Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

10 އޮކްޓޯބަރު 2026 | ހޮނިހިރު 10:22

ރަޝިޔާގެ ރައީސް ޕުޓިންއާއި އެމެރިކާގެ ރައީސް ޓްރަމްޕް ފޯނުން ގުޅުއްވައި، ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމާއި އީރާނުގެ ނިއުކްލިއާ މައްސަލައާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފި. މި ބައްދަލުވުމުގައި ދުނިޔޭގެ ބާޒާރަށް ބޭނުންވާ ޑީސަލް ފޯރުކޮށްދިނުމަށް ރަޝިޔާއިން އެއްބަސްވެފައިވާއިރު، ދެ ގައުމުގެ އިސްވެރިން ވަނީ ކުރިއަށް އޮތް އޭޕެކް ސަމިޓުގައި ބައްދަލުކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 10 އޮކްޓޯބަރު 2026 | ހޮނިހިރު 10:22
ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން އެލެސްކާއަށް ވަޑައިގަންނަވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވަނީ (ފައިލް)

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން އެލެސްކާއަށް ވަޑައިގަންނަވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވަނީ (ފައިލް) | ގެޓީ އިމޭޖަސް

ރަޝިޔާގެ ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބަށް ހުރަސްއަޅަން ޔޫކްރެއިނުން މަސައްކަތް ކުރުމުގެ ސަބަބުން، ތިން ފަރާތް އެކުލެވޭ މަޝްވަރާތައް އަލުން ފެށުމުގެ ފުރުސަތު އެ ޤައުމުން ނަގާލާފައިވާ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދަންނަވައިފި އެވެ. ރަޝިޔާގެ އިސް އޮފިޝަލަކާ ހަވާލާދީ، އެ ޤައުމުގެ ދައުލަތުގެ ނޫސް އޭޖެންސީ ތާސްއިން މި ކަން ހާމަކުރީ ހޮނިހިރު ދުވަހު އެވެ.

ރަޝިޔާގެ ރިޔާސީ މުޝީރު ޔޫރީ އުޝަކޮފް ވިދާޅުވީ، ޕުޓިންގެ ވިސްނުންފުޅު ޓްރަމްޕް އަޑުއެއްސެވި ކަމަށެވެ . އަދި، އެމެރިކާގެ މަންދޫބުންނާ ބައްދަލުކުރުމަށް މަޔާމީގައި މި ވަގުތު ތިބި ޔޫކްރެއިންގެ ވަފުދަށް އެ މެސެޖު ރައްދުކޮށްދިނުމަށް ޓްރަމްޕް އަންގަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement - worldAdvertisement

"އަޅުގަނޑުމެންގެ އިންތިޚާބަށް ހުރަސްއަޅަން މަސައްކަތްކޮށް، ވޯޓުލި ދުވަހު މޮސްކޯއަށާއި އެހެނިހެން ސިޓީތަކަށާއި، ވޯޓުލި މަރުކަޒުތަކަށާއި، ވޯޓުލުން އިންތިޒާމުކުރުމުގައި ބައިވެރިވި ވަކިވަކި ފަރުދުންނަށް އަމާޒުކޮށް ޑްރޯންގެ ބޮޑު ހަމަލާއެއް ދީގެން، ކީވްގެ ސަަރުކާރުން ވަނީ މަޝްވަރާގެ މަރުހަލާ ވަގުތުން އަލުން ފެށުމުގެ ފުރުސަތު މުޅިންހެން ނަގާލާފައި،" އުޝަކޮފް ވިދާޅުވި އެވެ. "މިހާރު، ރައީސް [ޕުޓިން] ވިދާޅުވި ފަދައިން، މި މަޝްވަރާތައް ދެން އަލުން ފެށޭނީ ކޮން އިރަކުތޯ އަޅުގަނޑުމެން ބަލާނީ."

ރަޝިޔާއިން ކުރިއަށްގެންދާ "ޚާއްސަ އަސްކަރީ އޮޕަރޭޝަންގެ" ލަނޑުދަނޑިތަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ވެސް ޕުޓިން ވަނީ ޓްރަމްޕަށް ދަންނަވާފަ އެވެ. މިއާއެކު، ހަނގުރާމައިގެ މައިދާނުގައި އިސްނެގުން އޮތީ ރަޝިޔާގެ ފައުޖުތަކަށް ކަމަށާއި، އެ ފައުޖުތައް ކުރިއަރަމުން އަންނަ ކަން ޕުޓިން ފާހަގަކުރެއްވި އެވެ.

"ޚާއްސަ އަސްކަރީ އޮޕަރޭޝަނުގެ ލަނޑުދަނޑިތަކާއި މަގުސަދުތަކާ މެދު އަޅުގަނޑުމެން ދެކޭގޮތަށް އެއްވެސް ބަދަލެއް ނާންނަކަން ޕުޓިން ވަނީ ސާފުކޮށްދެއްވާފައި. އަދި، ދިގު މުއްދަތަކަށް ދެމިގެންދާ، ދެމެހެއްޓެނިވި ސުލްހައެއް ރައްކާތެރިކަމާއެކު ހޯދުމަށް އަމާޒުކޮށް ސިޔާސީ އަދި ޑިޕްލޮމެޓިކް ހައްލަކަށް އަޅުގަނޑުމެން ތައްޔާރަށް ތިބިކަން ވެސް ސާފުކޮށްދެއްވި،" އުޝަކޮފް ވިދާޅުވި އެވެ.

"އެކުވެރި" މާހައުލެއްގައި ހިނގި ކަމަށް އުޝަކޮފް ސިފަކުރެއްވި މި 90 މިނެޓުގެ ފޯނު ކޯލުގައި، އެމެރިކާއާއި އީރާނުގެ މައްސަލައިގައި ޑިޕްލޮމެޓިކް ފުރުސަތުތައް އަދިވެސް ހުޅުވިފައިވާ ކަމަށް ޕުޓިން ވިދާޅުވި އެވެ. އަދި, ތެހެރާނާއެކު އެއްބަސްވުމަކަށް އައުމަށް ވޮޝިންގޓަނަށް އޭނާ ބާރުއެޅުއްވި އެވެ. "އީރާނާ ގުޅޭގޮތުން ޑިޕްލޮމެސީގެ ފުރުސަތުތައް އަދި ހުހެއް ނުވާކަން ޕުޓިން ޚާއްސަކޮށް ފާހަގަކުރެއްވި: ތެހެރާނާއެކު އެއްބަސްވުންތަކަކަށް އައުމަކީ ކުރެވެން އޮތް އަދި ކުރަން ވެސް ޖެހޭ ކަމެއް،" އުޝަކޮފް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، މަތީ ދަރަޖައަށް މުއްސަނދިކޮށްފައިވާ އީރާނުގެ ޔުރޭނިއަމް ރަޝިޔާގެ ސަރަހައްދަށް ގެންދިއުމަށް އެ ޤައުމުން ހުށަހަޅާފައިވާ ހުށަހެޅުން އަދިވެސް ހުޅުވާލާފައި އޮތް ކަމަށް އުޝަކޮފް ވިދާޅުވި އެވެ. އަދި, މި މައްސަލައިގައި މޮސްކޯގެ ބައިވެރިވުމަށް ޓްރަމްޕް މަރުހަބާ ވިދާޅުވި ކަން ވެސް އޭނާ ހާމަކުރެއްވި އެވެ.

ޗައިނާގައި ބޭއްވުމަށް ތާވަލުކޮށްފައިވާ އޭޝިޔާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމުގެ ޝައުގުވެރިކަން ދެ ލީޑަރުންގެ ވެސް އެބަހުރި ކަމަށް އުޝަކޮފް ވިދާޅުވި އެވެ . އަދި, ދެ ބޭފުޅުން އެ ސަމިޓަށް ވަޑައިގަންނަވައިފިނަމަ، ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުކުރު ދުވަހު ފޯނުން ޕުޓިންއާ ދެއްކެވި ވާހަކަފުޅަކީ "ވަރަށް ކާމިޔާބު މަޝްވަރާއެއް" ކަމަށް ޓްރަމްޕް ވެސް ވަނީ ސިފަކުރައްވާފަ އެވެ. ޓްރުތު ސޯޝަލް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، މި މަޝްވަރާތަކުގެ ސަބަބުން އެމެރިކާއަށާއި ދުނިޔޭގެ ބާޒާރުތަކަށް 300,000 ޓަނަށް ވުރެ ގިނަ ޑީސަލް ތެޔޮ "ވަގުތުން ފޯރުކޮށްދިނުމަށް" ރަޝިޔާއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. ނޮވެންބަރު މަހު އިތުރު 500,000 ޓަނު ފޯރުކޮށްދޭނެ ކަމަށާއި، އޭގެ ފަހުން ރަޝިޔާގެ ޑީސަލް ސާފުކުރާ ކާރުޚާނާތަކުގެ ހާލަތަށް ބަލައި "ކުރު މުއްދަތެއްގެ ތެރޭގައި" 1 މިލިޔަން ޓަނާއި އިތުރު 3 މިލިޔަން ޓަނުގެ ތެޔޮ ފޯރުކޮށްދޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާއަށާއި ދުނިޔޭގެ ބާޒާރުތަކަށް ރަޝިޔާއިން ޑީސަލް ފޯރުކޮށްދިނުމަކީ ދުނިޔޭގެ އިގުތިސާދަށް ފައިދާކުރާނެ ކަމެއް ކަމަށް ޕުޓިން ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި, ދެ ލީޑަރުން ވަނީ ދުނިޔޭގެ ހަކަތައިގެ ދާއިރާއާއި، ޔޫކްރެއިން ހަނގުރާމަ ހައްލުކުރުމުގެ ފުރުސަތުތަކާއި، އީރާނުގެ ހާލަތުގެ އިތުރުން ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ވްލަޑިމިއަރ ޕުޓިންޑޮނަލްޑް ޓްރަމްޕްރަޝިޔާ-ޔޫކްރެއިންއެމެރިކާ-އީރާން

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

3

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

4

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

5

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން

އިތުރަށް ކިޔާލަން

10 އޮކްޓޯބަރު 2026

ޔޫކްރެއިންގެ އާންމުންނަށް ދެމުންދާ ހަމަލާތައް އިތުރުވާތީ އދ. އިން ކަންބޮޑުވެއްޖެ

10 އޮކްޓޯބަރު 2026
ޔޫކްރެއިންގެ އާންމުންނަށް ދެމުންދާ ހަމަލާތައް އިތުރުވާތީ އދ. އިން ކަންބޮޑުވެއްޖެ
10 އޮކްޓޯބަރު 2026

އެމެރިކާއާއި ދުނިޔޭގެ ބާޒާރަށް ރަޝިޔާއިން ޑީސަލް ވިއްކުމުން ދުނިޔޭގެ އިގުތިސާދަށް ފައިދާކުރާނެ: ޕުޓިން

10 އޮކްޓޯބަރު 2026
އެމެރިކާއާއި ދުނިޔޭގެ ބާޒާރަށް ރަޝިޔާއިން ޑީސަލް ވިއްކުމުން ދުނިޔޭގެ އިގުތިސާދަށް ފައިދާކުރާނެ: ޕުޓިން
09 އޮކްޓޯބަރު 2026

ސެޕްޓެންބަރަށް ފަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފުޅާވެގެން މި އުޅެނީ ކީއްވެ؟

09 އޮކްޓޯބަރު 2026
ސެޕްޓެންބަރަށް ފަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފުޅާވެގެން މި އުޅެނީ ކީއްވެ؟
09 އޮކްޓޯބަރު 2026

އެމެރިކާއިން ހަމަލާދިނީ "އީރާނުގެ އެއްވެސް ކުށެއްނެތި"، ހަނގުރާމަ ހުއްޓުވަން މަސައްކަތް ކޮށްދޭނަން: ޕުޓިން

09 އޮކްޓޯބަރު 2026
އެމެރިކާއިން ހަމަލާދިނީ "އީރާނުގެ އެއްވެސް ކުށެއްނެތި"، ހަނގުރާމަ ހުއްޓުވަން މަސައްކަތް ކޮށްދޭނަން: ޕުޓިން
09 އޮކްޓޯބަރު 2026

ޕީޒިޝްކިއާން ޕުޓިންއާ ބައްދަލުކުރެއްވުން: ހަނގުރާމަ ހުއްޓާލަން އީރާނާއި އެމެރިކާއާ ދެމެދު އާ ހުށަހެޅުންތަކެއް!

09 އޮކްޓޯބަރު 2026
ޕީޒިޝްކިއާން ޕުޓިންއާ ބައްދަލުކުރެއްވުން: ހަނގުރާމަ ހުއްޓާލަން އީރާނާއި އެމެރިކާއާ ދެމެދު އާ ހުށަހެޅުންތަކެއް!
08 އޮކްޓޯބަރު 2026

ރައްޔިތުންގެ ޓެކުސް ފައިސާއިން ސިޔާސީ އިޝްތިހާރުތަކަށް ޚަރަދުކުރައްވާތީ ޓްރަމްޕާ ދެކޮޅަށް ދައުވާކޮށްފި

08 އޮކްޓޯބަރު 2026
ރައްޔިތުންގެ ޓެކުސް ފައިސާއިން ސިޔާސީ އިޝްތިހާރުތަކަށް ޚަރަދުކުރައްވާތީ ޓްރަމްޕާ ދެކޮޅަށް ދައުވާކޮށްފި
08 އޮކްޓޯބަރު 2026

އެއްކޮޅުން ޔޫކްރެއިނަށް ހަތިޔާރު ވިއްކަނީ، އަނެއްކޮޅުން ރަޝިޔާއާއެކު ގޭސް ޑީލެއް ހަދަން މަޝްވަރާކުރަނީ!

08 އޮކްޓޯބަރު 2026
އެއްކޮޅުން ޔޫކްރެއިނަށް ހަތިޔާރު ވިއްކަނީ، އަނެއްކޮޅުން ރަޝިޔާއާއެކު ގޭސް ޑީލެއް ހަދަން މަޝްވަރާކުރަނީ!
08 އޮކްޓޯބަރު 2026

އީރާނާއެކު ޑީލެއް ހަދަން ބޭނުން ނުވާ ކަމަށް ޓްރަމްޕް ވިދާޅުވުން، ނަމަވެސް މަޝްވަރާތައް ކުރިއަށް!

08 އޮކްޓޯބަރު 2026
އީރާނާއެކު ޑީލެއް ހަދަން ބޭނުން ނުވާ ކަމަށް ޓްރަމްޕް ވިދާޅުވުން، ނަމަވެސް މަޝްވަރާތައް ކުރިއަށް!
07 އޮކްޓޯބަރު 2026

ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށަށް ވަރުގަދަ ހަމަލާތަކެއް، އަށް މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް

07 އޮކްޓޯބަރު 2026
ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށަށް ވަރުގަދަ ހަމަލާތަކެއް، އަށް މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް
07 އޮކްޓޯބަރު 2026

ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުގެ ނިއުކްލިއާ ގާބިލުކަން ކުޑަކުރަން ޖެހޭނެ: ވެންސް

07 އޮކްޓޯބަރު 2026
ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުގެ ނިއުކްލިއާ ގާބިލުކަން ކުޑަކުރަން ޖެހޭނެ: ވެންސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް