Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފަތުރުވެރިކަން

ޖީއެސްޓީ ސިޔާސަތަށް ސަރުކާރުން ބަދަލު ގެންނަން ޖެހުނީ ރާއްޖެ ބޮއިކޮޓް ކޮށްފާނެ ކަމުގެ ބިރު އޮތުމުން: ޚަލީލް

19 ނޮވެމްބަރު 2026 | ބުރާސްފަތި 09:18

ޖީއެސްޓީއަށް ގެންނަން އުޅުނު ބަދަލުތަކަކީ އަމަލީގޮތުން ތަންފީޒުކުރަން ދަތި އަދި ބައިނަލްއަގުވާމީ ޓުއާ އޮޕަރޭޓަރުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއްކަމަށް މުޙައްމަދު ޚަލީލް ވިދާޅުވެއްޖެ. މި ނިންމުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުބާރު ގެއްލި މާކެޓަށް ނޭދެވޭ އަސަރުކޮށްފައިވާތީ، މިހާރު އެންމެ މުހިންމީ އެ އިތުބާރު އަލުން އާލާކުރުން ކަމަށް އޭނާ ފާހަގަކުރެއްވި

ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2026 | ބުރާސްފަތި 09:18
ޗައިނާގެ ފަތުރުވެރިންގެ ގްރޫޕަކުން ލޯންޗަކަށް އަރަނީ

ޗައިނާގެ ފަތުރުވެރިންގެ ގްރޫޕަކުން ލޯންޗަކަށް އަރަނީ | ގެޓީ އިމޭޖަސް

ޖީއެސްޓީ ސިޔާސަތަށް ސަރުކާރުން ބަދަލު ގެންނަން ޖެހުނީ ބައިނަލްއަގުވާމީ ޓުއާ އޮޕަރޭޓަރުންގެ ޕްރެޝަރާއި، ރާއްޖެ ބޮއިކޮޓް ކޮށްފާނެ ކަމުގެ ބިރު އޮތުމުން ކަމަށް ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސްގެ މެނޭޖިންގ ޑިރެކްޓަރު އަދި ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އެތެރޭގެ އުދުހުންތަކުގެ އެއާލައިން ކަމަށްވާ މަންޓާ އެއާގެ ސީއީއޯ މުޙައްމަދު ޚަލީލް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، ލަންޑަނުގައި އޮތް ޑަބްލިއުޓީއެމް ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަސަރުކުރާ ސިޔާސީ ނިންމުންތަކާއި، ބަހުސް ކުރެވެމުންދާ ޓެކްސްގެ އިސްލާހުތަކާ ގުޅޭގޮތުން ދެއްވި ބަސްދީގަތުމެއްގަ އެވެ. 

ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް އަދި އޭވިއޭޝަން ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ހުރި ޚަލީލަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. ރިސޯޓްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ ދިވެހި ރުފިޔާއަށް މާރުކުރަން މަޖުބޫރުވާ ގޮތަށް ހުށަހެޅި އިސްލާހާ މެދު އޭނާ ދެއްވި ލަފާ ސަރުކާރުން ގަބޫލުނުކުރުމާ ގުޅިގެން، 2026 ވަނަ އަހަރުގެ އޯގަސްޓް މަހު އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޓޫރިޒަމް އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

އޮންލައިން ނޫހެއް ކަމަށްވާ ޓްރެވަލް މޯލްގައި ޝާއިއުކޮށްފައިވާ ޚަލީލުގެ ބަސްދީގަތުމުގައި "ވިޒިޓް މޯލްޑިވްސް އިޔަރ" އަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ ހަރުދަނާ ސްޓްރެޓެޖީއެއް އަދި ފެނިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން، މިއީ ކާމިޔާބު ކަމެއްތޯ ނުވަތަ ނޫންތޯ ސީދާ ދަންނަވަން ދަތި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އަށް ސަރުކާރުން ގެންނަން އުޅުނު ބަދަލުތަކާ ގުޅިގެން ބޮޑެތި ބަހުސްތަކެއް އުފެދުނު މައްސަލައާ ގުޅިގެން ސަރުކާރުގެ ސިޔާސަތަށް ބަދަލު ގެންނަން ޖެހުނީ ބައިނަލްއަގުވާމީ ޓުއާ އޮޕަރޭޓަރުންގެ ޕްރެޝަރާއި، ރާއްޖެ ބޮއިކޮޓް ކޮށްފާނެ ކަމުގެ ބިރު އޮތުމުން ކަމަށް ދެކެވަޑައިގަންނަވަންތޯ ދެންނެވުމުން ޚަލީލް ވިދާޅުވީ، ސަރުކާރުން މި ހުށަހެޅުން އަލުން މުރާޖައާ ކުރި ދެ މައިގަނޑު ސަބަބެއް އޮތް ކަމަށް ގަބޫލު ކުރައްވާ ކަމުގަ އެވެ. ފުރަތަމަ ކަމަކީ، އެ ބަދަލު އަމަލީ ގޮތުން ތަންފީޒުކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަން ސަރުކާރަށް ވިސްނުން ކަމަށާއި ދެވަނަ ކަމަކީ، ޓުއާ އޮޕަރޭޓަރުންގެ ފަރާތުން އައި ޕްރެޝަރުގެ ސަބަބުން ކަމުގަ އެވެ. 

ޚަލީލް ވިދާޅުވީ، މީގައި އޮތް އަސާސީ މައްސަލައަކީ، ރާއްޖެއިން ބޭރުގައި ހިނގާ ވިޔަފާރީގެ މުއާމަލާތަކުން ޓެކްސް ނަގަން ސަރުކާރުން މަސައްކަތް ކުރުން ކަމަށާއި ރާއްޖޭގެ ހޮޓާތަކުންދޭ ހިދުމަތްތަކާއި، ބައިނަލްއަގުވާމީ ޓުއާ އޮޕަރޭޓަރުން އަމިއްލައަށް ތައްޔާރުކޮށްގެން ވިއްކާ ޕެކޭޖުތަކާ ދެމެދު ހުރި ތަފާތަށް ސަރުކާރުން އެކަށީގެންވާ ވަރަށް ބަލާފައެއް ނުވާ ކަމަށެވެ.

"ހޮޓާ ހިންގާ މީހުންގެ ހައިސިއްޔަތުން އަޅުގަނޑުމެން މި ވިއްކަނީ ކޮޓަރި. އަޅުގަނޑުމެން ފޯރުކޮށްދެނީ ރާއްޖޭގައި ހުރުމުގެ އިންތިޒާމް. މުޅި ޗުއްޓީ ޕެކޭޖެއް ނުވަތަ ބައިނަލްއަގުވާމީ ފްލައިޓް ޓިކެޓެއް ނުވަތަ ބޭރުގެ އޮޕަރޭޓަރަކު އެމީހުންގެ ޕެކޭޖުގައި ހިމަނާ އެހެން ހިދުމަތްތަކެއް އަޅުގަނޑުމެންނެއް ނުވިއްކަން،" ޚަލީލް ވިދާޅުވި އެވެ.

"މިސާލަކަށް އިނގިރޭސިވިލާތުގެ ޓުއާ އޮޕަރޭޓަރަކު ވިއްކަނީ މުޅި ޗުއްޓީ ޕެކޭޖެވެ. އޭގައި ފްލައިޓް ޓިކެޓާއި، ހޮޓަލާއި، އަދި އެހެނިހެން ހިދުމަތްތައް އެއްކޮށްލައިގެން އާ އުފެއްދުމެއްގެ ގޮތުގައި ވިއްކަނީ. އެއީ ހަމައެކަނި ހޮޓާ ކޮޓަރިއެއް ނުވަތަ އެއާލައިން ޓިކެޓެއް އަލުން ވިއްކާލުމެއް ނޫން. އެ އޮޕަރޭޓަރު އެ ޕެކޭޖް ތައްޔާރުކޮށް، އިޝްތިހާރުކޮށް، ކުރިއެރުވުމަށް އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެން ބޮޑު އިންވެސްޓްމަންޓެއް ކުރޭ."

އޭނާ ވިދާޅުވީ މި ތަފާތު ދެނެގަތުން ވަރަށް މުހިންމު ކަމަށާއި އަދި އެ ޓުއާ އޮޕަރޭޓަރަކީ އެ ގައުމެއްގެ ޓެކްސް ގަވާއިދުތަކުގެ ދަށުން، އެ ގައުމެއްގައި ކުރާ ވިޔަފާރިއަށް ޓެކްސް ދައްކަންޖެހޭ ފަރާތެއް ކަމަށެވެ.

މީގެ އިތުރުން ޚަލީލް ވިދާޅުވީ، މީގައި ގާނޫނީ ސުވާލެއް ވެސް އެބައޮތް ކަމަށެވެ. އެ ގޮތުން ރާއްޖޭގެ ސަރަހައްދުން ބޭރުގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތަކުން ޓެކްސް ނެގުމުގެ ހައްގު ރާއްޖެއަށް އެބައޮތްތޯ އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ.

"މިސާލަކަށް، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިފަދަ ހާލަތްތަކުގައި އަމަލުކުރާނެ ޓެކްސް އެއްބަސްވުމެއް (ޓެކްސް ޓްރީޓީ) އެއް ނެތް،"

މީގެ ސަބަބުން އެއް މުއާމަލާތަކުން ދެ ފަހަރަށް ޓެކްސް ދައްކަންޖެހޭ (ޑަބަލް ޓެކްސޭޝަން) ހާލަތެއް މެދުވެރިވެދާނެ ކަމަށާއި، އަޅުގަނޑު ދެކޭގޮތުގައި، މި ހުށަހެޅުމުގެ ސަބަބުން ގާނޫނީ އަދި އަމަލީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ކަމުގައި ޚަލީލް ފާހަގަ ކުރެއްވި އެވެ. އަދި މިއީ ތަންފީޒުކުރަން އިންތިހާއަށް އުނދަގޫވާނެ ކަމެއް ކަމުގައި އޭނާ ވިދާޅުވި އެވެ.

ޖީއެސްޓީއަށް ގެންނަން ސަރުކާރުން އުޅުނު ބަދަލުތަކުގެ ސަބަބުން ޔޫރަޕްގެ މާކެޓްތަކުގައި ސެޕްޓެމްބަރު މަހުގެ "ޕީކް ސީޒަން" އަށް އަމާޒުކޮށްގެން ހިންގި ކެމްޕޭންތަކަށް ބޮޑު އަސަރެއް ކުރި ކަމަށް ޚަލީލް ވިދާޅުވި އެވެ.

"އެ ފުރުސަތު އަޅުގަނޑުމެންނަށް ގެއްލިއްޖެ. ގޯސް ހެދިއްޖެއެވެ، އަދި ގެއްލުން ވެސް ވެއްޖެއެވެ. މިހާރު އޮތް ކަމަކީ އެ ލިބުނު ގެއްލުންތަކުން އަރައިގަނެ، ރާއްޖެއާ މެދު އޮތް އިތުބާރު އަލުން އާލާކުރުމަށް މަސައްކަތް ކުރުމެވެ.

މުޙައްމަދު ޚަލީލްޑަބްލިއުޓީއެމް ފެއާޖީއެސްޓީ ފަތުރުވެރިކަން

އެންމެ ހިނގާ

1

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ކިބައިން މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ފިރުޝާން މާފަށް އެދިވަޑައިގެންފި

2

ދަތުގެ ވޭނަށް ލުޔެއް ހޯދަން ދިޔަ ދަތުރު ނިމުނީ އާއިލާގެ ހިތްތައް ކުދިކުދިކޮށްލި މަރަކުން

3

ފައިސަލް އާއި އާޒިމްގެ ކެމްޕޭނަށް އެމްޕީއެލް މުވައްޒަފަކު ހުރަސްއަޅައިފި

4

ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!

5

ގްރެޖުއޭޝަނަށް ބޮޑު ހޭދައެއް ކުރުވުމަށްފަހު، ބޯދިގު ކަމަށް ބުނެ ރެހެންދި ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ގެއަށް ފޮނުވާލައިފި

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2026

ޖީ.އެސް.ޓީގެ ގޮތުގައި މިލިއަނަށްވުރެ ގިނަ ފައިސާ ދައްކަންޖެހޭ 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

11 ނޮވެމްބަރު 2026
ޖީ.އެސް.ޓީގެ ގޮތުގައި މިލިއަނަށްވުރެ ގިނަ ފައިސާ ދައްކަންޖެހޭ 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި
10 ނޮވެމްބަރު 2026

ބީއެމްއެލްއިން ރަޝިޔާ ފަތުރުވެރިންގެ ފައިސާ ބަލައި ނުގަންނަ މައްސަލައެއް ފެންމަތިވެއްޖެ

10 ނޮވެމްބަރު 2026
ބީއެމްއެލްއިން ރަޝިޔާ ފަތުރުވެރިންގެ ފައިސާ ބަލައި ނުގަންނަ މައްސަލައެއް ފެންމަތިވެއްޖެ
09 ނޮވެމްބަރު 2026

ސަރުކާރުން ތަރައްގީ ކުރާ ރިސޯޓުތަކުގެ ފައިދާ ބެހުމަށް ކުންފުންޏެއް އުފައްދަވައިފި

09 ނޮވެމްބަރު 2026
ސަރުކާރުން ތަރައްގީ ކުރާ ރިސޯޓުތަކުގެ ފައިދާ ބެހުމަށް ކުންފުންޏެއް އުފައްދަވައިފި
29 އޮކްޓޯބަރު 2026

މިއަހަރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރި އަދަދަށް އަންނާނެ ކަމަށް މިހާރު ނުބެލެވޭ: މިނިސްޓަރު ޒަރީރު

29 އޮކްޓޯބަރު 2026
މިއަހަރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރި އަދަދަށް އަންނާނެ ކަމަށް މިހާރު ނުބެލެވޭ: މިނިސްޓަރު ޒަރީރު
21 އޮކްޓޯބަރު 2026

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން ހުއްޓާލަން ހުށަހެޅި ބިލު ކޮމިޓީ އަށް

21 އޮކްޓޯބަރު 2026
ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން ހުއްޓާލަން ހުށަހެޅި ބިލު ކޮމިޓީ އަށް
20 އޮކްޓޯބަރު 2026

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން ހުއްޓާލަން މަޖިލީހަށް ހުށަހަޅައިފި

20 އޮކްޓޯބަރު 2026
ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން ހުއްޓާލަން މަޖިލީހަށް ހުށަހަޅައިފި
17 އޮކްޓޯބަރު 2026

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ މި މުއްދަތާއި އަޅާބަލާއިރު މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 3.4 އިންސައްތަ ދަށަށް!

17 އޮކްޓޯބަރު 2026
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ މި މުއްދަތާއި އަޅާބަލާއިރު މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 3.4 އިންސައްތަ ދަށަށް!
05 އޮކްޓޯބަރު 2026

ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ ވަޒީރުން އެ ދާއިރާގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

05 އޮކްޓޯބަރު 2026
ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ ވަޒީރުން އެ ދާއިރާގެ އިސްވެރިންނާ ބައްދަލުކުރައްވައިފި
05 އޮކްޓޯބަރު 2026

ފިނި މޫސުމުގައި ފަތުރުވެރިކަން ހީނަރުވިޔަ ނުދިނުމަށްޓަކައި، ޓްރެވަލް އޭޖެންސީތަކުން ނަގާ ޓެކްސް ފަސްކުރިކަން މުއިއްޒު ސަރުކާރުން ރަސްމީކޮށް ކަށަވަރުކޮށްދޭން ޖެހޭ: ރިޕޯޓު

05 އޮކްޓޯބަރު 2026
ފިނި މޫސުމުގައި ފަތުރުވެރިކަން ހީނަރުވިޔަ ނުދިނުމަށްޓަކައި، ޓްރެވަލް އޭޖެންސީތަކުން ނަގާ ޓެކްސް ފަސްކުރިކަން މުއިއްޒު ސަރުކާރުން ރަސްމީކޮށް ކަށަވަރުކޮށްދޭން ޖެހޭ: ރިޕޯޓު
04 އޮކްޓޯބަރު 2026

ވެރިކަން ލިބިއްޖެނަމަ ފަތުރުވެރިކަމުގެ ސިނާއަތަށް ގާނޫނީ ރައްކާތެރިކަން ހޯދައިދޭނަން: ފައްޔާޒު

04 އޮކްޓޯބަރު 2026
ވެރިކަން ލިބިއްޖެނަމަ ފަތުރުވެރިކަމުގެ ސިނާއަތަށް ގާނޫނީ ރައްކާތެރިކަން ހޯދައިދޭނަން: ފައްޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް