ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!
9 އޮކްޓޯބަރު 2026 | ހުކުރު 16:45ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި. މި ހާދިސާގައި ފޭރިގަތީ ކޮން އެއްޗެއްކަން އަދި ސާފުނުވާއިރު، މައްސަލައާ ގުޅޭ އިތުރު ތަފުސީލު ފަހުން ހާމަކުރާނެ ކަމަށް ފުލުހުން ބުނެފައިވޭ


ކްރައިމް ސީނެއްކަން އަންގައިދޭ ޓޭޕް ދަމާފައި | ރާއްޖެއެމްވީ
މާލެ، ގަލޮޅުގަައި ހުންނަ ގެއަކަށް 4 މީހުން ވަދެ ފޭރުނު މައްސަލައަކާ ގުޅިގެން ހައްޔަރު ކުރި އެންމެންގެ ބަންދަށް ވެސް 15 ދުވަސް ޖަހައިފި އެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި މާލެ، ގަލޮޅުގައި ހުންނަ ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލަ އެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި ހާދިސާގައި ގެއަށް ވަދެ ފޭރުނީ ކޮން އެއްޗެއްކަން މިހާތަނަށް ސާފުވެފައެއް ނުވެ އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށެވެ.











