Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލް އިންތިޚާބުގެ ރީރަޖިސްޓްރޭޝަން

ކައުންސިލް އިންތިޚާބުގައި ރީރަޖިސްޓްރީވުމަށް މިހާތަނަށް 110 ފޯމު އީސީއަށް ހުށަހަޅައިިފި

4 މާރިޗު 2021 | ބުރާސްފަތި 07:31

ރަޖިސްޓަރީވުމުގެ ފުރުޞަތު މަރޗް މަހުގެ 2 ވާ އަންގާރަ ދުވަހުން ފެށިގެން މާރިޗު 11 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 މާރިޗު 2021 | ބުރާސްފަތި 07:31
އިންތިޚާބާ ބެހޭ މަރުކަޒު

އިންތިޚާބާ ބެހޭ މަރުކަޒު

އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމަށް ރީރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި ބުދަ ދުވަހާ ހަަމައަށް 110 ފޯމު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވޯޓުލުމަށް ރީރަޖިސްޓްރީކުރުމަށް އެންމެ ފަހު ވަގުތު މަޑުނުކުރެއްވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިފަހަރުގެ އިންތިޚާބުގެ ޝެޑިޔުލް ވަރަށް ޓައިޓްކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ވޯޓުލުމަށް އެމީހަކު ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީކުރުމަށް މަރޗް މަހުގެ 2 ވަނަ ދުވަހު އީސީއަށް ހުށަހަޅާފައިވަނީ 9 ފޯމެވެ. އަދި މަރޗް މަހުގެ 3 ވަނަ ދުވަހު 101 ފޯމު ވަނީ ހުށަހަޅާފައެވެ.

ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު މާރޗް މަހުގެ 2 ވާ އަންގާރަ ދުވަހުން ފެށިގެން މާރޗު 11 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ 2020 އެޕްރީލު 04 ވީ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމުމަށްފަހު ފަސްކުރެވިފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަނި ކަމަށެވެ. ނަމަވެސް 2020 އެޕްރީލު 04 ގައި ބޭއްވުމަށް ނިންމުމަށްފަހު ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ރިސޯޓްތަކާއި ޖަލުތަކާއި މެލޭޝިއާ ކުއަލަލަންޕޫރު އަދި އިނގިރޭސިވިލާތުގެ ލަންޑަންގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ވޯޓުލާތަނުގެ ގޮތުގައި ރަޖިސްޓަރީވެފައިވާނީ އެމީހެއްގެ ދާއިމީ އެޑްރެސް ހިމެނޭ ތަނުގައެވެ. އެހެންކަމުން މިހާރު ރަޖިސްޓަރީވެފައިވާ ތަން ނޫން ތަނަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެ ކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަން ކޮމިޝަނުން އިތުރަށް ބުނީ މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ކޮމިޝަނުގެ  ވެބްސައިޓް (www.elections.gov.mv) އިން ޗެކްކުރެވޭނެއެވެ. އަދި އެސް.އެމް.އެސް (VR space IDNO Send to 1414 ކޮށްގެން ވެސް ޗެކްކުރެވޭނެ ކަމަށެވެ.

ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ "ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. މި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާއިންނާއި، ސިޓީތަކުގެ ސިޓީ ކައުންސިލް އިދާރާތަކުންނެވެ. މާލޭ ސިޓީގައި ނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިންނެވެ. އަދި މިފޯމު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv)  އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެ ކަމަށް އިލެކްޝަނުން ބުނެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2023

ބައެއް ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި އިލެކްޝަން - އެމްޑީޕީގެ ޕްރައިމަރީ އަށް ފުރުސަތު ހުޅުވާލައިފި

03 ނޮވެމްބަރު 2023
ބައެއް ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި އިލެކްޝަން - އެމްޑީޕީގެ ޕްރައިމަރީ އަށް ފުރުސަތު ހުޅުވާލައިފި
26 އޮކްޓޯބަރު 2023

ކުރިއަށް އޮތްތަނުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެންޑިޑެސީ ބަލައިގަތުމާމެދު ގޮތެއް ނިންމަން 5 ދުވަސް ލިބޭނެ

26 އޮކްޓޯބަރު 2023
ކުރިއަށް އޮތްތަނުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެންޑިޑެސީ ބަލައިގަތުމާމެދު ގޮތެއް ނިންމަން 5 ދުވަސް ލިބޭނެ
07 ނޮވެމްބަރު 2022

ކައުންސިލްތަކުގެ ބައި އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް ފާހެއް ނުވި

07 ނޮވެމްބަރު 2022
ކައުންސިލްތަކުގެ ބައި އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް ފާހެއް ނުވި
12 ސެޕްޓެމްބަރު 2022

ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

12 ސެޕްޓެމްބަރު 2022
ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވަން ގާނޫނަށް އިސްލާހު ހުށަހަޅައިފި
17 އެޕްރީލު 2021

މާވަށުގައި ބެހެއްޓުނު ވޯޓު ފޮއްޓަކަށް ޕީޕީއެމްގެ ސަޕޯޓަރަކު އޮޅުވާލައިގެން ވޯޓުލާފައިވާ މައްސަލައެއް

17 އެޕްރީލު 2021
މާވަށުގައި ބެހެއްޓުނު ވޯޓު ފޮއްޓަކަށް ޕީޕީއެމްގެ ސަޕޯޓަރަކު އޮޅުވާލައިގެން ވޯޓުލާފައިވާ މައްސަލައެއް
17 އެޕްރީލު 2021

އެމްޑީޕީއަށް 11 އަތޮޅުގެ ރައީސްކަމާއި 3 ސިޓީގެ މޭޔަރުކަން، ޕީޕީއެމް އަށް 7 އަތޮޅުގެ ރައީސް ކަމާއި 1 ސިޓީގެ މޭޔަރުކަން

17 އެޕްރީލު 2021
އެމްޑީޕީއަށް 11 އަތޮޅުގެ ރައީސްކަމާއި 3 ސިޓީގެ މޭޔަރުކަން، ޕީޕީއެމް އަށް 7 އަތޮޅުގެ ރައީސް ކަމާއި 1 ސިޓީގެ މޭޔަރުކަން
16 އެޕްރީލު 2021

ނަތީޖާ ކަށަވަރުކުރުމަށް 3 ދާއިރާއެއްގެ ސެކިއުރިޓީ އުރަ ކަނޑަން ނިންމައިފި

16 އެޕްރީލު 2021
ނަތީޖާ ކަށަވަރުކުރުމަށް 3 ދާއިރާއެއްގެ ސެކިއުރިޓީ އުރަ ކަނޑަން ނިންމައިފި
15 އެޕްރީލު 2021

ކައުންސިލަރުންގެ ހުވާކުރުން މޭމަހުގެ މެދުތެރޭގައި

15 އެޕްރީލު 2021
ކައުންސިލަރުންގެ ހުވާކުރުން މޭމަހުގެ މެދުތެރޭގައި
15 އެޕްރީލު 2021

ނަތީޖާގެ ސައްހަކަން ކަށަވަރުކުރުމަށް އަލުން ބަލަންޖެހޭ ފޮށިތައް ބަލަންޖެހޭތޯ ޑަބަލްޗެކްކުރަނީ

15 އެޕްރީލު 2021
ނަތީޖާގެ ސައްހަކަން ކަށަވަރުކުރުމަށް އަލުން ބަލަންޖެހޭ ފޮށިތައް ބަލަންޖެހޭތޯ ޑަބަލްޗެކްކުރަނީ
14 އެޕްރީލު 2021

2 މީހުން ރަޖިސްޓްރީ ކުރި ފޮޮށީގެ ލިސްޓުގައި 366 ވޯޓު ހިމެނޭ މައްސަލަ އީސީން ޙައްލުކޮށްފި

14 އެޕްރީލު 2021
2 މީހުން ރަޖިސްޓްރީ ކުރި ފޮޮށީގެ ލިސްޓުގައި 366 ވޯޓު ހިމެނޭ މައްސަލަ އީސީން ޙައްލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް