Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމާލީ

ސުލްހައިގެ ވާހަކަތަކަށް ނާންނަހާ ހިނދަކު ޓެރަރިސްޓުންނާދެކޮޅަށް ހަމަލާދޭނަން: މާލީގެ ރައީސް

ކީޓާ ވަނީ 2018 ވަނަ އަހަރު ބާއްވާ އިންތިޚާބުގައި ދެވަނަ ދައުރަކަށް ކުރިމަތި ލައްވަފާނެ ކަމުގެ އިޝާރާތެއް ދެއްވާފަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 18 މެއި 2017 | ބުރާސްފަތި 08:58
ފަރަންސޭސި ފައުޖުތަކުގެ އިތުރުން އދގެ ސުލްހަބަލަހައްޓާ ފައުޖުގެ 11،000 ސިފައިން މާލީގައި ތިބޭ

ފަރަންސޭސި ފައުޖުތަކުގެ އިތުރުން އދގެ ސުލްހަބަލަހައްޓާ ފައުޖުގެ 11،000 ސިފައިން މާލީގައި ތިބޭ

މާލީގެ "ޓެރެރިސްޓް ގްރޫޕްތަކުން" ސީރިއަސް ކަމާއެކު ސުލްހައިގެ ވާހަކަތަކުގައި ބައިވެރި ނުވާހާ ހިނދު އެ ޖަމާއަތްތަކާ ދެކޮޅަށް ހަމަލާތައް ދެމުންގެންދާނެ ކަމަށް އެ ގައުމުގެ ރައީސް އިބްރާހިމް ބޫބަކްރް ކީޓާ ވިދާޅުވެއްޖެއެވެ.

ފަރަންސޭސި ފައުޖުތަކާއި އދގެ ސުލްހަބަލަހައްޓާ ފައުޖުގެ 11،000 ސިފައިންނާއިއެކު އަދި އަހަރުތަކަކަށް ދެމިގެން ގޮސްފައިވާ ސުލްހައިގެ ވާހަކަތަކާއެކު މާލީ އޮތީ ސިޔާސީ އަދި ދީނީ ހަމަނުޖެހުން ތަކާ ދުރުގައެވެ.

އަލްޖަޒީރާގެ ބިލާ ހުދޫދު ޕްރޮގްރާމްގައި ކީޓާ ވިދާޅުވީ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް އެކުވެރި ފައުޖުތައް އެގައުމުގައި ދެމިތިބޭ މުއްދަތު އިތުރުކުރުމަށްވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.

"އަޅުގަނޑުމެން އެމީހުންނާއެކު ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންދެވޭތޯ ބަލާއިރު، އެމީހުން ދަނީ އަޅުގަނޑުމެންނާ ދެކޮޅަށް ހަމަލާތައް ދެމުން" ކީޓާ ވިދާޅުވިއެވެ.

މާލީގެ ރައީސްކަން 2013 ވަނަ އަހަރުންފެށިގެން ކުރައްވަމުން ގެންދަވާ ކީޓާ ވަނީ 2018 ވަނަ އަހަރު ބާއްވާ އިންތިޚާބުގައި ދެވަނަ ދައުރަކަށް ކުރިމަތި ލައްވަފާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.

ނޭޝަނަލް މޫވްމެންޓް ފޮރ ދި ލިބަރޭޝަން އޮފް އަޒްވަޑް(އެންއެމްއެލްއޭ) ކިޔާ ހަތިޔާރު އެޅި ޖަމާއަތަކުން 2012 ވަނަ އަހަރުވަނީ ފްރާންސަށްވުރެ ބޮޑު ސަރަހައްދެއް މާލީގެ ބިމުން ހިސާރުކޮށް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައެވެ.

އެ ޖަމައާތުގެ ބާރުގެދަށުން އެ ސަރަހައްދުތައް އަތުލާފައިވަނީ އިސްލާމީ ޝަރީއަތް ހަރުކަށިކޮށް މާނަކޮށް އެކަންކަން އެގައުމުގެ ބޮޑު އާބާދީއެއްގެ މައްޗަށް ތަންފީޒު ކުރި އަލްގައިދާއި ގުޅިފައިވާ ހަނގުރާމަވެރި ޖަމާއަތްތަކުންނެވެ.

އެ އަހަރުގެ ޖެނުއަރީ މަހު ފްރާންސުންވަނީ އެގަމުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފަށާފައެވެ.

މާލީއަކީ ކުރިން ފްރާންސްގެ އަޅުވެތިކަމުގެ ދަށުގައި އޮތްގައުމެކެވެ.

ކީޓާ ވިދާޅުވީ އެގައުމުގައި އެމެރިކާގެ ސިފައިން ގާއިމްވެ ނެތްނަމަވެސް އެ ގައުމުގެ ސަރުކާރަށް އެމެރިކާއަސްކަރިއްޔާއިންނާއި އިންޓެލިޖެންސުން އެހީތެރިވަމުންދާކަމަށެވެ.

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2017

ސުލްހައިގެ ވާހަކަތަކުގެ މެދުވެރިއަކަށް އީޔޫ ވެދިނުމަށް އައްބާސް އެދިވަޑައިގެންފި

23 ޑިސެމްބަރު 2017
ސުލްހައިގެ ވާހަކަތަކުގެ މެދުވެރިއަކަށް އީޔޫ ވެދިނުމަށް އައްބާސް އެދިވަޑައިގެންފި
15 ޑިސެމްބަރު 2017

ސީރިޔާގެ ސުލްހައިގެ ވާހަކަތައް ފެއިލްވީ އދ. އާއި ހުޅަނގާއި ސައުދީގެ ސަބަބުން ކަމަށް ބުނެފި

15 ޑިސެމްބަރު 2017
ސީރިޔާގެ ސުލްހައިގެ ވާހަކަތައް ފެއިލްވީ އދ. އާއި ހުޅަނގާއި ސައުދީގެ ސަބަބުން ކަމަށް ބުނެފި
07 ޑިސެމްބަރު 2017

މެދުއިރުމަތީގެ ސުލްހައިގެ ވާހަތަކަތަކުގެ މެދުވެރިއަކަށް އެމެރިކާއަކަށް ނުވެވޭނެ: މަހްމޫދު އައްބާސް

07 ޑިސެމްބަރު 2017
މެދުއިރުމަތީގެ ސުލްހައިގެ ވާހަތަކަތަކުގެ މެދުވެރިއަކަށް އެމެރިކާއަކަށް ނުވެވޭނެ: މަހްމޫދު އައްބާސް
29 ނޮވެމްބަރު 2017

ސުލްހައިގެ މަޝްވަރާތަކަށް ސީރިއާ ސަރުކާރުގެ ވަފްދު ބުދަ ދުވަހު ޖެނީވާ އަށް!

29 ނޮވެމްބަރު 2017
ސުލްހައިގެ މަޝްވަރާތަކަށް ސީރިއާ ސަރުކާރުގެ ވަފްދު ބުދަ ދުވަހު ޖެނީވާ އަށް!
11 ސެޕްޓެމްބަރު 2017

ސޫކީއަށް ދިން ސުލްހައިގެ އިނާމު އަތުލުމަށް ގޮވާލައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުންގެ ޕެޓިޝަނެއް!

11 ސެޕްޓެމްބަރު 2017
ސޫކީއަށް ދިން ސުލްހައިގެ އިނާމު އަތުލުމަށް ގޮވާލައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުންގެ ޕެޓިޝަނެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު