Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއަދުރޭގެ އަގު ބޮޑު ފްލެޓްތަކުގެ މައްސަލަ

ފްލެޓާ ގުޅޭގޮތުން އަދުރޭ އޭސީސީއަށް ދެއްވީ ދޮގު މައުލޫމާތު، ފަޅާއެރީ ވާރުތަ މުދަލުގެ މައްސަލައެއްގެ ތެރެއިން!

އޭރު އޭސީސީން ވަނީ މައުލޫމާތުތައް ކަށަވަރު ކުރުމެއް ނެތި މައްސަލަ ފައިލްކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ސެޕްޓެމްބަރު 2020 | ބުރާސްފަތި 06:46
ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) "ރެހެންދި-6" ފްލެޓްތަކުން އަގު ބޮޑު ދެ ފްލެޓެއް ގަތް މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދޮގު މައުލޫމާތު ދެއްވިކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.

"ރެހެންދި-6" އިން އަބްދުއްރަހީމް، އަގުބޮޑު ދެ ފްލެޓް ގަތްކަމަށް ބުނެ، އޭސީސީއަށް 8 ފެބްރުއަރީ 2018 ގައި މައްސަލައެއް ހުށަހެޅުނުކަން އޭސީސީން ވަނީ ހާމަ ކޮށްފައެވެ. އަދި އަބްދުއްރަހީމް އަގުބޮޑުކޮށް ދެ ފްލެޓެއް ގަތް މައްސަލައިގައި ކޮރަޕްޝަނުގެ އަމަލެއް ނުހިމެނޭ ކަމަށް 9 ޖުލައި 2018 ގައި އޭސީސީން ނިންމައި, އެ މައްސަލަ އޭރު ފައިލް ކޮށްފައިވާކަމަށް އޭސީސީން ދާދި ފަހުން ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުގައި މި މައްސަލަ އޭރު އޭސީސީގައި ފައިލް ކޮށްފައިވަނީ އަބްދުއްރަޙީމް ދެއްވި ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށެވެ. އެގޮތުން އެ މައްސަލައިގެ ތަހުޤީޤު އޭރު އޭސީސީގައި ކުރިއަށް ދަނިކޮށް އަބްރުއްރަޙީމް ވަނީ އެ އެޕާރޓްމަންޓް ބައްލަވައިގަތީ މ.ވިލާދަށުގޭ އަލްމަރުޙޫމް މުޙައްމަދު މަނިކު (ބިސްމަނިކު) ދެއްވި ދީލަތި ލޯނަކަށް ކަމަށް ވިދާޅުވެ އޭސީސީއަށް ސިޓީއެއް ފޮނުވާފައެވެ. އަދި އޭރު އޭސީސީން ވަނީ މި މައުލޫމާތުތައް ކަށަވަރު ކުރުމެއް ނެތި އެ މައްސަލައިގައި ކޮރަޕްޝަން ނެތް ކަމަށް ނިންމައި މައްސަލަ ފައިލް ކޮށްފައެވެ.

މި މައްސަލައިގައި އެގޮތަށް ސިޓީ ހުށައެޅުމަށް އަބްދުއްރަޙީމަށް ލަފާ ދެއްވާފައިވަނީ އޭސީސީގެ އޭރުގެ މެމްބަރުންކަމަށްވެސް ތުހުމަތުތަކެއް ކުރެވެއެވެ.

ދައުލަތުގެ ތަޙުޤީޤީ އިދާރާއަކަށް ދޮގު މައުލޫމާތު ދެއްވިކަން އެންމެ ފަހުން ފަޅަ އަރާފައިވަނީ މުޙައްމަދު މަނިކު ނިޔާވެ، އޭނާގެ ވާރުތަމުދާ ބެހުމުގެ މައްސަލައެއް ފެމިލީ ކޯޓުގައި ކުރިއަށްދަނިކޮށެވެ. އެގޮތުން ވާރުތަމުދާ ބެހުމަށް ވާރިސުން ކޯޓަށް ހުށައަޅާފައިވާ އޮޑިޓަރުންގެ ރިޕޯޓުތަކުގައި މުޙައްމަދު މަނިކުގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކުން ނުވަތަ އަމިއްލަ އެކައުންޓަކުންވެސް އަބްދުއްރަޙީމަށް ލޯނެއްގެ ގޮތުގައި އެއްވެސް ފައިސާއެއް ދީފައިވާކަން އެނގެން ނެތްކަން ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެހެން ނަމަވެސް، މުޙައްމަދު މަނިކު އަތުން ލޯނެއްގެ ގޮތުގައި 9 މިލިއަން ރުފިޔާ ލިބުނުކަމަށް އަބްދުއްރަޙީމް ސޮއި ކުރައްވާފައިވާ ލިއުމެއް އޮތުމުން، އެ ފައިސާ ހޯދަން އޭނާގެ ވާރިސުންވެސް ބޭނުންވެއެވެ. އަދި ކޯޓުންވެސް ވަނީ މުޙައްމަދު މަނިކުގެ ބައެއް ދަރަނިތައް އަދާ ކުރުމަށް، އެ ފައިސާ އަނބުރާ ހޯދުމަށް ވާރިސުންނަށް ލަފާ ދީފައެވެ.

އޭސީސީން އަލުން މި މައްސަލަ ބަލަން ފަށާފައިވާއިރު، އެފްޑަބްލިއު ކޮންސްޓްރަކްޝަނުން މާލޭގައި އިމާރާތް ކުރި "ރެހެންދި-6" އިން އަބްދުއްރަހީމާއި އޭނާގެ އަނބިކަނބަލުން ދިޔާނާ ހުސައިން ފްލެޓް ބައްލަވައިގަނެފައި ވަނީ ފްލެޓެއް 4.5 މިލިއަން ރުފިޔާ އަށެވެ. އެ ދެ ފްލެޓްގެ ޖުމްލަ އަގު 9 މިލިއަން ރުފިޔާއަށް އަރާއިރު އެއީ ފެންވަރު ރަނގަޅު ފްލެޓްތަކެކެވެ.

އަބްދުއްރަހީމްގެ ދެ ކަނބަލުން ފްލެޓް ބައްލަވައިގަތުމަށް ދައްކަންޖެހޭ ފައިސާ ހަލާސްކޮށްފައި ވާތީ، އެ ދެ ފަރާތަށް ފްލެޓް ރެޖިސްޓްރީ ބަދަލުކޮށް ދިނުމަށް ފޮނުވާފައިވާ ސިޓީ ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ.

މިފަދައިން ދައުލަތުގެ ތަޙުޤީޤީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމަކީ ޤާނޫނު ނަންބަރު: 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 521 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކުށެކެވެ.

އިތުރަށް ކިޔާލަން

14 ސެޕްޓެމްބަރު 2020

އަދުރޭގެ އާއިލާއަށް ފުޑްކޯޓުގެ ސްޓޯލެއް ދިނުމަށް މުއިއްޒުގެ ހީލަތްތެރި ރޭވުމެއް ފަޅާއަރައިފި

14 ސެޕްޓެމްބަރު 2020
އަދުރޭގެ އާއިލާއަށް ފުޑްކޯޓުގެ ސްޓޯލެއް ދިނުމަށް މުއިއްޒުގެ ހީލަތްތެރި ރޭވުމެއް ފަޅާއަރައިފި
03 ސެޕްޓެމްބަރު 2020

އަދުރޭ އެވެ. ކުޅުދުއްފުށި އެއާޕޯޓް ހުޅުވީ ތާރުފަށަލައެއް ދަމާލައިގެން ނޫންތޯ އެވެ!

03 ސެޕްޓެމްބަރު 2020
އަދުރޭ އެވެ. ކުޅުދުއްފުށި އެއާޕޯޓް ހުޅުވީ ތާރުފަށަލައެއް ދަމާލައިގެން ނޫންތޯ އެވެ!
02 ސެޕްޓެމްބަރު 2020

ޕްރީސުކޫލެއް ފުޅާކުރަން ގްރޭޓަރ މާލޭ ކުންފުނިން އަދުރޭ އަށް ގިނަ ފައިސާތަކެއް!

02 ސެޕްޓެމްބަރު 2020
ޕްރީސުކޫލެއް ފުޅާކުރަން ގްރޭޓަރ މާލޭ ކުންފުނިން އަދުރޭ އަށް ގިނަ ފައިސާތަކެއް!
28 މާރިޗު 2020

ރަނގަޅަށް ކަމެއް ކޮށްފިނަމަ "އަދުރޭ" ގޯސްކޮށް ކަމެއް ހިނގަފިނަމަ އެއީ ސަރުކާރު!

28 މާރިޗު 2020
ރަނގަޅަށް ކަމެއް ކޮށްފިނަމަ "އަދުރޭ" ގޯސްކޮށް ކަމެއް ހިނގަފިނަމަ އެއީ ސަރުކާރު!
13 ފެބުރުއަރީ 2020

އަދުރޭ އެވެ. މާލެ ސިޓީ "މުއިއްޒުވާން" ދޫކޮށްލަން ހެޔޮވާނެތޯ!

13 ފެބުރުއަރީ 2020
އަދުރޭ އެވެ. މާލެ ސިޓީ "މުއިއްޒުވާން" ދޫކޮށްލަން ހެޔޮވާނެތޯ!
27 ޖެނުއަރީ 2020

ކޮމިކަލް އަލީއަށް ވުރެން، ދޮގުހެދުމާއި އޮޅުވާލުމުގައި އަދުރޭ އުޅެނީ މާކުރީގައި!

27 ޖެނުއަރީ 2020
ކޮމިކަލް އަލީއަށް ވުރެން، ދޮގުހެދުމާއި އޮޅުވާލުމުގައި އަދުރޭ އުޅެނީ މާކުރީގައި!
17 ސެޕްޓެމްބަރު 2019

އޭސީސީއަށް އަލަށް އައްޔަންކުރެއްވި މެމްބަރުންގެ ފަރާތުން ރަނގަޅު ބަދަލުތަކެއް ފެންނަން ޖެހޭ!

17 ސެޕްޓެމްބަރު 2019
އޭސީސީއަށް އަލަށް އައްޔަންކުރެއްވި މެމްބަރުންގެ ފަރާތުން ރަނގަޅު ބަދަލުތަކެއް ފެންނަން ޖެހޭ!
15 ފެބުރުއަރީ 2019

އޭސީސީއަށް ޖަވާބު ނުދެވުނު ސުވާލު: ޚިޔާނާތުގެ ފައިސާއަށް ދެންވީ ކިހިނެތް؟

15 ފެބުރުއަރީ 2019
އޭސީސީއަށް ޖަވާބު ނުދެވުނު ސުވާލު: ޚިޔާނާތުގެ ފައިސާއަށް ދެންވީ ކިހިނެތް؟
27 ޖުލައި 2018

ރައީސް ސަމާލުކަން ދެއްވީ ހިތާބަކަށް ނޫން، ޗުއިންގަމް ކޮޅަކާއި ސްޕީކަރަކަށް!

27 ޖުލައި 2018
ރައީސް ސަމާލުކަން ދެއްވީ ހިތާބަކަށް ނޫން، ޗުއިންގަމް ކޮޅަކާއި ސްޕީކަރަކަށް!
16 ޖޫން 2017

"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

16 ޖޫން 2017
"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު