Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

10 އޮކްޓޯބަރު 2026 | ހޮނިހިރު 13:04

ރާއްޖޭގެ ސަލާމަތާއި ސަރަހައްދީ ހަމަޖެހުމަށްޓަކައި އިންޑިއާއާއެކު ބަދަހި ގުޅުމެއް ބޭއްވުން މުހިންމުކަން ފާހަގަކުރައްވައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ގައުމުތަކުގެ ދަރަނި ބޮޑުވެ އިގްތިސާދީ ނުރައްކަލެއްގެ ތެރޭގައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ. މީގެ އިތުރުން، އެތެރޭގެ ނުރައްކަލެއްގެ ގޮތުގައި އޮތް ހަރުކަށި ފިކުރާ ދެކޮޅަށް ތައުލީމީ ނިޒާމާއި ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމަށް އެމަނިކުފާނު ގޮވާލެއްވި

ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2026 | ހޮނިހިރު 13:04
ސްކޮޓްލޭންޑްގެ އެޑިންބަރާގައި ހުންނަ ހޮލީރޫޑްގައި 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ބޭއްވި "ގްލޯބަލް ކޮޕް26 ލެޖިސްލޭޓާސް ސަމިޓް" ގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތަޤުރީރު ކުރައްވަނީ.

ސްކޮޓްލޭންޑްގެ އެޑިންބަރާގައި ހުންނަ ހޮލީރޫޑްގައި 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ބޭއްވި "ގްލޯބަލް ކޮޕް26 ލެޖިސްލޭޓާސް ސަމިޓް" ގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތަޤުރީރު ކުރައްވަނީ. | ގެޓީ އިމޭޖަސް

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާ ދިއުމާމެދު ކަންބޮޑުވުން ފާޅުކުރައްވައި، މިއީ ވެރިރަށް މާލެއާއި މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ސިފަކުރައްވައިފި އެވެ. "ސާގަރްމަންތަން 2026" ސަމިޓުގެ ހަވާސާގައި "ފަސްޓްޕޯސްޓް" ގެ ހަމް ކޯރު ސަރޯޔާއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ނަޝީދު ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި، އިގްތިސާދީ ހައްސާސް ފުރުސަތުތަކުގެ އިތުރުން އިންޑިއާ ކަނޑުގައި އިންޑިއާއާއި ޗައިނާއާ ދެމެދު އޮތް ޖިއޯޕޮލިޓިކަލް ވާދަވެރިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފަ އެވެ.

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިންޑިއާއަށް ބަރޯސާވެފައިވާ މިންވަރު ފާހަގަކުރައްވަމުން، ރައީސް ނަޝީދު ވިދާޅުވީ މި ސަރަހައްދުގެ ހަމަޖެހުމަށްޓަކައި އިންޑިއާއާއެކު އޮންނަ ގުޅުމަކީ ކޮންމެހެން ބޭނުންތެރި ގުޅުމެއް ކަމަށެވެ. "އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިންޑިއާގެ އެހީތެރިކަން ބޭނުންވޭ،" ޗައިނާގެ ނުފޫޒު ސަރަހައްދުގައި އިތުރުވަމުންދިޔަ ނަމަވެސް، ނިއުދިއްލީއާއެކު ބަދަހި ގުޅުމެއް ބޭއްވުމުގެ މުހިންމުކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން، ކަނޑުގެ ދަތުރުފަތުރުގެ މަގުތަކަށް ހުރަސްއެޅުމުގެ ސަބަބުން އިގްތިސާދަށް ކުރާ އަސަރުތަކަށް އަލިއަޅުއްވާލައްވަމުން، ހުރްމުޒް އަދި ބާބުލް މަންދަބް ފަދަ މުހިންމު ސަރަހައްދުތަކަށް ދިމާވާ މައްސަލަތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތަކުގެ ވާހަކަވެސް އެމަނިކުފާނު ދެއްކެވި އެވެ.

Advertisement - newsAdvertisement

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވީ، ރާއްޖެ ފަދަ ނާޒުކު ގައުމުތަކުން އެދެނީ ދީލަތި އެހީއަކަށް ނޫން ކަމަށާއި، ނަމަވެސް ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމަށް އެ ގައުމުތަކުން ކޮށްދޭ މަސައްކަތަށް ހައްގުވާ މިންވަރު ހޯދުމަށް ކަމަށެވެ. މޫސުމީ ބަދަލުތަކަށް ހޭނުމަށް ހިނގާ ބޮޑު ޚަރަދުތަކާއި އިތުރުވަމުންދާ ދަރަނީގެ ސަބަބުން، މިފަދަ ގިނަ ގައުމުތަކެއް ބަނގުރޫޓުވުމުގެ މަގުމަތީގައިވާ ކަމުގެ އިންޒާރުވެސް އެމަނިކުފާނު ދެއްވި އެވެ. މީގެ އިތުރުން، އެތެރޭގެ ބޮޑު ނުރައްކަލެއްގެ ގޮތުގައި ފާހަގަކުރެވޭ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި، ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމަށާއި ތައުލީމީ ނިޒާމު ވަރުގަދަކުރުމަށް ކުރީގެ ރައީސް ގޮވާލެއްވި އެވެ. އޮބްޒާވަރ ރިސާޗް ފައުންޑޭޝަން (އޯ.އާރް.އެފް) އާ ގުޅިގެން ކުރިއަށް ގެންދިޔަ މި އިންޓަވިއުއަކީ 2026 ވަނަ އަހަރާ ހަމައަށް ރާއްޖެއަށް ކުރިމަތިވެފައިވާ އިސްތިރާޖީ އަދި ތިމާވެށީގެ ގޮންޖެހުންތަކުގެ މައްޗަށް ފުރިހަމައަށް އަލިއަޅުވާލާފައިވާ އިންޓަވިއުއެކެވެ.

ސާގަރްމަންތަން 2026އިންޑިއާ-ޗައިނާކްލައިމެޓް ޗޭންޖްހަރުކަށި ފިކުރުއޮބްޒާވަރ ރިސާޗް ފައުންޑޭޝަންމުހައްމަދު ނަޝީދު

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

3

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

4

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

5

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2026

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރައި، ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން ރޭވި މައްސަލައިގައި އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

09 އޮކްޓޯބަރު 2026
ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރައި، ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން ރޭވި މައްސަލައިގައި އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ
03 އޮކްޓޯބަރު 2026

މިހާރު ތިބި ޕީއެންސީގެ ކައުންސިލަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި ކައުންސިލަރުން ފެނަށް ދިރުނީ އަޅުގަނޑުމެންގެ ތެރެއިން: ރައީސް ނަޝީދު

03 އޮކްޓޯބަރު 2026
މިހާރު ތިބި ޕީއެންސީގެ ކައުންސިލަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި ކައުންސިލަރުން ފެނަށް ދިރުނީ އަޅުގަނޑުމެންގެ ތެރެއިން: ރައީސް ނަޝީދު
02 އޮކްޓޯބަރު 2026

ވަރުގަދަ ޑިމޮކްރަސީއެއްގެ ހަގީގީ އެއް ބިންގަލަކީ އާންމު ރައްޔިތުންގެ ފުދުންތެރިކަމާއި ހަރުދަނާ އިގުތިސާދެއް: ޝާހިދު

02 އޮކްޓޯބަރު 2026
ވަރުގަދަ ޑިމޮކްރަސީއެއްގެ ހަގީގީ އެއް ބިންގަލަކީ އާންމު ރައްޔިތުންގެ ފުދުންތެރިކަމާއި ހަރުދަނާ އިގުތިސާދެއް: ޝާހިދު
01 އޮކްޓޯބަރު 2026

ރާއްޖެއަށް އައި ތަރައްޤީގެ އަސްލަކީ އެމްޑީޕީ، މި ސަރުކާރު ބަދަލުކޮށް އަނެއްކާ ވެސް ހެޔޮ ބަދަލު ގެންނާނަން: ރައީސް ނަޝީދު

01 އޮކްޓޯބަރު 2026
ރާއްޖެއަށް އައި ތަރައްޤީގެ އަސްލަކީ އެމްޑީޕީ، މި ސަރުކާރު ބަދަލުކޮށް އަނެއްކާ ވެސް ހެޔޮ ބަދަލު ގެންނާނަން: ރައީސް ނަޝީދު
30 ސެޕްޓެމްބަރު 2026

ސަރުކާރުން ޑޮލަރު މާރުކުރަން މަޖުބޫރުކުރުވީ ޑޮލަރު ލިބޭނެ ކަމަށް ނަމަވެސް ދަތިކަމަށް ކުޑަވެސް ހައްލެއް ނާދޭ، އަގު ދަނީ މައްޗަށް: ނަޝީދު

30 ސެޕްޓެމްބަރު 2026
ސަރުކާރުން ޑޮލަރު މާރުކުރަން މަޖުބޫރުކުރުވީ ޑޮލަރު ލިބޭނެ ކަމަށް ނަމަވެސް ދަތިކަމަށް ކުޑަވެސް ހައްލެއް ނާދޭ، އަގު ދަނީ މައްޗަށް: ނަޝީދު
29 ސެޕްޓެމްބަރު 2026

ޓޯކިޔޯއަށް ވިއްސާރަ އަލިނުވާތާ 34 ދުވަސް، މިއީ ރެކޯޑެއް!

29 ސެޕްޓެމްބަރު 2026
ޓޯކިޔޯއަށް ވިއްސާރަ އަލިނުވާތާ 34 ދުވަސް، މިއީ ރެކޯޑެއް!
28 ސެޕްޓެމްބަރު 2026

އެމްޑީޕީގެ ސިޔާސަތުތަކަކީ ލާދީނީ އަދި ޤައުމީވަންތަކަމާ ޚިލާފު ކަންކަން ކަމަށް ސިފަކުރި ފަރާތްތަކަށް ވެރިކަން ލިބުމުން، އެ ސިޔާސަތުތަކަށް ރުޖޫއަވުން ނޫން ގޮތެއް ނެތް: ރައީސް ނަޝީދު

28 ސެޕްޓެމްބަރު 2026
އެމްޑީޕީގެ ސިޔާސަތުތަކަކީ ލާދީނީ އަދި ޤައުމީވަންތަކަމާ ޚިލާފު ކަންކަން ކަމަށް ސިފަކުރި ފަރާތްތަކަށް ވެރިކަން ލިބުމުން، އެ ސިޔާސަތުތަކަށް ރުޖޫއަވުން ނޫން ގޮތެއް ނެތް: ރައީސް ނަޝީދު
25 ސެޕްޓެމްބަރު 2026

މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާގެ ބޮޑު މިންވަރެއް ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވާލައްވައިފި

25 ސެޕްޓެމްބަރު 2026
މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާގެ ބޮޑު މިންވަރެއް ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވާލައްވައިފި
25 ސެޕްޓެމްބަރު 2026

އެލްނީނޯއާ ގުޅިގެން ހާލަތު ގޯސްވެއްޖެނަމަ ބިންހިއްކުމުގެ މަޝްރޫއުތައް މެދުކަނޑާލާނެ: މިނިސްޓަރު ޝަރީފް

25 ސެޕްޓެމްބަރު 2026
އެލްނީނޯއާ ގުޅިގެން ހާލަތު ގޯސްވެއްޖެނަމަ ބިންހިއްކުމުގެ މަޝްރޫއުތައް މެދުކަނޑާލާނެ: މިނިސްޓަރު ޝަރީފް
24 ސެޕްޓެމްބަރު 2026

ވިޔަފާރީގެ ހަމަތަކާއި އުކުޅުތައް ވާދަވެރި އެހެން ވިޔަފާރިވެރިންނަށް އެނގޭ ގޮތަށް ހާމަކުރަން ޖެހުމަކީ ވިޔަފާރިތަކަށް އޮތް ބޮޑު ނުރައްކަލެއް: ރައީސް ނަޝީދު

24 ސެޕްޓެމްބަރު 2026
ވިޔަފާރީގެ ހަމަތަކާއި އުކުޅުތައް ވާދަވެރި އެހެން ވިޔަފާރިވެރިންނަށް އެނގޭ ގޮތަށް ހާމަކުރަން ޖެހުމަކީ ވިޔަފާރިތަކަށް އޮތް ބޮޑު ނުރައްކަލެއް: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް