Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މިނިވަން ދުވަސް

މިނިވަންކަމަކީ ޒިންމާތަކެއްވާ އަސާސީ ހައްގެކެވެ.

އަނެކާގެ މިނިވަންކަން ފެށޭ ހިސާބުން އެމީހެއްގެ މިނިވަންކަން ނިމެން ޖެހޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 26 ޖުލައި 2021 | ހޯމަ 07:51
މިނިވަންކަން މާނަކޮށް ބަޔާންކޮށްދޭ އެކައްޗަކީ މިނިވަން ކަމުގެ ރަމްޒު ކަމުގައިވާ ގައުމީ ދިދަ

މިނިވަންކަން މާނަކޮށް ބަޔާންކޮށްދޭ އެކައްޗަކީ މިނިވަން ކަމުގެ ރަމްޒު ކަމުގައިވާ ގައުމީ ދިދަ

މިނިވަންކަމަކީ އަސާސީ ހައްގެކެވެ. ދިވެހި ތާރީޚާއި ސަގާފަތް ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ އަބްދު ﷲ ސައީދު ވިދާޅުވަނީ ގާނޫނީ އަދި ސިޔާސީ ހައްގުތައް ލިބިގެންވުމާއި މުއާމަލާތު ކުރުމުގައި އެއްވެސް ހުރަހެއްނެތުމަކީ މިނިވަންކަން ކަމަށެވެ. އަދި މިނިވަންކަމަކީ އިންސާނުންނާއި ހުރިހާ ދިރޭ އެއްޗެއްގެ ކިބައިގައި ވެސް ލައްވާފައިވާ ޠަބީޢީ ސިފައެއް ކަމަށާއި، ހުރިހާ އިންސާނުން ވެސް ދުނިޔެއަށް އުފަންވަނީ މިނިވަންކަމުގައި ހަމަހަމަ ހައްގުތަކާއެކު ހަމަހަމަ ދަރަޖައެއްގައި ކަމޭހިތިގެންވާ ބައެއްގެ ގޮތުގައި ކަމަށެވެ.

އެހެންވީއިރު އިންސާނުން އެކަކު އަނެކަކަށް އަޅުވެތިކޮށް، އަނިޔާވެރިވުމެއް ނުވެއެވެ. ދީނީ ނަޒަރަކުން މިނިވަންކަމަށް ބަލާއިރު އެއްވެސް މިނިވަންކަމަކީ، ހުދޫދެއް ނެތް މިނިވަންކަމެއް ނޫނެވެ. ކޮންމެ ފަރުދެއްގެ މިނިވަންކަން ވެސް ބޭނުން ކުރަން ޖެހޭނީ، އެކަމަށް ކަނޑައަޅުއްވާފައިވާ އިމުގެ ތެރެއިންނެވެ. މިނިވަންކަމަކީ އެކަމެއްގައި ޒިންމާތަކެއް އެކުލެވިގެންވާ ހައްގެކެވެ. އެ ޒިންމާއަކީ މުޅި މުޖްތަމައުގެ ކުރިއެރުވުމަށް މަސައްކަތް ކުރުމެވެ. މިނިވަންކަން މާނަކޮށް ބަޔާންކޮށްދޭ އެކައްޗަކީ މިނިވަން ކަމުގެ ރަމްޒު ކަމުގައިވާ ގައުމީ ދިދައެވެ.

ސައީދު ވިދާޅުވަނީ އެ ދިދަ މިނިވަންކަމާއެކު ވިހުރެނީ ދިދައިގެ ހަތަރު ފަރާތުންކުރެ އެއްފަރާތް ދިދަ ދަނޑީގައި ހިފެހެއްޓުމާއެކުގައި ކަމަށާއި، މިނިވަންކަމުގެ ހައްދު ކަނޑައެޅެނީ އަނެކާގެ މިނިވަންކަމާ ހަމައިން ކަމަށެވެ. އަނެކާގެ މިނިވަންކަން ފެށޭ ހިސާބުން އެމީހެއްގެ މިނިވަންކަން ނިމެން ޖެހެއެވެ.

މިނިވަންކަމުގެ ވާހަކަ ދައްކާއިރު ދިވެހިންނަށް މިނިވަންކަން ލިބުނު ގޮތާއި ރާއްޖެއަށް މިނިވަންކަން ހޯއްދަވައި ދެއްވުމަށް ބަޔަކު މިންނެތް ބުރަ މަސައްކަތްތަކެއް ކުރެއްވިކަން ހަނދާން ކުރަން ޖެހެއެވެ. ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދުމަށް ދިވެހި ސަރުކާރާއި ދިވެހިން އެތައް މަސައްކަތެއް ކުރިއެވެ. އެގޮތުން ރާއްޖެއަށް މިނިވަންކަން ލިބުނީ ބޮޑުވަޒީރު އިބްރާހިމް ނާސިރާއި އެމަނިކުފާނުގެ ޓީމުގެ ޙިކުމަތްތެރި ސިޔާސަތުތަކުގެ ސަބަބުންނެވެ.

އެމަނިކުފާނުގެ ޒުވާން ސިކުނޑި ބޭނުންކުރައްވައިގެން ރޭއްވެވި ޙިކުމަތްތެރި ރޭވުމާއެކު ދިވެހިންގެ ވިޔަފާރި މިނިވަން ކޮށްދެއްވިއެވެ. 1857 ވަނަ އަހަރުން ފެށިގެން ވޯރާ ވިޔަފާރިވެރިން، ދިވެހި ރާއްޖޭގެ ހުރިހައި ވިޔަފާރިއެއް އެމީހުންގެ އަތްދަށުލައި، ރާއްޖޭގެ އިޤުތިޞާދު ފުނޑުފުނޑު ކޮށްލާފައިވަނިކޮށް، ކެތްތެރިކަމާއި، ޙިކުމަތްތެރިކަމާއެކު، ދިވެހި ބިމުން އެމީހުން ބޭރުކޮށްލެއްވުމުގެ ބުރަ މަސައްކަތްޕުޅު ކުރެއްވިއެވެ.

ރައްޔިތުންގެ ފަރާތުން އެކަމުގައި ފުރިހަމަ އެއްބާރުލުމެއް ލިބިގެންދިޔައެވެ. އަންހެން ފިރިހެން ވަކިކުރުމެއްނެތި، ކުދިބޮޑު އެންމެން ތިބީ މިނިވަންކަމަށް ނުހަނު ބޭނުންވެފައެވެ. އިނގިރޭސިންގެ އަޅުވެތިކުރުމަށް ބޯނުލަނބާނެކަން ދިވެހިން ދިޔައީ އަމަލާއި ބަހުން ދައްކަމުންނެވެ. ނަތީޖާއަކަށް ވެގެންދިޔައީ ދިވެހިންނަށް 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު މިނިވަންކަން ލިބިގެންދިޔުމެވެ.

މިނިވަންކަމާއެކު ދިރިއުޅުމަށްޓަކައި، އަދި މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެކުވެރިވެ އެއްބައިވަންތަ ބައެއްގެ ގޮތުގައި ދިރިއުޅުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއްބަޔަކު އަނެއްބައެއްގެ ޚިޔާލާއި ޝުއޫރަށް އިހުތިރާމުކުރަންޖެއެވެ. ތިމާގެ ފަރާތުން ގައުމަށް ދެރައެއް ނުދިނުމަށް އަޒުމް ކަނޑައަޅައި، އަމިއްލަ މަސްލަހަތުގެ ކުރިއަށް އަބަދުވެސް ގައުމު އިސްކުރަން ދަސްކުރުމަކީ މުހިއްމު ކަމެކެވެ. ކޮންމެ މީހަކަށްވުރެ ވެސް ގައުމު ބޮޑުވާނެއެވެ. އެކަން ގަބޫލު ވެސް ކުރަންޖެހެއެވެ. އަދި މިނިވަންކަމުގެ އަގުވަޒަން ކޮށް މިނިވަންކަން ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވި ބަޠަލު ސުމުއްވުލް އަމީރު އިބުރާހީމް ނާސިރުގެ އިތުރުން ގައުމީ އެންމެހާ ބަޠަލުންގެ އަގުވަޒަންކުރަން ޖެހެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓުން އަށް އިންތިޚާބުގައި ވާދަކުރެވުން: ގާނޫނުއަސާސީއާ ހިލާފެއް ނޫން!

ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓުން އަށް އިންތިޚާބުގައި ވާދަކުރެވުން: ގާނޫނުއަސާސީއާ ހިލާފެއް ނޫން!

12 ފެބުރުއަރީ 2019
ގާނޫނު އަސާސީ: ރައްޔިތުން ނުކިޔާ ފޮތް!

ގާނޫނު އަސާސީ: ރައްޔިތުން ނުކިޔާ ފޮތް!

21 މާރިޗު 2018
ގާނޫނު އަސާސީ ބަދަލުކުރިޔަސް، އިލާހީ ގާނޫނަށް ބަދަލެއް ނުގެނެވޭނެއެވެ.

ގާނޫނު އަސާސީ ބަދަލުކުރިޔަސް، އިލާހީ ގާނޫނަށް ބަދަލެއް ނުގެނެވޭނެއެވެ.

13 މާރިޗު 2018
ފިސާރި ކަނބަލުންގެ ސާބަސް ޤާނޫނުއަސާސީގެ ދިފާޢުގައި ނުކުތް އަންހެން ވަކީލުންނަށް!

ފިސާރި ކަނބަލުންގެ ސާބަސް ޤާނޫނުއަސާސީގެ ދިފާޢުގައި ނުކުތް އަންހެން ވަކީލުންނަށް!

24 ފެބުރުއަރީ 2018
އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

04 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު