Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިޚާބުގެ ނަތީޖާ ކަށަވަރުކުރުން

ނަތީޖާގެ ސައްހަކަން ކަށަވަރުކުރުމަށް އަލުން ބަލަންޖެހޭ ފޮށިތައް ބަލަންޖެހޭތޯ ޑަބަލްޗެކްކުރަނީ

މަސައްކަތްކުރަނީ ވަގުތީ ނަތީޖާ ހުކުރު ދުވަހުގެ ނިޔަލަށް އިއުލާންކޮށް ނިންމުމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 15 އެޕްރީލު 2021 | ބުރާސްފަތި 10:00
އިލެކްޝަންސް ކޮމިޝަނުގެ ނާއިބުރައީސް އިސްމާއީލް ހަބީބު

އިލެކްޝަންސް ކޮމިޝަނުގެ ނާއިބުރައީސް އިސްމާއީލް ހަބީބު

ނިމިގެންދިޔަ ލޯކަލް ކައުންސިން އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ނަތީޖާ ކަށަވަރުކުރުމަށް އަލުން ބަލަންޖެހޭ 18 ފޮއްޓެއްވާކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ)ން ހާމަކޮށްފައިވާއިރު އެފޮށިތަކުގެ ސެކިޔުރިޓީ އުރަ ކެނޑުމުގެ ކުރިން އުރަތައް ކަނޑަންޖެހޭތޯ ޔަގީންކުރުމަށް ޑަބަލް ޗެކްކުރަމުންދާ ކަމަށް އެކޮމިޝަނުގެ ނާއިބުރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

އިންތިޚާބުގެ ނަތީޖާ ހާމަކުރުމަށް އީސީން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ހަބީބު ވިދާޅުވީ އަދި އެއްވެސް ފޮއްޓެއްގެ ސެކިޔުރިޓީ އުރަ ކަނޑާފައިނުވާކަމަށެވެ. އަލުން ފޮއްޓެއް ބަލާނަމަ އެފޮއްޓަކާއި ގުޅުންހުރި ދާއިރާތަކުގެ ކެންޑިޑޭޓުންނަށް 3 ގަޑިއިރުގެ ކުރިން އަންގާނެކަމަށް ހަބީބު ވިދާޅުވިއެވެ. އަދި ފޮށިތައް އަލުން ކަނޑަންޖެހޭތޯ ބެލުމަށް ނަތީޖާތައް ޑަބަލް ޗެކްކުރަމުންދާ ކަމަށް ހަބީބު ވިދާޅުވިއެވެ.

އީސީން މިހާރު އަންނަނީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކުރަމުންނެވެ. ހަބީބު ވިދާޅުވީ މަސައްކަތްކުރަނީ ވަގުތީ ނަތީޖާ ހުކުރު ދުވަހުގެ ނިޔަލަށް އިއުލާންކޮށް ނިންމުމަށް ކަމަށެވެ. އަދި ޤާނޫނުގައިވާ ގޮތުގެ މަތިން އިންތިޚާބުގެ ދާއިމީ ނަތީޖާ 14 ދުވަހުގެ ތެރޭގައި އިއުލާންކުރާނެކަމަށް ހަބީބު ވިދާޅުވިއެވެ.

ނިމިގެންދިޔަ އިންތިޚާބުގެ 18 ފޮއްޓެއްގެ ނަތީޖާ ކަށަވަރުކުރަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ. ޝަރީފް ވިދާޅުވީ ފޮށިތަކުގެ ނަތީޖާ ކަށަވަރުކުރުމަށްޓަކައި، ފޮށިތަކުގެ ޝީޓްތަކުގައި ހުރި މައްސަލަތައް ދެނެގަނެ ހައްލު ކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ވޯޓުލީ މީހުންގެ އަދަދާއި، ސައްޙަ ވޯޓާއި ބާތިލް ވޯޓުގެ އަދަދު ޗެކް ކުރުމަށްފަހު، މައްސަލައެއް ނެތްތަނަމަ އެފޮށިތަކުގައި އިތުރު ކަމެއް ނުކުރާނެ ކަމަށް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ވޯޓުލީ މީހުންގެ ތަފާސްހިސާބު ދިމާވާކަމަށް ވަނީނަމަ، މި މަސައްކަތުގެ ތެރެއިން، އިތުރު ކަމެއް ނުކުރާނެ ކަމަށެވެ. ހަމަ އެހެންމެ، އެއްވެސް ސެކިއުރިޓީ އުރައެއް ހުޅުވާއިރު، ބަލަންތިބޭ މީހުނަށް އޮޅުންއަރާ ފަދަ ކަމެއް ނުކުރާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ކޮންމެ ސެކިއުރިޓީ އުރައެއް ހުޅުވާއިރު އެ ސެކިއުރިޓީ ހުޅުވާ ބޭނުން ބުނާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން، ވޯޓު އަލުން ގުނާނީ ނަތީޖާ ކަށަވަރުކުރެވޭނެ އިތުރު އެއްވެސް ގޮތެއް ނެތްނަމަ އެންމެ ފަހުކަމެއްގެ ގޮތުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން އަންގާރަދުވަހު ޝީޓްތަކުގައި މައްސަލަ ފާހަގަކުރެވުނު 18 ފޮށީގެ ނަތީޖާ ކަށަވަރުކުރުމަށް މަސައްކަތްކުރިއެވެ. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތާ ގުޅިގެން، އިދިކޮޅު ޕީޕީއެމްއާއި ވެރިކަން ކުރާ އެމްޑީޕީން ވަނީ ހަމަނުޖެހުންތަކެއް ހިންގާފައެވެ. މި ހަމަނުޖެހުންތަކާއި ގުޅިގެން، އެ މަސައްކަތް ވަނީ ފަސްކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންލޯކަލް ކައުންސިލް އިންތިޚާބު

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު