Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހެއިޓީ

އދ.އިން ހެއިޓީގައި ސުލްހަ ބެލެހެއްޓުން ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ފާސްކޮށްފި

ފައުޖުތައް ބާލާނީ އޮކްޓޯބަރުގެ ނިޔަލަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 14 އެޕްރީލު 2017 | ހުކުރު 09:51
އެގައުމުން އދގެ ސިފައިން ބޭލުމަށް ނިންމާފައި އެވަނީ ތޭރަ އަހަރަށްފަހު

އެގައުމުން އދގެ ސިފައިން ބޭލުމަށް ނިންމާފައި އެވަނީ ތޭރަ އަހަރަށްފަހު

ހެއިޓީގައި ތިބި އދ.ގެ ސުލްހަ ބަލަހައްޓާ ފައުޖުތައް ބޭލުމަށްފަހު މަދު ފުލުހުން ކޮޅެއް ބޭނުންކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުގެ އިއްތިފާގުން ބުރާސްފަތި ދުވަހު ފާސްކޮށްފިއެވެ.

އެގައުމުން އދ.ގެ ސިފައިން ބޭލުމަށް ނިންމާފައި އެވަނީ ތޭރަ އަހަރަށްފަހުއެވެ.

މި ފިޔަވަޅަކީ ކެރީބިއަންގައި ހިމެނޭ މިގައުމަށް ކާމިޔާބު އިންތިޚާބަކަށްފަހު ހަމަޖެހުން އަންނަމުންދާކަން ބައިނަލްއަގުވާމީ ފަރާތްތަކުން ގަބޫލު ކުރާކަމުގެ ނިޝާނެކެވެ.

އެންމެ ގިނަ ދުވަސްވަންދެން އދ.ގެ ފައުޖުތައް ތިބި އެއްގައުމު ކަމަށްވާ ހެއިޓީގައި އެ ފައުޖުތަކާމެދުވަނީ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައެވެ.

އޭގެ ތެރޭގައި އެގައުމަށް ކޮލެރާ ފެތުރުވުމާއި ހެއިޓީގެ ރައްޔިތުންނާމެދު ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު ހިމެނެއެވެ. އެ ގައުމުގައި ކޮލެރާ ފެތުރި އެތައް ހާސް ބަޔަކު މަރުވިއެވެ.

ފަނަރަ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ މަޖިލީހުން ފާހަގަކުރި ގޮތުގައި ރިޔާސީ އިންތިޚާބެއް ފުރިހަމަކޮށް އާ ރައީސަކު ހުވާކުރުމަކީ އެ ގައުމުގެ ހަމަޖެހުމަށް ހޯދުނު އެންމެ ބޮޑު ކާމިޔާބެވެ.

ޖުމްލަ 346 މިލިއަން ޑޮލަރުގެ މިޝަން ނިންމާލާފައި މިވަނީ އދގެ ސުލްހަ ބަލަހައްޓާ ފައުޖުތަކަށް އެމެރިކާއިން އދ އަށް ދޭ މާލީ އެހީތެރިކަން ހުއްޓާލުމަށް އެ ގައުމުން ބަލަމުންދާތީ މިޝަން ހުއްޓާލުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ލަފާ ދެއްވާފައިވަނިކޮށެވެ.

އިތުރަށް ކިޔާލަން

22 މެއި 2017

ސުލްހަ ހޯދައިދޭން ޓްރަމްޕް ފަލަސްތީނާއި އިޒްރާއީލަށް!

22 މެއި 2017
ސުލްހަ ހޯދައިދޭން ޓްރަމްޕް ފަލަސްތީނާއި އިޒްރާއީލަށް!
18 މެއި 2017

ސުލްހައިގެ ވާހަކަތަކަށް ނާންނަހާ ހިނދަކު ޓެރަރިސްޓުންނާދެކޮޅަށް ހަމަލާދޭނަން: މާލީގެ ރައީސް

18 މެއި 2017
ސުލްހައިގެ ވާހަކަތަކަށް ނާންނަހާ ހިނދަކު ޓެރަރިސްޓުންނާދެކޮޅަށް ހަމަލާދޭނަން: މާލީގެ ރައީސް
04 މެއި 2017

މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު ފުރުސަތެއް އެބައޮތް:ޓްރަމްޕް

04 މެއި 2017
މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު  ފުރުސަތެއް އެބައޮތް:ޓްރަމްޕް
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު