Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"

40 ހާހާއި ގާތް ކުރާ އަދަދަކަށް ހަމައެކަނި ފޭސްބުކް މެދުވެރިކޮށްވެސް މި ޝޯވް ބަލާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 10 އެޕްރީލު 2022 | އާދީއްތަ 09:31
ދެވަނަ އެޕިސޯޑުގެ އެލިމިނޭޝަން ރައުންޑު

ދެވަނަ އެޕިސޯޑުގެ އެލިމިނޭޝަން ރައުންޑު

ރާއްޖެޓީވީއިން ގެނެސްދޭ ރިއަލިޓީ ޝޯވް "ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް" މިވަނީ ރަމަޟާން މަހު އެންމެ ގިނަ މީހުން އިންތިޒާރުކުރާ އެއް ޝޯވްއަށް ވެފައެވެ. މި ޝޯވްގެ ފުރަތަމަ އެޕިސޯޑު ދައްކާފައިވާއިރު، 40 ހާހާއި ގާތް ކުރާ އަދަދަކަށް ހަމައެކަނި ފޭސްބުކް މެދުވެރިކޮށްވެސް މި ޝޯވް ބަލާފައިވެއެވެ.

މި އެޕިސޯޑު ދެއްކުމުގެ ކުރިން އެޕިސޯޑުގެ ޓްރެއިލަރެއް ސެލެބްރިޓީ ރޭސް ފޭސްބުކް ޕޭޖުން އާންމުކުރިއެވެ. އެގޮތުން 90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެއް ބައިވެރިއަކު އެލިމިނޭޓް ކުރަންކަމަށް ޕްރޮގްރާމްގެ ހޯސްޓް އިއުލާނުކުރާ މަންޒަރު އެ ޓްރެއިލަރުން ފެނިގެން ދިޔައެވެ.

މި ޝޯވްގެ ފުރަތަމަ އެޕިސޯޑު ބުރާސްފަތި ދުވަހުގެ ރޭ 11:00 ގައި ދައްކާފައިވާއިރު، ޝޯވްގެ ޗެލެންޖުތަކަށް ފަހު، ދެން ކުރިއަށް ދިޔައީ ޝޯވްގެ އެލިމިނޭޝަން ރައުންޑެވެ. އެގޮތުން 90 އިންސައްތަ ބައިވެރިން އެލިމިނޭޓް ކުރުމަށް ދިނީ އެކްޓްރެސް ފަރީލާގެ ނަމެވެ. އެހެންނަމަވެސް، އެޕިސޯޑު ނިމިގެން ދިޔައިރު ޝޯވްގެ ފަރާތުން ނިންމީ އެ ހަފްތާގައި އެއްވެސް ބައިވެރިއަކު އެލިމިނޭޓް ނުކުރުމަށެވެ.

މިއަހަރުގެ ޝޯވްގައި ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރިންގެ އިތުރުން، މޮޑެލިންގ ދާއިރާއިން މަޝްހޫރު ފަރާތްތަކާއި، ޓީވީ ޝޯވް ހުށައަޅައިދޭ ފަރާތްތައްވެސް ބައިވެރިވެއެވެ. އެގޮތުން ރިޝްމީ، އައްޒަ، ފުބޫ، ރޯމަން، ދޮނާ، އިފްނާޒް އަދި ފަރީލާގެ އިތުރުން، މޮޑެލިންގ ދާއިރާގައި ޙަރަކާތްތެރިވާ ނޫރު އަދި ޓީވީ ޝޯވް ހުށައެޅުންތެރިންގެ ތެރެއިން ޝަބާ އަދި ސުހާ އާއި، ކޮރިއޯގްރަފީގެ ދާއިރާއިން މަޤްބޫލު ރިޗާރޑު މިފަހަރުގެ ސީޒަންގައި ފެނިގެންދެއެވެ.

މިހާރު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑުގެ ޓްރެއިލަރެއް އާންމު ކޮށްފައިވާއިރު، ޓްރެއިލަރުން ޝޯވްގެ ބައެއް ބައިވެރިން ވަރަށް ބޮޑަށް ހޮޑުލާ މަންޒަރު ފެނެއެވެ. ހަމައެއާއެކު، ކޮންމެސް ބައިވެރިއަކަށް ކަމެއް ދިމާވެގެން އޭނާ އަތްދަނޑިމައްޗަށް ނަގައިގަނެގެން ދެން ތިބި ބައިވެރިން ދާ މަންޒަރު ފެނެއެވެ.

ދެން ފެނިގެންދަނީ ދެވަނަ އެޕިސޯޑުގެ އެލިމިނޭޝަން ރައުންޑުގެ މަންޒަރެކެވެ. އެގޮތުން ޕްރޮގްރާމް ހޯސްޓު "އެއީ ހުސް ދޮގު" ކަމަށް ތަކުރާރުކޮށް ބުނާ މަންޒަރު ފެނެއެވެ. އޭގެ ޖަވާބުގައި ފަރީލާ "އެއީ ތެދެއް" ކަމުގައި ބުނި ނަމަވެސް، ހޯސްޓު ތަކުރާރުކޮށް ބުނަމުން ގެންދިޔައީ އެއީ ހުސް ދޮގު ކަމަށެވެ.

ކޮންމެއަކަސް، ފުރަތަމަ އެޕިސޯޑުގެ ޓްރެއިލަރު އާންމުކުރިއިރު، އެންމެންނަށްވެސް އުފެދުނު ސުވާލަކީ 90 އިންސައްތަ ބައިވެރިން ވޯޓު ދިނީ ކާކު އެލިމިނޭޓް ކުރަންތޯއެވެ. ފުރަތަމަ އެޕިސޯޑުން އޭގެ ޖަވާބު ލިބިގެންދިޔައިރު، މިހާރު އެންމެންނަށްވެސް އުފެދިފައިވާ ސުވާލަކީ ދޮގު ހެދީ ކާކުތޯއެވެ؟ ނުވަތަ ހެދީ ކޮން ދޮގެއްތޯއެވެ؟ އެންމެންވެސް މިހާރު އިންތިޒާރު ކުރަމުންދަނީ މިހަފްތާގެ ބުރާސްފަތި ދުވަހުގެ ރެއަށެވެ. ދެވަނަ އެޕިސޯޑު ދެއްކުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 11:00 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑާއެކު ދެވަނަ ރަމަޟާން މަސް، ނުރައްކަލުގެ ރަނގަބީލަށް ބެލުމެއް ނެތް

ކޮވިޑާއެކު ދެވަނަ ރަމަޟާން މަސް، ނުރައްކަލުގެ ރަނގަބީލަށް ބެލުމެއް ނެތް

10 މެއި 2021
ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ވޭނަކަށް، ދިގު ކިއުތަކަށް ހައްލެއް ނެތް!

ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ވޭނަކަށް، ދިގު ކިއުތަކަށް ހައްލެއް ނެތް!

18 އެޕްރީލު 2021
ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ދެވަނަ ފަހަރަށް ފާސްކޮށްފި، ދެންވާނީ ކިހިނެއް؟

ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ދެވަނަ ފަހަރަށް ފާސްކޮށްފި، ދެންވާނީ ކިހިނެއް؟

14 ޖެނުއަރީ 2021
ދެވަނަ ބޮޑު ހަނގުރާމައިގައި އިއްތިހާދުން ކާމިޔާބު ހޯދުމުގައި ރާއްޖެއިން ހިތާރޫހުން ވީ ގުރުބާނީ ރައީސް ރޫޒްވެލްޓް ފާހަގަ ކުރެއްވި

ދެވަނަ ބޮޑު ހަނގުރާމައިގައި އިއްތިހާދުން ކާމިޔާބު ހޯދުމުގައި ރާއްޖެއިން ހިތާރޫހުން ވީ ގުރުބާނީ ރައީސް ރޫޒްވެލްޓް ފާހަގަ ކުރެއްވި

18 ޖުލައި 2020
ދުވެލި ބާރުކޮށް، ސަރުކާރު ދެވަނަ ގިޔަރަށް ޖަހަން އިތުރު ބަހަނާއެއް ނެތް!

ދުވެލި ބާރުކޮށް، ސަރުކާރު ދެވަނަ ގިޔަރަށް ޖަހަން އިތުރު ބަހަނާއެއް ނެތް!

19 ޖޫން 2019

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު