Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުން

އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

3 އެޕްރީލު 2021 | ހޮނިހިރު 17:40

ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 273،128 މީހުންނަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 އެޕްރީލު 2021 | ހޮނިހިރު 17:40
ކުރީގައި ބޭއްވި އިންތިޚާބެއްގެ ތެރެއިން

ކުރީގައި ބޭއްވި އިންތިޚާބެއްގެ ތެރެއިން

އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަން(އީސީ)ން އާންމުކޮށްފިއެވެ.

ފައިނަލް ލިސްޓް އާންމުކޮށްފައި ވަނީ ވަގުތީ ލިސްޓެއް އާންމުކުރުމަށްފަހު އެލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށްފަހުއެވެ. އެފުރުސަތުގައި 70 ޝަކުވާއެއް ވަނީ ހުށަހަޅާފައެވެ.

Advertisement - newsAdvertisement

މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 273،128 މީހުންނަށެވެ. މީގެތެރޭގައި އިންތިޚާބު ފަސްވުމުގެ ސަބަބުން ވޯޓު ދިނުމުގެ ހައްގު ލިބުނު 5134 މީހުންވެސް ހިމެނެއެވެ.

1414 އަށް އެސް.އެމް.އެސް ((VR space IDNO Send to 1414) ކޮށްގެން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޗެކްކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މިފަހަރުގެ އިންތިޚާބުގައި 735 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. ވޯޓު ފޮށީގެ އަދަދު އިތުރުވެފައިވަނީ ކޮވިޑާއި ގުޅިގެން އެޗްޕީއޭއިން އެކުލަވާލި ގައިޑްލައިނުގެ ސަބަބުންނެވެ.

އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ވޯޓުލާއިރު ވޯޓުލުމުގެ ކަންކަން ކުރިޔަށްދާނީ ހެނދުނު 7ން ފެށިގެން ހަވީރު 5 ޖަހަންދެނެވެ. އެއަށްފަހު ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނާއި ކަރަންޓީނުގައި ތިބި މީހުންނަށް ވޯޓު ލުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އީސިން ބުނެއެވެ.

ކޮވިޑް-19 ގެ ސަބަބުން މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށަކަށްވެސް ވޯޓުލާން ދެވިދާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އަތޮޅުތެރޭގައި ދިރިއުޅޭ މީހުން އެއްރަށުން އަނެއްރަށަށް ވޯޓުލުމަށް ދިއުމުގެ ހުއްދަ ދޭނެކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އަންގާފައިވާ ކަމަށެވެ. އަދި މޮނިޓަރިން ހާލަތުގައި އޮންނަ ރަށަކަށްވެސް އެ ރަށެއްގެ ޓާސްކްފޯހާ ގުޅިގެން ހަމައެކަނި ވޯޓުލުމަށް ހުއްދަ ލިބޭނެ ކަމަށެވެ.

ކޮވިޑްގެ ސަބަބުން މިފަހަރުގެ އިންތިޚާބު ބޭއްވުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވެފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބު

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2023

ބައެއް ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި އިލެކްޝަން - އެމްޑީޕީގެ ޕްރައިމަރީ އަށް ފުރުސަތު ހުޅުވާލައިފި

03 ނޮވެމްބަރު 2023
ބައެއް ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި އިލެކްޝަން - އެމްޑީޕީގެ ޕްރައިމަރީ އަށް ފުރުސަތު ހުޅުވާލައިފި
26 އޮކްޓޯބަރު 2023

ކުރިއަށް އޮތްތަނުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެންޑިޑެސީ ބަލައިގަތުމާމެދު ގޮތެއް ނިންމަން 5 ދުވަސް ލިބޭނެ

26 އޮކްޓޯބަރު 2023
ކުރިއަށް އޮތްތަނުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެންޑިޑެސީ ބަލައިގަތުމާމެދު ގޮތެއް ނިންމަން 5 ދުވަސް ލިބޭނެ
07 ނޮވެމްބަރު 2022

ކައުންސިލްތަކުގެ ބައި އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް ފާހެއް ނުވި

07 ނޮވެމްބަރު 2022
ކައުންސިލްތަކުގެ ބައި އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް ފާހެއް ނުވި
12 ސެޕްޓެމްބަރު 2022

ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

12 ސެޕްޓެމްބަރު 2022
ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވަން ގާނޫނަށް އިސްލާހު ހުށަހަޅައިފި
17 އެޕްރީލު 2021

މާވަށުގައި ބެހެއްޓުނު ވޯޓު ފޮއްޓަކަށް ޕީޕީއެމްގެ ސަޕޯޓަރަކު އޮޅުވާލައިގެން ވޯޓުލާފައިވާ މައްސަލައެއް

17 އެޕްރީލު 2021
މާވަށުގައި ބެހެއްޓުނު ވޯޓު ފޮއްޓަކަށް ޕީޕީއެމްގެ ސަޕޯޓަރަކު އޮޅުވާލައިގެން ވޯޓުލާފައިވާ މައްސަލައެއް
17 އެޕްރީލު 2021

އެމްޑީޕީއަށް 11 އަތޮޅުގެ ރައީސްކަމާއި 3 ސިޓީގެ މޭޔަރުކަން، ޕީޕީއެމް އަށް 7 އަތޮޅުގެ ރައީސް ކަމާއި 1 ސިޓީގެ މޭޔަރުކަން

17 އެޕްރީލު 2021
އެމްޑީޕީއަށް 11 އަތޮޅުގެ ރައީސްކަމާއި 3 ސިޓީގެ މޭޔަރުކަން، ޕީޕީއެމް އަށް 7 އަތޮޅުގެ ރައީސް ކަމާއި 1 ސިޓީގެ މޭޔަރުކަން
16 އެޕްރީލު 2021

ނަތީޖާ ކަށަވަރުކުރުމަށް 3 ދާއިރާއެއްގެ ސެކިއުރިޓީ އުރަ ކަނޑަން ނިންމައިފި

16 އެޕްރީލު 2021
ނަތީޖާ ކަށަވަރުކުރުމަށް 3 ދާއިރާއެއްގެ ސެކިއުރިޓީ އުރަ ކަނޑަން ނިންމައިފި
15 އެޕްރީލު 2021

ކައުންސިލަރުންގެ ހުވާކުރުން މޭމަހުގެ މެދުތެރޭގައި

15 އެޕްރީލު 2021
ކައުންސިލަރުންގެ ހުވާކުރުން މޭމަހުގެ މެދުތެރޭގައި
15 އެޕްރީލު 2021

ނަތީޖާގެ ސައްހަކަން ކަށަވަރުކުރުމަށް އަލުން ބަލަންޖެހޭ ފޮށިތައް ބަލަންޖެހޭތޯ ޑަބަލްޗެކްކުރަނީ

15 އެޕްރީލު 2021
ނަތީޖާގެ ސައްހަކަން ކަށަވަރުކުރުމަށް އަލުން ބަލަންޖެހޭ ފޮށިތައް ބަލަންޖެހޭތޯ ޑަބަލްޗެކްކުރަނީ
14 އެޕްރީލު 2021

2 މީހުން ރަޖިސްޓްރީ ކުރި ފޮޮށީގެ ލިސްޓުގައި 366 ވޯޓު ހިމެނޭ މައްސަލަ އީސީން ޙައްލުކޮށްފި

14 އެޕްރީލު 2021
2 މީހުން ރަޖިސްޓްރީ ކުރި ފޮޮށީގެ ލިސްޓުގައި 366 ވޯޓު ހިމެނޭ މައްސަލަ އީސީން ޙައްލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް