Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލް އިންތިޚާބު 2020

މާވަށުގައި ބެހެއްޓުނު ވޯޓު ފޮއްޓަކަށް ޕީޕީއެމްގެ ސަޕޯޓަރަކު އޮޅުވާލައިގެން ވޯޓުލާފައިވާ މައްސަލައެއް

17 އެޕްރީލު 2021 | ހޮނިހިރު 09:07

އޭނާ ވޯޓުލާން ޖެހޭ ދާއިރާ ޓީ-9ގެ ނަތީޖާ ޝީޓް ދައްކާގޮތުން އެދާއިރާއަށް އެއްވެސް މީހަކު ވޯޓްލާފައެއް ނުވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 17 އެޕްރީލު 2021 | ހޮނިހިރު 09:07
ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން

ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން

ލ. މާވަށުގައި ބެހެއްޓިފައިވާ ވޯޓު ފޮއްޓަކަށް ޕީޕީއެމް ސަޕޯޓަރަކު އޮޅުވާލައިގެން ވޯޓު ލާފައިވާ މައްސަލައެއް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ވަނީ މާވަށުގައި ބެހެއްޓުނު 06.02 ވޯޓު ފޮއްޓަށް އެންމެންގެ ކުރިމަތީގައި ވޯޓް ލާފައެވެ. ނަމަވެސް އޭނާ ވޯޓުލާން ޖެހޭ ދާއިރާ ޓީ-9ގެ ނަތީޖާ ޝީޓް ދައްކާގޮތުން އެދާއިރާއަށް އެއްވެސް މީހަކު ވޯޓްލާފައެއް ނުވެއެވެ.

ނަން ހާމަ ނުުކުރުމަށް އެދި ރާއްޖެއެމްވީއަށް މައުލޫމަތު ދިން މީހާ ބުނިގޮތުގައި މި އޮޅުވާލުން ފާހަގަ ކުރެވިފައި ވަނީ އިންތިޚާބު ނިމުނު ފަހުން ކެންޑިޑޭޓުންގެ މަސައްކަތުންނެވެ. ނަމަވެސް އަދި މިވީތަނަށް 06.2ގެ އިލެކްޝަންސް އޮފިޝަލުންގެ ފަރާތުން އެއްވެސް މައްސަލައެއް ވޯޓުލީ މަރުކަޒުގައިވެސް، އަދި އޭގެ ފަހުން ވެސް ފާހަގަކޮށްފައި ނުވުމުން މި އަމަލަކީ ރޭވިގެން ހިންގާފައިވާ ޖަރީމާއެއް ކަމާއި ގަސްތުގައި ރައްޔިތުންގެ ހައްގަށް އަރައިގަތުންކަމުގައި މާވަށުގެ ބައެއް ރައްޔިތުން ދަނީ ފާހަގަ ކުރަމުންނެވެ.

އަދި މިފަދަ ބޮޑެތި މައްސަލަތައް ފާހަގަވެފައި އޮއްވާ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރުމަކީ ކޮށްގެން ވާނެކަމެއް ނޫންކަމަށާއި އެގޮތަށް އެކަން ކޮށްފިނަމަ މުޅި އިންތިޚާބުގެ ސައްހަކަން ގެއްލުނީ ކަމަށްބުނެ މާވަށުގެ ބައެއް ރައްޔިތުންދަނީ ޝަކުވާކުރަމުންނެވެ. މި އަމަލު ހިންގި ފަރާތާއި ހިންގުމުގައި އެހީތެރިވެދިން އެންމެހާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް އެރަށުގެ ބައެއް ރައްޔިތުން ދަނީ ގޮވާލަމުންނެވެ.

މި މައްސަލައާއި ގުޅޭ ތަފްސީލީ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން ލިބޭގޮތް ވަނީ ނުވެފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބު

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2023

ބައެއް ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި އިލެކްޝަން - އެމްޑީޕީގެ ޕްރައިމަރީ އަށް ފުރުސަތު ހުޅުވާލައިފި

03 ނޮވެމްބަރު 2023
ބައެއް ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި އިލެކްޝަން - އެމްޑީޕީގެ ޕްރައިމަރީ އަށް ފުރުސަތު ހުޅުވާލައިފި
26 އޮކްޓޯބަރު 2023

ކުރިއަށް އޮތްތަނުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެންޑިޑެސީ ބަލައިގަތުމާމެދު ގޮތެއް ނިންމަން 5 ދުވަސް ލިބޭނެ

26 އޮކްޓޯބަރު 2023
ކުރިއަށް އޮތްތަނުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެންޑިޑެސީ ބަލައިގަތުމާމެދު ގޮތެއް ނިންމަން 5 ދުވަސް ލިބޭނެ
07 ނޮވެމްބަރު 2022

ކައުންސިލްތަކުގެ ބައި އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް ފާހެއް ނުވި

07 ނޮވެމްބަރު 2022
ކައުންސިލްތަކުގެ ބައި އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް ފާހެއް ނުވި
12 ސެޕްޓެމްބަރު 2022

ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

12 ސެޕްޓެމްބަރު 2022
ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވަން ގާނޫނަށް އިސްލާހު ހުށަހަޅައިފި
17 އެޕްރީލު 2021

އެމްޑީޕީއަށް 11 އަތޮޅުގެ ރައީސްކަމާއި 3 ސިޓީގެ މޭޔަރުކަން، ޕީޕީއެމް އަށް 7 އަތޮޅުގެ ރައީސް ކަމާއި 1 ސިޓީގެ މޭޔަރުކަން

17 އެޕްރީލު 2021
އެމްޑީޕީއަށް 11 އަތޮޅުގެ ރައީސްކަމާއި 3 ސިޓީގެ މޭޔަރުކަން، ޕީޕީއެމް އަށް 7 އަތޮޅުގެ ރައީސް ކަމާއި 1 ސިޓީގެ މޭޔަރުކަން
16 އެޕްރީލު 2021

ނަތީޖާ ކަށަވަރުކުރުމަށް 3 ދާއިރާއެއްގެ ސެކިއުރިޓީ އުރަ ކަނޑަން ނިންމައިފި

16 އެޕްރީލު 2021
ނަތީޖާ ކަށަވަރުކުރުމަށް 3 ދާއިރާއެއްގެ ސެކިއުރިޓީ އުރަ ކަނޑަން ނިންމައިފި
15 އެޕްރީލު 2021

ކައުންސިލަރުންގެ ހުވާކުރުން މޭމަހުގެ މެދުތެރޭގައި

15 އެޕްރީލު 2021
ކައުންސިލަރުންގެ ހުވާކުރުން މޭމަހުގެ މެދުތެރޭގައި
15 އެޕްރީލު 2021

ނަތީޖާގެ ސައްހަކަން ކަށަވަރުކުރުމަށް އަލުން ބަލަންޖެހޭ ފޮށިތައް ބަލަންޖެހޭތޯ ޑަބަލްޗެކްކުރަނީ

15 އެޕްރީލު 2021
ނަތީޖާގެ ސައްހަކަން ކަށަވަރުކުރުމަށް އަލުން ބަލަންޖެހޭ ފޮށިތައް ބަލަންޖެހޭތޯ ޑަބަލްޗެކްކުރަނީ
14 އެޕްރީލު 2021

2 މީހުން ރަޖިސްޓްރީ ކުރި ފޮޮށީގެ ލިސްޓުގައި 366 ވޯޓު ހިމެނޭ މައްސަލަ އީސީން ޙައްލުކޮށްފި

14 އެޕްރީލު 2021
2 މީހުން ރަޖިސްޓްރީ ކުރި ފޮޮށީގެ ލިސްޓުގައި 366 ވޯޓު ހިމެނޭ މައްސަލަ އީސީން ޙައްލުކޮށްފި
14 އެޕްރީލު 2021

ހަ ވޯޓު ފޮއްޓެއް އަލުން ގުނުމަށް އެމްޑީޕީން ހުށަހަޅައިފި

14 އެޕްރީލު 2021
ހަ ވޯޓު ފޮއްޓެއް އަލުން ގުނުމަށް އެމްޑީޕީން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް