Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާން-އިޒްރޭލް

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ބުދަދުވަހު އިޒްރޭލުގެ ބޮޑު ވަޒީރު ބެންޔަމިން ނަތަންޔާހޫއާ ބައްދަލު ކުރައްވާފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 18 ފެބުރުއަރީ 2017 | ހޮނިހިރު 11:33
 އިރާނުގެ ސްޕްރީމް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ: ހާމަނާއީ ދާދިފަހުން ވަނީ ރައީސް ޓްރަމްޕް، އެމެރިކާގެ "އަސްލު މޫނު ދައްކަމުން ދާ ކަމަށް" ވިދާޅުވެފައި

އިރާނުގެ ސްޕްރީމް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ: ހާމަނާއީ ދާދިފަހުން ވަނީ ރައީސް ޓްރަމްޕް، އެމެރިކާގެ "އަސްލު މޫނު ދައްކަމުން ދާ ކަމަށް" ވިދާޅުވެފައި

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔާއި ސަލާމަތަށް އޮތް އެންމެބޮޑު ނުރައްކާ ކަމަށް އިރާނުން ބުނެފިއެވެ.

އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ބަހްރަމް ޣަސެމީއާ ހަވާލާދީ އިރާނުގެ ދައުލަތުގެ ނޫސް އެޖެންސީ، އައިއާރްއެންއޭ އިން ބުދަދުވަހު ވަނީ އިޒްރޭލާ ދޭތެރޭ އިރާނުން ދެކޭ ގޮތް ރިޕޯޓު ކޮށްފައެވެ.

އަނެއްކޮޅުން އިރާނުން ނިއުކްލިއާ ހަތިޔާރު ތަރައްގީކޮށްފާނެތީ އެކަމާ ދެކޮޅަށް މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ވައުދުވެވަޑައިގެންފައެވެ.

ރައީސް ޓްރަމްޕް ވަނީ އެމެރިކާގެ ވޮޝިންޓަންގައި ބުދަދުވަހު އިޒްރޭލުގެ ބޮޑު ވަޒީރު ބެންޔަމިން ނަތަންޔާހޫއާ ބައްދަލު ކުރައްވާފައެވެ. އިރާނުން ނިއުކްލިއާ ހަތިޔާރު ތަރައްގީ ކުރުމުގެ ވިސްނުން ގެންގުޅޭތީ އެއީ އިޒްރޭލުގެ ސަލާމަތަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ވިދާޅުވެ އިޒްރޭލުގެ ބޮޑު ވަޒީރަށް އެކަމާބެހޭ ގޮތުން ޓްރަމްޕް ވަނީ އިންޒާރު ކުރައްވާފައެވެ.

ރައީސް ޓްރަމްޕާއި ބޮޑު ވަޒީރު ބެންޔަމިން ނަތަންޔާހޫގެ މަޝްވަރާތަކާ ބެހޭ ގޮތުން އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ބަހްރަމް ޣަސެމީ ވިދާޅުވީ އެއީ "ތާކުންތާކުނުޖެހޭ" ވާހަކަތަކެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ހަގީގަތަކީ، ޒަޔަނިސްޓުން އެމީހުންގެ އެއްވެސް އިންސާފެއް ނެތް ދައުވާތައް ތަކުރާރު ކުރަމުން ގެންދާ ދިޔުން ކަމަށާއި އަދި ޒަޔަނިސްޓުންނަކީ ބައިނަލްއަގްވާމީ އެއްވެސް ގާނޫނަކަށް ބޯލަނބާ ބައެއް ނޫން ކަމަށެވެ. އަދި އެމީހުންނަކީ އެތައް ސަތޭކަ ނިއުކްލިއަރ ވޯރހެޑް އެމީހުންގެ ނިއުކްލިއާ އާސެނަލްގައި ފޮރުވައިފާވާ ބައެއް ކަމަށް ވެސް ޣަސެމީ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

23 ފެބުރުއަރީ 2017
އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ސެނެޓާ ޖޯން މެކޭން އާއި ސަލްމާން ރަސްގެފާނު ބައްދަލު ކުރައްވައިފި

22 ފެބުރުއަރީ 2017
ސެނެޓާ ޖޯން މެކޭން އާއި ސަލްމާން ރަސްގެފާނު ބައްދަލު ކުރައްވައިފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
07 ޖެނުއަރީ 2017

އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި

07 ޖެނުއަރީ 2017
އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު