Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީ އަކީ ދުލާއި ގަލަމުގެ މިނިވަންކަން ދިނުން

ރައީސް ޔާމީންގެ ސަރުކާރުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ބޮޑެތި ހުރަސްތަކެއް އެޅި

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2019 | އާދީއްތަ 15:10
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނިމިދިޔަ ސަރުކާރަކީ، އާދެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަކީ، ރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އެންމެ ބޮޑަށް ހިފެހެއްޓިގެން ދިޔަ އަހަރު ކަމާއި މެދު ޝައްކެއްވެސް ނެތެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ ދައުރުގައި، ފެހި ޤާނޫނުއަސާސީން އެންމެހާ ދިވެހި ރައްޔިތުންނަށް ލިބިގެން ދިޔަ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު އޮތީ ކަސްތޮޅު އެޅުވި ހިފެހެއްޓިފައެވެ. ނޫސްވެރިކަމަށް އެކަނި ބަލާލިޔަސް، ފެނިގެން ދިޔައީ ބިރުވެރި މާހައުލެއް އުފައްދާ، އެ ފަރާތްތަކުގެ ދުލާއި ގަލަމުގެ މިނިވަންކަން ނިގުޅައިގަތުމަށް ކެނޑިނޭޅި މަސައްކަތް ކުރި މަންޒަރެވެ.

މި ރާއްޖެޓީވީއަށް ކުރިމަތިކުރުވި ކަންކަމަށް ބަލާއިރު، ރައީސް ޔާމީނުގެ ދައުރުގައި ބްރޯޑްކާސްޓިންގ ކޮމިޝަން މެދުވެރިކޮށް، ޖުމްލަ ތިން މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފައިވެއެވެ. ތަކުރާރުކޮށް މިތަނުގައި މަސައްކަތްކުރި ނޫސްވެރިންނާއި މިތަނުގެ މުވައްޒަފުންނަށް އެކި ގޮތް ގޮތުން ބިރު ދައްކަމުން ދިޔައެވެ. އަދި އެ ބިރުވެރިކަމުގެ ތެރޭގައި 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެޓީވީން ވަނީ ދެ ދުވަހަށް ބްރޯޑްކާސްޓްކުރުން މެދު ކަނޑާލާފައެވެ.

މިކަމަށް ބާރުދޭ އިތުރު ކަންކަމަށް ބަލާލާއިރު، ރާއްޖޭގެ އެންމެ ދުވަސްވީ އެއް ނޫސް ކަމުގައިވާ "ހަވީރު" ނޫހަށާއި އެ ނޫހުގައި މަސައްކަތް ކުރަމުންދިޔަ ނޫސްވެރިންނަށް ކުރިމަތި ކުރުވި ހާލަތަށް ބަލާލުން ރަނގަޅުކަމަށް އަޅުގަނޑު ދެކެމެވެ. އެ ނޫސް ވުޖޫދަށް ގެނައުމުގައި މަސައްކަތް ކުރެއްވި ބައެއް ފަރާތްތަކުގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުމެއްގައި ފެނިގެން ދިޔައީ، ކޯޓު އަމުރެއްގެ ދަށުން އެ ނޫސްވެރިންގެ މިނިވަންކަން ނިގުޅައިގަންނަން މަސައްކަތް ކުރި މަންޒަރެވެ.

އޭގެ އިތުރުން އަބުރުގެ ޤާނޫނެއް ފާސްކޮށް، އަބުރަށް އަރައިގަތުމަކީ ނޫސްވެރިކަން ކަފުންކުރުމަށް ރައީސް ޔާމީން އިސްވެ ހުންނަވައިގެން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ކުރެއްވި މަސައްކަތެކެވެ. އޭރުގެ ހާލަތު އޮތީ، ސޯޝަލް މީޑިއާގައި ފާޅުކުރާ ޚިޔާލަކުންވެސް މީހަކު ޖަލަށްދާން ޖެހޭ ހިސާބުގައެވެ. އަދި އެއްވެ އުޅުމުގެ މިނިވަންކަމަށް އެޅިގެން ދިޔަ ހުރަސްތަކާއި އެކު، މުޒާހަރާ ކުރުން އޮތީ މުޅިންހެން މަޑު ޖެހިފައެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ފެއްޓެވި އެއް މަސައްކަތަކީ އެ ޤާނޫނު އުވާލުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ ތެރެއިން ފެނިގެން ދިޔައީ އެ ޤާނޫނު އުވާލެވި، ދިވެހިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ލިބިގެން ދިޔަ މަންޒަރެވެ. ގާނޫނުއަސާސީއާ ތައާރުޒު ނުވާގޮތަށް އެ ބަޔަކު ބޭނުންވާ އެއްޗެކޭ ބުނުމަށް މަގު ކޮށައިދިނީ އެ ޤާނޫނު އުވާލުމާއި އެކުގައެވެ. މިކަމުގެ ސަބަބުން ހަމަ ގައިމުވެސް ދިވެހިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ކަށަވަރުވެއްޖެއެވެ.

މިއަދު އެއްވެސް ބިރެއް ނެތި ސަރުކާރާއި ދެކޮޅަށްވެސް ހިތުހުރިހާ އެއްޗެއް އިދިކޮޅުގައި ތިބި މީހުންނަށް ގޮވެއެވެ. އާންމުންވެސް ހިތްހަމަ ނުޖެހޭނަމަ، ބިރަކާނުލާ އެ ޚިޔާލުތަކާއި ޝުއޫރުތައް ފާޅުކުރެވެއެވެ. މި ސަރުކާރަށް އަހަރެއް ފުރިގެންދާއިރު، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ލިބިގެން ދިއުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

14 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް

އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް

03 ފެބުރުއަރީ 2017
ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!

ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު