Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު 2021

2 މީހުން ރަޖިސްޓްރީ ކުރި ފޮޮށީގެ ލިސްޓުގައި 366 ވޯޓު ހިމެނޭ މައްސަލަ އީސީން ޙައްލުކޮށްފި

މަގޫދޫ އާއި ބިލެއްދޫ ފޮށީގައިވެސް ކުރިން ހުރީ އެއް އަދަދުތަކެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 އެޕްރީލު 2021 | ބުދަ 19:01
ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިހާބުގެ ވޯޓުލުުމުގެ ތެރެއިން

ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިހާބުގެ ވޯޓުލުުމުގެ ތެރެއިން

ފ އަތޮޅު ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ބެހެއްޓިފައިވާ ވޯޓު ފޮށްޓެއްގައި 2 މީހުން ވޯޓުލާން ރަޖިސްޓަރީ ކޮށްފައި އޮތް ނަމަވެސް، ވޯޓުލީ ލިސްޓުގައި 366 ވޯޓު ހިމެނޭ މައްސަލަ އިލެކްޝަންސް ކޮމިޝަނުން ޙައްލުކޮށްފިއެވެ.

ފ އަތޮޅު ކައުންސިލް ރައީސަކު ހޮވުމަށް އެއަތޮޅު މަގޫދޫގައި ބެހެއްޓިފައިވާ މަގޫދޫ ރައްޔިތުންގެ ފޮއްޓަށް 394 މީހުން ރަޖިސްޓަރީ ކޮށްފައިވާއިރު، ވޯޓު ލާފައިވަނީ އޭގެ ތެރެއިން 366 މީހުންނެވެ. އަދި ފ މަގޫދޫގައި ބެހެއްޓިފައިވާ ބިލެއްދޫ ރައްޔިތުން ވޯޓުލާ ފޮއްޓަށް ރަޖިސްޓަރީ ކޮށްފައިވަނީ 2 މީހުންނެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ނަތީޖާ އާންމު ކޮށްފައިވާއިރު، މި ދެ ވޯޓު ފޮއްޓަށްވެސް ވޯޓުލީ އަދަދެއް ކަމަށް ބަޔާންކޮށްފައިވަނީ 366 އެވެ. އީސީގެ ރައީސް އަހުމަދު ޝަރީފް އަންގާރަ ދުވަހުގެރޭ ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވަނީ އެ މައްސަލަ ބައްލަވާނެކަމަށް ވިދާޅުވެފައެވެ.

އީސީން މިހާރު ވަނީ ނަތީޖާ ލިސްޓު ވެބްސައިޓުން އިސްލާޙު ކޮށްފައެވެ. އެގޮތުން މަގޫދޫގައި ބެހެއްޓިފައިވާ ބިލެއްދޫ ރައްޔިތުން ވޯޓުލާ ފޮށީގެ ރަނގަޅު ޝީޓް މިހާރު ވަނީ އާންމުކޮށްފައެވެ.

ފ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް 3 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. އެއީ ކެންޑިޑޭޓް ނަމްބަރު 1 އިބްރާޙިމް ނައީމް، ކެންޑިޑޭޓް ނަމްބަރު 2 މުޙައްމަދު ޝަހުރީދު އަދި ކެންޑިޑޭޓު ނަމްބަރު 3 އަލީ މުހައްމަދެވެ. އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ފ އަތޮޅު ކައުންސިލް ރައީސްކަމަށް ކުރިމަތިލައްވާފައިވާ 3 ކެނޑިޑޭޓުންގެ ތެރެއިން ކުރި ހޯއްދަވާފައިވަނީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި ކެނޑިޑޭޓު އަލީ މުޙައްމަދެވެ.

އިލެކްޝަންސް ކޮމިޝަންލޯކަލް ކައުންސިލް އިންތިޚާބު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު