Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މާމިގިލި ޖަލްސާ

ރީނދުލާއި، ރަތާއި، ފެއްސާއި، ފިޔާތޮށިން މާމިގިލި ނަލަކޮށް، ބޮޑު ޖަލްސާއަކަށް ތައްޔާރުވެފައި!

ހަތަރު ޕާޓީގެ ސަޕޯޓަރުން މަސައްކަތް ކުރަމުންދަނީ އެއް ވިސްނުމެއްގައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2018 | ބުރާސްފަތި 06:06
ހަތަރު ޕާޓީގެ ކުލަތަކުން މާމިގިލި ޒީނަތްތެރިކުރުމުގައި ސަޕޯޓަރުން އަވަދިނެތި

ހަތަރު ޕާޓީގެ ކުލަތަކުން މާމިގިލި ޒީނަތްތެރިކުރުމުގައި ސަޕޯޓަރުން އަވަދިނެތި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އުފަން ރަށުގައި ގުޅިފައިވާ ޕާޓީތަކުން މިރޭ ޖަލްސާއެއް ބާއްވަން ތައްޔާރުވަމުންދާއިރު، ރަށް މިވަނީ ހަތަރު ކުލައިން ޒީނަތްތެރިކޮށްފަ އެވެ. ރީނދުލާއި، ރަތާއި، ފެއްސާއި، ފިޔާތޮށި ފޮތިން ރަށް ޒީނަތްތެރި ކުރުމުގައި ހަތަރު ޕާޓީގެ ސަޕޯޓަރުން ގުޅިގެން މަސައްކަތް ކުރަމުންދަނީ ވަރަށް ފޯރީގަ އެވެ، ވަކި ކުލައެއް ގިނަކޮށް، ވަކި ކުލައެއް މަދު ކުރުމެއް ނެތެވެ. މިރަށުން ފެނިގެންދަނީ އެއް ވިސްނުމަކުން އެންމެން ގުޅުވާލާފައިވާ މަންޒަރެވެ.

އެމްޑީޕީގެ ސަޕޯޓަރުން ބުނަމުންދަނީ، އެމީހުން އަމާޒަކީ ރައީސް މުހައްމަދު ނަޝީދު މިނިވަންކޮށް، މިހާރު މިއޮތް ސަރުކާރުގެ ބޭއިންސާފުން ސަލާމަތްވުން ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ސަޕޯޓަރުން ބުނަމުންދަނީ، މިރަށަށް އުފަން، މިރަށުގެ ތަރައްގީގެ ބާނީ އަށް އިއްވި ބޭއިންސާފު ހުކުމުން ސަލާމަތްކޮށްދިނުމަކީ އެމީހުންގެ ބޭނުން ކަމަށެވެ. އަދާލަތު ޕާޓީގެ ސަޕޯޓަރުން ބުނަމުންދަނީ، ޝެއިޚް އިމްރާން އަބްދުﷲ ދެއްކެވި ވާހަކައަކަށް ބިނާކޮށް ބޮޑު ހުކުމެއް އިއްވައިގެން، ދެމުންދާ އަނިޔާތަކުން ސަލާމަތްކޮށްދިނުމަކީ އެމީހުންގެ ބޭނުން ކަމަށެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރާ ޕީޕީއެމްގެ ސަޕޯޓަރުން ބުނަމުންދަނީ، ރައީސް މައުމޫނާއި އެމަނިކުފާނުގެ ބޭފުޅުންނަށް ދެމުންދާ އަނިޔާތަކުން ސަލާމަތްކޮށްދިނުމަކީ އެމީޙުން އަމާޒު ކަމަށެވެ.

މި ހުރިހާ ޕާޓީތަކުގެ ސަޕޯޓަރުން ވެސް ހޯދަން މަސައްކަތް ކުރަނީ އިންސާފެވެ. އެމީހުންގެ ބޭނުމަކީ ކޮރަޕްޝަނާއި ފަސާދައިން ފޯވެފައިވާ ސަރުކާރުގެ ކިބައިން ސަލާމަތްވުމެވެ. ހަމަހަމަކަމާއި އަދުލުވެރިކަން ގައުމުގައި ގާއިމުކުރުމެވެ. ރަތްދައްކާ އަވީގައި މި މަސައްކަތް ކުރަނީ، ކުރެވޭ އުންމީދެއްގެ ބޮޑުކަމުން ކަމަށް މި މީހުން ބުނެ އެވެ. އެއީ ގައުމާއި މެދު އެމީހުން ކުރާ އުންމީދެވެ. ގައުމު ހަމަ މަގަށް އެޅުވުމަށް ދެކޭ ހުވަފެނެވެ.

ޕާޓީތަކުގެ ދިދަތަކުން މާމިގިލި ޒީނަތްތެރިކޮށްފަ

މިރޭ 9:00 ގައި ޖަލްސާ ބާއްވާއިރު، އދ. އަތޮޅާއި، އއ. އަތޮޅާއި ފ. އަތޮޅުން ގިނަ އަދަދެއްގެ މީހުން މި ރަށަށް އައުމަށް ދަނީ ތައްޔާރުވަމުންނެވެ. އޮޑި ދޯނި ފަހަރުތައް ވެސް ހަތަރު ޕާޓީގެ ކުލަތަކުން ޒީނަތްތެރިކުރަމުންދާއިރު، މި މަސައްކަތުގައި، ނުލާހިކު ފޯރީގައި އުޅޭ މީހުން ބުނަނީ ތާއީދު އޮތީ ކޮންބަޔަކަށްތޯ މި ފަހަރު ދައްކާލާނެ ކަމަށެވެ. އދ. އަތޮޅުން ސަރުކާރަށް ތާއީދު ނެތްކަން މިފަހަރު ދެއްކުމަކީ އެމީހުންގެ އަމާޒެވެ.

މިއީ އިދިކޮޅު ޕާޓީތަކުން މިއަހަރު ބާއްވާ ފުރަތަމަ ޖަލްސާއަށްވާއިރު، މި ޖަލްސާ ވަރަށް ބޮޑަށް ތަފާތުވާނެ ކަމަށް ޕާޓީތަކުން ދަނީ ބުނަމުންނެވެ. މިރޭގެ ޖަލްސާގައި "ވާހަކަ ދައްކާނީ އަދަދުން" ކަމަށް އިސް ފަރާތްތަކުން ބުނެ އެވެ. ޕާޓީތަކުން ސިފަކުރާ ގޮތުގައި މިއީ ރިޔާސީ އިންތިހާބުގެ ތައްޔާރީތަކުގެ ފެށުމެވެ. ޖަލްސާ އަށް ވަޑައިގަންނަވާ ބޭފުޅުންގެ އަދަދަށް ބަލާލުމުން ވެސް މި ޖަލްސާގެ މުހިންމުކަން ހާމަވެއެވެ. އިދިކޮޅު ޕާޓީތަކުގެ ހުރިހާ އިސްބޭފުޅުން ކަހަލަ ގޮތަކަށް، ފްލައިޓަކަށް ފަހު ފްލައިޓަކުން މި ރަށަށް ދަނީ އަންނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު