Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖެޓީވީ

ޝަރީފެވެ. ދުލާއި ޤަލަމުގެ މިނިވަންކަމަކީ ދޮގު ބުހުތާނު ވާހަކަ ފެތުރުމެއްނޫނެވެ.

ރާއްޖެޓީވީ ރޯކޮށްލުމުން ލިބުނު ގެއްލުން 11.65 މިލިއަން ރުފިޔާއަށް އަރާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 20 މާރިޗު 2020 | ހުކުރު 10:13
ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު

ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު

ރާއްޖެއިން ކޮވިޑް-19 ފެނުމާއެކު ދިވެހި ސަރުކާރުން މިދަނީ ދިވެހި މި ދިދަދަށުގައި ނޭވާލާ ކޮންމެ ފަރުދެއްގެ ސަލާމަތާއި ރައްކާތެރިކަމަށް އެތަކެއް ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި ސަރުކާރުން ދަނީ ކޮންމެދުވަހަކު މުޅިރާއްޖޭގެ ރައްޔިތުންނަށް ފެންނާނެހެން ދެއިރު ދެދަޅަޔައް ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެމުންނެވެ. ނަމަވެސް ހިތާމައަކީ މިނިވަން ނޫސްވެރިކަމުގެ ހެނދުން ތުރުކުރައްވައިގެން ތިއްބަވާ ބޭފުޅުން މި ހައްސާސް ދަނޑިވަޅުގައިވެސް ރާއްޖޭގެ ރައްޔިތުން ބިރުވެރިކަމަކައް ވައްޓާލައި ދޮގުބުހުތާނު ވާހަކަތައް ފަރުރަމުންދާކަމެވެ.

މިހާރު މަނީ ލޯންޑަރިންގެ ދަޢުވާ އެއް ސާބިތުވެ 5 އަހަރުގެ ޖަލުހުކުމެށް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ދައުރުގައި ދިރިއުޅުއްވި ގެކޮޅު ގ.ދޫވެހީގައި ކުރިން ހިންގި ޗެނަލަކުން މިދަނީ ދިވެހިންގެ ހިތްތަކަށް ބިރުވެރިކަން ވައްދަމުންނެވެ. ޓީވީ ޕޮރަގްރާމެއްގެ ނަމުގައި "ދުފާރަތްކޮއްގެން" ކޮންމެދުވަހަކު މިދަނީ އެތަކެއް ދޮގުތަކެއްހަދާ މީސްތަކުންގެ މެދުގައި ބިރުވެރިކަން ފަތުރަމުންނެވެ. އަދި އެ މަސައްކަތްތައް ހުއްޓާލުމަށް އެދި ކަމާބެހޭ ފަރާތްތަކުން ތަކުރާރުކޮށް ނަސޭހަތްތެރިވި މަންޒަރުވެސް ފެނިގެން ދިޔައެވެ. ނަމަވެސް ތަކުރާރުކޮށް ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި ސައްޙަ ނޫން މައުލޫމާތު ފަތުރާތީ އެންމެ ފަހުން އެ ޗެނަލުން ދެއްކި ޕްރޮގްރާމް މިވަނީ ކޮވިޑް-19 އާ ގުޅިގެން ނެރިފައިވާ ސިއްހީ ކުއްލި ޙާލަތު އުވާލަންދެން ހުއްޓާލަން އަންގާފައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ފަސްއަހަރު ފެނިގެންދިޔައީ ހައްގުބަސް ބުނާ ކޮންމެފަރާތެއްގެ ފަހަތުންދުވެ ބިމަށް ތިރިކުރާ މަންޒަރެވެ. ނޫސްވެރިން އެވެރިން ލިޔާ ލިޔުމެއް ހިތްޕުޅާނުވާނަމަ އެމީހަކު ހިފާހައްޔަރު ކުރަމުން ދިޔަ މަންޒަރެވެ. އެދުވަހު ޢަބްދުﷲ ޔާމީން ހުރިހާ ބާރުތަކެއް މުށުތެރެޔައް ލައްވައިގެން ހިންގަމުންދިޔަ ޤާނޫނާ ހިލާފު އަމަލުތަކަށް ސަރުކާރުގަ ތިއްބެވި ބޭފުޅުން ގެންދެވީ އަތްތިލަބަޑި ޖައްސަވަމުންނެވެ. އެދުވަހު ނޫސްވެރިން ތިބި ބިރުވެރިކަމުން އަމާން ބަނދަރަކަށް ގެނެސްދިނީ މިއަދުގެ ސަރުކާރެވެ. މިއަދު މިކަން އިދިކޮޅު ބޭފުޅުން ހަނދުމަފުޅު ނެތުނީހެން ހީވެއްޖެއެވެ.

ޢަބްދުﷲ ޔާމީންގެ ސަރުކާރުގަ މަޖިލިސް މެންބަރުންނާ ދެކޮޅަށް "މާރާމާރީ" ހިންގުމަށް ހިތްވަރުދޭ ބީދައިން ރާއްޖޭގެ ދިފާއީބާރު (އެމްއެންޑީއެފް) ގެ ބޭފުޅުންނަށް އަމުރުކުރެއްވި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓުވީޓް ފެނިފައި އަންތަރީސް ވެއްޖެއެވެ. ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި ސަރުކާރާމެދު ނަފްރަތު އުފައްދަމުން ގެންދިޔަ ކޮންޓެންޓެއް މަޑުޖައްސާލަން އެންގުމާއެކު ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ގ.ދޫވެހިގޭގައި ކުރިން ހިންގަމުން ދިޔަ ޗެނަލްއިން މިއަދު ކުރަމުން އެދަނީ ރާއްޖޭގެ އެންމެގިނަ ބަޔަކު ބަލަމުންދާ ރާއްޖެޓީވީ ކުރަމުންއައި މަސައްކަތް ކަމަށެވެ. އަދި އޭރު އިދިކޮޅުގެ އަޑު އިވެންޖެހޭތީ ބަންދުނުކުރި ވާހަކައެވެ. އަދި މިހާރުވެސް ޒިންމާދާރު ނޫސްވެރިކަމަށް ހިތްވަރުދޭންޖެހޭނެ ވާހަކައެވެ.

ޝަރީފެވެ. މަނިކުފާނުގެ ކުރިމަތީގައި ނޫސްވެރިންނަށް ކޮށްފައިވާ އަނިޔާތައް މަތިން މިހާރު ހަނދުމަފުޅު ނެތުނީތޯއެވެ؟ އެދުވަހު ތިބޭފުޅާވެސް ހުންނެވީ ޖާހަތާ މާލައްޓަކައި ވީކަންކަން ނުފެންނަކަމަށް ހައްދަވައިގެންނެވެ. މިއަދު ނޫސްވެރިކަމަށް ހިތްވަރުދިނުމަށް ގޮވާލާއިރު، ލަދުގެ ކަންފުޅެއްވެސް ހަމަނެތީތޯއެވެ؟

އެދުވަހު ރާއްޖެޓީވީ ވަނީ އެތަކެއް ފަހަރުމަތިން އެތައް މިލިޔަނަކުން ޖޫރިމަނާ ކޮށްފައެވެ. ނުވިތާކަށް ރާއްޖެޓީވީގެ މުވައްޒަފުންނަށް ނުހައްގުން އެތަކެއް އަދަބުތަކެއްދީ ޖަލަށް ލާފައިވެއެވެ. ރާއްޖެޓީވީގެ މުވައްޒަފުންނަށް މަރުގެ ޙަމަލާތައްވެސް އެތައް ފަހަރަކު ދީފައިވެއެވެ. އެ ދުވަހު ތިބޭފުޅާ ހުންނެވީ ޤައުމީ ދިފާއީ ބާރުގެ ވެރިއެއްގެ ގޮތުގައެވެ. ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ޒިންމާ ބޮލުގައި އަޅުވައިގެންނެވެ. އެ ދުވަހު މިނިވަން ނޫސްވެރިކަމަށް ގޮވާލާ އަޑުއުފުލާފައި ނުވަނީ ކީއްވެތޯއެވެ؟

އޭގެ އިތުރުން، މަނިކުފާނުގެ ވަޒީރުކަމުގައި ކުއްލި ނުރައްކަލުގެ ޙާލަތުގެ ތެރެއިން ރާއްޖެޓީވީ ބަންދުކުރަން ސިޓީ ފޮނުއްވެވި ދުވަސްވެސް މާޒީގެ ތެރެއިން ވަނީ ފެނިފައެވެ. އެ ސިޓީގެ ސަބަބުން ރާއްޖެޓީވީގެ އާންމު ޕްރޮގްރާމްތައް މެދުކަނޑާލަން މަޖުބޫރުވިއިރު، އެ ދުވަހު މަނިކުފާނު ތިބީދައިން އަޑުއުފުއްލާފައިނުވަނީ ކީއްވެތޯއެވެ؟ އޭރު ޕްރޮގްރާމްތައް މެދުކަނޑާލަން ޖެހުމުން ރާއްޖެޓީވީއަށް ލިބުނު ގެއްލުންތަކުގެ ވާހަކަ އަލުން ބަލުން ކިޔާކަށް ނެތީމެވެ.

އެވަރުންވެސް ރާއްޖެޓީވީގެ ހީވާގި ބިރުކުޑަ ފަހުލަވާނުން އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހުމުން އެންމެ ފަހުން ބަޔަކު ރާއްޖެޓީވީ ރޯކޮށްލައި މުޅި ތަން އަންދައި ހުލި ކޮށްލީއެވެ. ދިވެހި ރައްޔިތުންނަށް އެ މަންޒަރު ވަނީ ގާތުން ފެނިފައެވެ. އެ ނިރުބަވެރި ޙަމަލާ އާ ގުޅިގެން ތައްޔާރު ކުރި އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި އިމާރާތަށް އެއްމިލިއަން ތިންލައްކަ ސަތާރަހާސް ހަތަރު ސަތޭކަ ތިރީސް ރުފިޔާގެ ގެއްލުން ލިބުނެވެ. ތަކެއްޗާއި ސާމަނަށް ދިހަ މިލިއަން ތިންލައްކަ ތިރީސް ނުވަ ހާސް ހަތަރު ސަތޭކަ ތިން ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ. އެހެންކަމުން ރާއްޖެ ޓީވީއަށް ލިބުނު ގެއްލުމުގެ ޖުމުލަ ޢަދަދު 11.65 މިލިއަން ރުފިޔާއަށް އަރައެވެ.

އެދުވަހު ތިބޭފުޅުންގެ ސަރުކާރު އޮންނެވީ މި ހިންގި ހުރިހާ ޖަރީމާއެއް ނުފެންނަކަމަށް ހައްދަވައިގެންނެވެ. ކުރިހާ ޝަކުވާއަކަށް ބީރުކަންފަތެއް ދީގެންނެވެ.

ޝަރީފް ދަންނަވަންތޯއެވެ. ރާއްޖެޓީވީއަށް ކުރިމަތިވި ގެއްލުމާއި ފުރައްސާރައާ ތިޔަ އެއްހަމަ ކުރައްވަނީ ކޮން ގޮތަކުން ބަލާފައިތޯއެވެ؟ ރާއްޖެޓީވީއަކީ ތެދުހަގީގަތް ގެނެސްދިނުމުގައި އަދި ދިވެހި ރާއްޖެއަށް ދިމާވާ ކޮންމެ އުފަލަކާ ހިތާމައެއްގައި އެއިރެއްގައި އޮންނަ ސަރުކާރަކަށް ފާރަވެރިވާ ޒިންމާދާރު މަސައްކައްތަކެއްކުރާ ޗެނަލްއެކެވެ. ދިވެހި ރައްޔިތުންގެ މެދުގައި އިތުބާރު ލިބިފައިވާ ދިވެހިންގެ ޗެނަލެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދޮޅު ލައްކަ ރުފިޔާގެ މުދާ ހަވާލުކުރީ އަމިއްލައަށް، ފުލުހުން މިހަދަނީ ދޮގުތަ؟

ދޮޅު ލައްކަ ރުފިޔާގެ މުދާ ހަވާލުކުރީ އަމިއްލައަށް، ފުލުހުން މިހަދަނީ ދޮގުތަ؟

05 ޖޫން 2023
ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"

10 އެޕްރީލު 2022
މިނިވަންކަމަކީ ޒިންމާތަކެއްވާ އަސާސީ ހައްގެކެވެ.

މިނިވަންކަމަކީ ޒިންމާތަކެއްވާ އަސާސީ ހައްގެކެވެ.

26 ޖުލައި 2021
ޔޫޓީއެފް މައްސަލައިގައި އާންމުކޮށްފައިވާ އެއްބަސްވުމަކީ ދޮގުކަމަށްވާނަމަ، ޖިނާއީ ދަޢުވާކުރުމަށް ޤާނޫނު ހުއްދަކުރޭ!

ޔޫޓީއެފް މައްސަލައިގައި އާންމުކޮށްފައިވާ އެއްބަސްވުމަކީ ދޮގުކަމަށްވާނަމަ، ޖިނާއީ ދަޢުވާކުރުމަށް ޤާނޫނު ހުއްދަކުރޭ!

20 މާރިޗު 2021
ފްލެޓާ ގުޅޭގޮތުން އަދުރޭ އޭސީސީއަށް ދެއްވީ ދޮގު މައުލޫމާތު، ފަޅާއެރީ ވާރުތަ މުދަލުގެ މައްސަލައެއްގެ ތެރެއިން!

ފްލެޓާ ގުޅޭގޮތުން އަދުރޭ އޭސީސީއަށް ދެއްވީ ދޮގު މައުލޫމާތު، ފަޅާއެރީ ވާރުތަ މުދަލުގެ މައްސަލައެއްގެ ތެރެއިން!

10 ސެޕްޓެމްބަރު 2020

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު