Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ3 ވޯޓުފޮއްޓެއް އަލުން ގުނަނީ

ނަތީޖާ ކަށަވަރުކުރުމަށް 3 ދާއިރާއެއްގެ ސެކިއުރިޓީ އުރަ ކަނޑަން ނިންމައިފި

ކުރިން 18 ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކަނޑަން ނިންމި ނަމަވެސް ސެކިއުރިޓީ އުރަ ނުކަނޑާ ނަތީޖާ ކަށަވަރުވެފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 16 އެޕްރީލު 2021 | ހުކުރު 06:30
އީސީ ޝަރީފް

އީސީ ޝަރީފް

ތިން ވޯޓު ފޮއްޓެއްގައި ހިމެނޭ ތިން ދާއިރާއެއްގެ ނަތީޖާ ކަށަވަރުކުރުމަށް ސެކިއުރީޓީ އުރަ ކަނޑަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ރާއްޖެއެމްވީއާ ވަހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ، ނަތީޖާ ކަށަވަރުކުރުމަށް ކަނޑަން ނިންމާފައިވަނީ ތިން ވޯޓު ފޮއްޓެއްގައި ހިމެނޭ ތިން ދާއިރާއެއްގެ ސެކިއުރިޓީ އުރަ ކަމަށެވެ. އެއީ ސެކިއުރިޓީ އުރަ 3 ކަމަށާއި، ވޯޓު ގުނުން މިރޭ ކުރިއަށްގެންގޮސް މާދަމާގެ ނިޔަލަށް ވަގުތީ ނަތީޖާ އިއުލާން ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ ކޭޓީ-3 ގެ މ. މުލަކު ދާއިރާއާއި، އެލްޓީ-2ގެ ފ. ނިލަންދޫ ދާއިރާއާއި، ވައިޓީ-21ގެ މ. މުލި ދާއިރާއެވެ. 

އެއްވެސް ސެކިއުރިޓީ އުރައެއް ހުޅުވާއިރު، ބަލަންތިބޭ މީހުންނަށް އޮޅުންއަރާ ފަދަ ކަމެއް ނުކުރާނެ ކަމަށާއި، ކޮންމެ ސެކިއުރިޓީ އުރައެއް ހުޅުވާއިރު އެ ސެކިއުރިޓީ ހުޅުވާ ބޭނުން ބުނާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ކުރިން 18 ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކަނޑަން ނިންމި ނަމަވެސް ސެކިއުރިޓީ އުރަ ނުކަނޑާ، ގުނާ ޝީޓް ނަގައިގެންނާއި، ކައުންޓާފޮއިލް ބަލައިގެން އެ ފޮށިތަކުގެ ނަތީޖާ ކަށަވަރުވެފައިވާކަމަށެވެ.

ތިން ވޯޓު ފޮއްޓެއް ކަނޑާ އަލުން ވޯޓު ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވާއިރު، އިންތިހާބުގެ ބައެއް ދާއިރާތަކުގެ ނަތީޖާ ޝީޓުގައި މައްސަލަތަކެއް ހުރެގެން އިލެކްޝަންސް ކޮމިޝަނުން ވެސް ދަނީ އެ މައްސަލަ ބަލަމުންނެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިޚާބާ ގުޅިގެން މިހާތަނަށް 89 ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ. އޭގެ ތެރެއިން 21 ޝަކުވާއަކީ ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ޝަކުވާތައްކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުއިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު