Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެދުއިރުމަތީގެ ސުލްހަ

މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި

މި ކޮންފަރެންސްގައި 70 ޤައުމަކުން މަންދޫބުން ބައިވެރިވެވަޑައިގަންނަވާ

އާލާ އިބުރާހިމް
އާލާ އިބުރާހިމް | 15 ޖެނުއަރީ 2017 | އާދީއްތަ 09:49
2014 ވަނަ އަހަރުން ފެށިގެން އިސްރާއީލާއި ފަލަސްޠީނުން ރަސްމީކޮށް ބައްދަލުކޮށްފައެއް ނުވޭ

2014 ވަނަ އަހަރުން ފެށިގެން އިސްރާއީލާއި ފަލަސްޠީނުން ރަސްމީކޮށް ބައްދަލުކޮށްފައެއް ނުވޭ

އިސްރާއީލާއި ފަލަސްތީނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ނައްތާލާ، ދެގައުމުގެ ދެމެދުގައި ޞުލްޙަ ޤާއިމްކުރުމަށް ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ފަށައިފިއެވެ. އެތަކެއް އަހަރުތަކެއް ވެފައިވާ ޒަމާންވީ ހަނގުރާމަ ހުއްޓުމަކަށް ގެެނައުމަށްޓަައި ބާއްވާ މި ޞުލްޙައިގެ މަޝްވަރާ ބައްދަލުވުމުގައި 70 ޤައުމަކުން މަންދޫބުން ބައިވެރިވެވަޑައިގަންނަވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ޞުލްޙަ ޤާއިމްކުރުމަށް ޤައުމުތަކުގެ މެދުގައި ބާއްވާ މަޝްވަރާގެ މަޖިލީހަށް ފަލަސްޠީނުން މަރުޙަބާ ކިޔާފައިވީ ނަމަވެސް، އިސްރާއީލުން މި ބައްދަލުވުމުގައި ބައިވެރި ނުވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ސަބަބެއް ކަމަށް އިސްރާއީލުން ބުނަނީ މުޅި ކޮންފަރެންސް ބިނާވެފައިވަނީ އިސްރާއީލާއި ދެކޮޅަށް ކަަމަށެވެ.

އެންމެ ފަހުން މިފަދަ މަޝްވަރާތަކެއް ބާއްވާފައިވަނީ 2014 ވަނަ އަހަރުގެ އޭޕްރިލް ވަނަ މަހުގައެވެ. އޭރުގެ މަޝްވަރާތަކުންވެސް އެއްވެސް ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ.

މިފަހަރުގެ ސަމިޓްގައި އިސްރާއީލާއި ފަލަސްޠީނަށް ދަޢުވަތު އަރުވާފައިވަނީ ހަމައެކަނި ބައްދަލުވުމުން ނެރެވުނު ނަތީޖާތައް އަޑުއިއްވުމުގެ މަޖިލީހަށެވެ. ސަމިޓްގައި ބައިވެރިވުމުގެ ފުރުޞަތެއް ދެޤައުމަށްވެސް އަރުވާފައެއް ނުވެއެވެ.

ޕެރިހުގައި މި ކޮންފަރެންސް ފަށާފައި މިވަނީ ހުޅަނގު އައްސޭރީގައި އިސްރާއީލުން އާބާދުވުން ހުއްޓުވުމަށް އދ. އިން ޤަރާރެއް ފާސްކުރުމާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢާއި އިސްރާއީލާ ދެމެދު ހަމަނުޖެހުންތަކެއް އުފެދިފައި ވަނިކޮށެވެ. އިސްރާއީލުން ވަނީ އެ ޤަރާރު ފާސްވުމުގެ ޒިންމާ އެމެރިކާގެ ބޮލުގައި އަޅުވާފައެވެ. ސަބަބެއް ކަމަށް ބުނަނީ އެމެރިކާއަށް ލިބިފައިވާ ވީޓޯ ކުރުމުގެ ބާރުގެ ބޭނުން ހިފިނަމަ، އިސްރާއީލާ އެއްކޮޅަށް އެ މައްސަލަ ނިމޭނެތީއެވެ. އެހެންނަމަވެސް، އެމެރިކާއިން ވަނީ އެ މައްސަލައިގައި ވަކިކޮޅަކަށް ނުޖެހިއެވެ. އަދި އެކަމާއި ގުޅިގެން އެމެރިކާއާއި ދެކޮޅަށް އިސްރާއީލުން ކޮށްފައިވާ ތުހުމަތުތައް ވައިޓް ހައުސްއިން ވަނީ ދޮގުކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޕެރިހުގައި ކުރިއަށްދާ ޞުލްޙައިގެ މަޝްވަރާގެ މަޖިލީހުގެ ޑްރާފްޓް ސްޓޭޓްމަންޓެއްގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ދެޤައުމުންވެސް ޞުލްޙައިގެ މަޝްވަރާތަކަށް އެއްބާރުލުން ދީ، ވަކި ކޮޅަކަށް ފައިދާވާ ގޮތަކަށް ކަންކަން ނުނިންމުމަށެވެ. އިސްރާއީލުން މި ބައިނަލްއަޤްވާމީ ޞުލްޙައިގެ މަޝްވަރާތަކާ ދެކޮޅު ހަދަމުން ބުނެފައިވަނީ އެއްބަސްވުމަކަށް އާދެވޭނީ ސީދާ މަޝްވަރާތަކުން ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ، ޕެރިހުގައި ކުރިއަށްދާ ކޮންފަރެންސަކީ ރާވައިގެން އިސްރާއީލާއި ދެކޮޅަށް ފިޔަވަޅުތަކެއް އެޅުމަށް ބާއްވާ ކޮންފަރެންސެއް ކަމަށެވެ. އަދި އޭގެ ސަބަބުން ޞުލްޙައިގެ ވާހަކަތަކަށް އެއްވެސް ކުރިއެރުމެއް ލިބިގެން ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ ޞުލްޙައިގެ މަޝްވަރާ ބައްދަލުވުމުގައި ހިނގާ ހުރިހާ ކަމަކާއި ދެކެވޭ ހުރިހާ ވާހަކަތަކެއް ދެޤައުމަށްވެސް ހަމަހަމައަށް ފައިދާކުރަނިވި ގޮތަކަށް ގެންދިއުމުގެ ޒިންމާއާއި ޙަވާލުވެވަޑައިގެން ހުންނެވީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ސެކެޓްރީ އޮފް ސްޓޭޓް ޖޯން ކެރީއެވެ.

އެތަކެއް އަހަރުތަކެއް ވަންދެން އިސްރާއީލާއި ފަލަސްޠީނާއި ދެމެދު ހަމަނުޖެހުން އުފެދިފައިވީ ނަމަވެސް، ފާއިތުވެދިޔަ އަހަރުތަކުގައި ތަފާތު އެކި ފަހަރު މަތިން ޞުލްޙައިގެ މަޝްވަރާތައް ވަނީ ބާއްވާފައެވެ. އެހެންނަމަވެސް، މި ދެޤައުމުގެ ދެމެދުގައި އެތައް ގޮތަކުން ހުރި ފަރަޤުގެ ބޮޑުކަމުން ޞުލްޙަ ޤާއިމް ކުރުން ވެފައިވަނީ ވަރަށް ދަތި ކަމަކަށެވެ. އިސްރާއީލުން ހުޅަނގު އައްސޭރިއާއި، އިރުމަތީ ދާރުއްސަލާމްގައި ގެދޮރު އަޅައިގެން އާބާދުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ފަލަސްޠީނުން ކަނޑައެޅިގެން ދެކޮޅު ހަދައެވެ. ހުޅަނގު އައްސޭރީގައި އިރުމަތީ ދާރުއްސަލާމަކީ ފަލަސްޠީނުގެ މުސްތަޤުބަލުގެ ސްޓޭޓެއްގެ ގޮތުގައި އެޤައުމުގެ ރައްޔިތުން ބަލަމުން އަންނަ ތަނެކެވެ. އެ ސަރަޙައްދުގައި އިސްރާއީލުން އާބާދުކޮށްފައިވާ 600،000 ( ހަ ލައްކަ) އަށްވުރެ ގިނަ އިސްރާއީލް ރައްޔިތުންނަކީ ބައިނަލްއަޤްވާމީ ޤާނޫނާއި ޤަވާޢިދުތައް ބުނާ ގޮތުން ޤާނޫނާއި ޚިލާފަށް އާބާދުވެފައި ތިބި ރައްޔިތުންނެވެ. އެހެންނަމަވެސް އިސްރާއީލުން މި ވާހަކަތަކަށް ދެނީ ބީރު ކަންފަތެކެވެ.

އިސްރާއީލުން ބުނަނީ ހަމަނުޖެހުން އުފެއްދުމަށް ބާރު އަޅަނީ ފަލަސްޠީނުން ކަމަށާއި، އިސްރާއީލަކީ ޔަހޫދީ ސްޓޭޓެއްކަން ފަލަސްޠީނުން ބަލައިނުގަންނަ ކަން އެއީ ޞުލްޙައަށް އެޅޭ އެންމެ ބޮޑު ހުރަސް ކަމަށެވެ.

އިތުރަށް ކިޔާލަން

18 މެއި 2017

ސުލްހައިގެ ވާހަކަތަކަށް ނާންނަހާ ހިނދަކު ޓެރަރިސްޓުންނާދެކޮޅަށް ހަމަލާދޭނަން: މާލީގެ ރައީސް

18 މެއި 2017
ސުލްހައިގެ ވާހަކަތަކަށް ނާންނަހާ ހިނދަކު ޓެރަރިސްޓުންނާދެކޮޅަށް ހަމަލާދޭނަން: މާލީގެ ރައީސް
04 މެއި 2017

މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު ފުރުސަތެއް އެބައޮތް:ޓްރަމްޕް

04 މެއި 2017
މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު  ފުރުސަތެއް އެބައޮތް:ޓްރަމްޕް
14 އެޕްރީލު 2017

އދ.އިން ހެއިޓީގައި ސުލްހަ ބެލެހެއްޓުން ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ފާސްކޮށްފި

14 އެޕްރީލު 2017
އދ.އިން ހެއިޓީގައި ސުލްހަ ބެލެހެއްޓުން ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ފާސްކޮށްފި
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު