތުމާމެދު ގޮތެއް ނިންމަން 5 ދުވަސް ލިބޭނެ

ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި، އެ މީހެއްގެ ހުށަހެޅުން ގަބޫލުކުރިކަން ނުވަތަ ނޫންކަން އެމީހަކަށް ލިޔުމުން އަންގަންޖެހޭނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 އޮކްޓޯބަރު 2023 | ބުރާސްފަތި 13:29
އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދަނީ

އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދަނީ

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކެންޑިޑެސީއާމެދު ނިންމާ ގޮތެއް، އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް ގިނަ ވެގެން 5 ދުވަހުގެ ތެރޭގައި އަންގަންޖެހޭ ގޮތަށް މަޖިލީހުން ފާސްކޮށްފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު، ކައުންސިލް އިންތިޚާބުގައި ވާދަކުރާ މީހެއްގެ ކެންޑިޑެސީއާމެދު ގޮތެއް ނިންމުމަށް ލިބޭނީ 5 ދުވަހުގެ މުއްދަތެކެވެ. މިހާރު އަމަލުކުރަމުން އަންނަ، އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައި ވާގޮތަށް ބަލާނަމަ، އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބަލައިގަތްކަން އެންގުމަށް ލިބެނީ 48 ގަޑިއިރެވެ. އެހެންނަމަވެސް މިއީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެކަން ކުރުމަށް އެންމެ އެކަށީގެންވާ މުއްދަތު ނޫން ކަމަށްކަމާއި، ގުޅުންހުރި ފަރާތްތަކުން އައީ ފާހަގަކުރަމުންނެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ ވޯޓުންނެވެ.

އެހެންކަމުން އެ މުއްދަތު އިތުރުކުރުމަށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް އިސްލާހުކުރުމަށް މަޖިލީހުން ވަނީ ނިންމާފައެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ. އޭނާ ހުށަހެޅުއްވި އިސްލާހުގައި ބުނަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ކެންޑިޑެސީ ބަލައިގަތްކަން ނުވަތަ ނޫންކަން، އިލެކްޝަންސް ކޮމިޝަނުން ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި އަންގަންވާނެކަމަށެވެ.

މަޖިލީހުން ފާސްކުރި އެ އިސްލާހުގައި ވަނީ، ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ލިޔުން ލިބޭތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި އެ މީހެއްގެ ހުށަހެޅުން ގަބޫލުކުރިކަން ނުވަތަ ގަބޫލުނުކުރާކަން އެމީހަކަށް ލިޔުމުން އަންގަން ޖެހޭނެ ކަމަށެވެ.

އިންތިޚާބުލޯކަލް ކައުންސިލް އިންތިޚާބު

އިތުރަށް ކިޔާލަން

04 އެޕްރީލު 2024

ލ. އިސްދޫ އަދި ގަން ކައުންސިލްގެ ބައި-އިލެކްޝަންގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާއްމުކޮށްފި

04 އެޕްރީލު 2024
ލ. އިސްދޫ އަދި ގަން ކައުންސިލްގެ ބައި-އިލެކްޝަންގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާއްމުކޮށްފި
03 ނޮވެމްބަރު 2023

ބައެއް ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި އިލެކްޝަން - އެމްޑީޕީގެ ޕްރައިމަރީ އަށް ފުރުސަތު ހުޅުވާލައިފި

03 ނޮވެމްބަރު 2023
ބައެއް ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި އިލެކްޝަން - އެމްޑީޕީގެ ޕްރައިމަރީ އަށް ފުރުސަތު ހުޅުވާލައިފި
16 ޑިސެމްބަރު 2022

2023ގެ ރިޔާސީ އިންތިޚާބު: "ބަންގްލަދޭޝް، އެމިރޭޓްސް އަދި ތައިލޭންޑުގައި ވެސް 2023ގައި ވޯޓުފޮށި ބެހެއްޓޭނެ ކަމަށް ބެލެވޭ"

16 ޑިސެމްބަރު 2022
2023ގެ ރިޔާސީ އިންތިޚާބު: "ބަންގްލަދޭޝް، އެމިރޭޓްސް އަދި ތައިލޭންޑުގައި ވެސް 2023ގައި ވޯޓުފޮށި ބެހެއްޓޭނެ ކަމަށް ބެލެވޭ"
07 ނޮވެމްބަރު 2022

ކައުންސިލްތަކުގެ ބައި އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް ފާހެއް ނުވި

07 ނޮވެމްބަރު 2022
ކައުންސިލްތަކުގެ ބައި އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް ފާހެއް ނުވި
12 ސެޕްޓެމްބަރު 2022

ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

12 ސެޕްޓެމްބަރު 2022
ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވަން ގާނޫނަށް އިސްލާހު ހުށަހަޅައިފި
14 ނޮވެމްބަރު 2021

ވެރިކަން ކޮންމެ ގޮތެއް ހަދާފައިވެސް ނިމުމަކަށް ގެންނަންޖެހޭތަ؟

14 ނޮވެމްބަރު 2021
ވެރިކަން ކޮންމެ ގޮތެއް ހަދާފައިވެސް ނިމުމަކަށް ގެންނަންޖެހޭތަ؟
11 ސެޕްޓެމްބަރު 2021

އެމްޑީޕީގެ ދާއިރާތަކުގައި ވޯޓުލެވޭ މެމްބަރުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

11 ސެޕްޓެމްބަރު 2021
އެމްޑީޕީގެ ދާއިރާތަކުގައި ވޯޓުލެވޭ މެމްބަރުންގެ ދާއިމީ ލިސްޓު އާންމުކޮށްފި
17 ޖޫން 2021

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އޮގަސްޓް މަހު

17 ޖޫން 2021
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އޮގަސްޓް މަހު
17 އެޕްރީލު 2021

މާވަށުގައި ބެހެއްޓުނު ވޯޓު ފޮއްޓަކަށް ޕީޕީއެމްގެ ސަޕޯޓަރަކު އޮޅުވާލައިގެން ވޯޓުލާފައިވާ މައްސަލައެއް

17 އެޕްރީލު 2021
މާވަށުގައި ބެހެއްޓުނު ވޯޓު ފޮއްޓަކަށް ޕީޕީއެމްގެ ސަޕޯޓަރަކު އޮޅުވާލައިގެން ވޯޓުލާފައިވާ މައްސަލައެއް
17 އެޕްރީލު 2021

އެމްޑީޕީއަށް 11 އަތޮޅުގެ ރައީސްކަމާއި 3 ސިޓީގެ މޭޔަރުކަން، ޕީޕީއެމް އަށް 7 އަތޮޅުގެ ރައީސް ކަމާއި 1 ސިޓީގެ މޭޔަރުކަން

17 އެޕްރީލު 2021
އެމްޑީޕީއަށް 11 އަތޮޅުގެ ރައީސްކަމާއި 3 ސިޓީގެ މޭޔަރުކަން، ޕީޕީއެމް އަށް 7 އަތޮޅުގެ ރައީސް ކަމާއި 1 ސިޓީގެ މޭޔަރުކަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު