Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޓްރަމްޕް އިޒްރާއީލަށް

ސުލްހަ ހޯދައިދޭން ޓްރަމްޕް ފަލަސްތީނާއި އިޒްރާއީލަށް!

ސުލްޙަވެވޭނެ ކަމަށް ޤަބޫލުކުރައްވާ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 22 މެއި 2017 | ހޯމަ 11:59
އެމެރިކާގެ ރަައީސް އިޒްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫއާ ވައިޓްހައުސްގައި ބޭއްވެވި ބައްދަލު ކުރެއްވުމުގެ ތެރެއިން

އެމެރިކާގެ ރަައީސް އިޒްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫއާ ވައިޓްހައުސްގައި ބޭއްވެވި ބައްދަލު ކުރެއްވުމުގެ ތެރެއިން

ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިގަތުމާ ގުޅިގެން އުފެދިފައި ހަމަނުޖެހުމާއި ނުތަނަވަސް ކަމަށް ސުލްޙަ ހޯދައިދިނުމަށް އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް އެ ދެގައުމަށް ދަތުރުފުޅެއް ފައްޓަވައިފިއެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ދައުވަތަކަށް އެގައުމަށް ވަޑައިގަންނަވާ މުސްލިމު ގައުމުތަކާއި އެމެރިކާގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ހޯމަ ދުވަހުގެ ވަގުތެއްގައި ޓްރަމްޕް އިޒްރާއީލަށް ވަޑައިގަންނަވާނެއެވެ.

ޓްރަމްޕްގެ މި ދަތުރުފުޅާ ގުޅިގެން ސަލާމަތީ ކަންކަން ވަރަށް ވަރުގަދަ ކުރެވިފައިވާއިރު، މި ދަތުރުފުޅުގައި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލު ކުރައްވާނެއެވެ.

އެގޮތުން ނަތަންޔާހޫއާ އެއްކޮށް ގުދުސްގައި ބާއްވަވާ ބައްދަލުވުންތައް ހޯމަ ދުވަހު (މިއަދު) ބާއްވަވާއިރު، މަހްމޫދު އައްބާސް އާ ބައްދަލުކުރައްވާނީ އަންގާރަ ދުވަހު (މާދަމާ) ހުޅަނގު އައްސޭރީގެ ބައިތުލެހަމްގައި އެވެ.

މި ދަތުރުފުޅާ ގުޅިގެން އިޒްރާއީލާއި ފަލަސްތީނަށް ސުލްހަ ހޯދޭނެ ކަމަށް ޓްރަމްޕް ގަބޫލް ކުރައްވައެވެ.

އިސްރާއީލާއި ފަލަސްތީނުގެ ލީޑަރުންނާ ޓްރަމްޕް ބައްދަލު ކުރައްވާއިރު، ސުލްހައިގެ އެއްބަސްވުމުގެ ކަރުދާސް އެކުލަވާލަން ޖެހޭނީ އިޒްރާއީލާއި ފަލަސްތީނުން ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

ދެ ގައުމު ސުލްޙަ ކުރުމަށް ހޯމަ ދުވަހު ޓްރަމްޕް އިޒްރޭލަށް ވަޑައިގަންނަވާއިރު، އިސްރާއީލުން އިރުމަތީ ގުދުސް ހިފިތާ 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އާދިއްތަ ދުވަހު އިސްރާއީލުން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ އިސްރާއީލުން ގުދުސަށް ވެރިވެގަތީ ނޫން ކަމަށާއި އެގައުމުން އެސަރަހައްދު މިނިވަން ކުރީ ކަމަށެވެ.

"އަޅުގަނޑު މުޅި ދުނިޔެއަށް ވަރަށް ސާފުކޮށް ބުނެލަން އޮތީ ގުދުސް އަބަދުވެސް އޮތީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ކަމަށް. އަދި އޮންނާނީ ވެސް އެގޮތުގައި ކަމަށް،" ނަތަންޔާހޫ ވިދާޅުވި އެވެ.

މި ދަތުރުފުޅާ ގުޅިގެން، ފަލަސްތީނާއި އިޒްރާއީލާއި ދެމެދު ސުލްހައިގެ މަޝްވަރާތައް ކުރުމުގައި މެދުވެރިއެއްގެ ބައި މީގެ ކުރިން އަދާކުރެއްވި މުޙައްމަދު ޝްތައްޔާހް ވިދާޅުވީ މި ސުލްހައިގެ ވާހަކަ ދައްކާއިރު މުހިންމު ނުކުތާއަކަށް ވަނީ ފަލަސްތީނުގެ އިމުގައި އިޒްރާއީލުން ޔަހޫދިންނަށް ގެދޮރު އަޅާ މައްސަލަ ކަމަށެވެ.

"މި މައްސަލައިގައި ޓްރަމްޕަށް ނަތަންޔާހޫއާ އެއްވެސްވަރެއްގެ މަޝްވަރާއެއް ކުރެވިއްޖެ ނަމަ، ރަނގަޅު އަލިމަގެއް ފެނިދާނެ، އެހެން ނޫން ނަމަ މުޅި ޕްލޭން ފުޑުފޑުވާނެ" ޝްތައްޔާހް ވިދާޅުވިއެވެ.

ޝްތައްޔާހް ވިދާޅުވީ ފަލަސްތީނުގެ އިމުގައި އިޒްރޭލުން ޔަހޫދިންނަށް ގެދޮރު އަޅާ މައްސަލަ ހުއްޓުވުމަށް ޓްރަމްޕަށް އެއްވެސް މަސައްކަތެއް ކުރެއްވިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

މި ދަތުރުފުޅާ ގުޅޭ ގޮތުން ހަމާސް ޖަމާއަތުގެ ވިސްނުން ވެސް ވަރަށް ތަފާތެވެ. އެ ޖަމާއަތުގެ ތަރުޖަމާނު ފައުޒީ ބަރްހޫމް ވިދާޅުވީ، މުސްތަގްބަލުގައި ވެސް ފަލަސްތީނާއި އިޒްރޭލާ ދެމެދު ބާއްވާ މަޝްވަރާތަކުގައި ބައިވެރިކުރުމަށް ޓްރަމްޕްއަކީ ތެދުވެރި ރަނގަޅު މެދުވެރިއެއް ނޫން ކަމަށެވެ.

ބަރްހޫމް ވިދާޅުވީ މިހާރު ޓްރަމްޕްއަކީ ވަކިއަތަކަށް ޖެހިވަޑައިގެން ހުންނެވި ފަރާތެއް ކަމަށާއި އެގޮތުން މިހާރު ވެސް ޓްރަމްޕް ގެންދަވަނީ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ދެރަލިބޭ ގޮތަށް އަމަލު ކުރައްވަމުން ކަމަށެވެ.

އިޒްރާއީލާ ގާތް ގުޅުމެއް ބާއްވަވާ ޓްރަމްޕް އިޒްރޭލަށް މި ވަޑައިގަންނަވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންތެރޭގައި އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ.

ވެރިކަމަށް ވަޑައިގަތުމަށް ފަހު ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ މި ދަތުރުފުޅުގައި ސައުދީއަށް ވަޑައިގަންނަވާފައި އިރު، ފަލަސްތީނާއި އިޒްރާއީލުގެ އިތުރުން ދެން ވަޑައިގަންނަވާނީ ބެލްޖިއަމް، ވަޓިކަން އަދި ސިސިލީ އަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ

ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު