Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

އަބްދުﷲ ރިޔާޒް ހެއްދެވީ ދޮގު! މާލެ ވަޑައިގަތީކީ އެޗްޕީއޭގެ ހުއްދައާއި ނުލައި!

ހުއްދައަށް އެދި ތިބި އަދި ހުއްދަ ނުލިބިފައިވާ އެތައް ރައްޔިތުންނެއް އެބަތިބި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 29 އެޕްރީލު 2020 | ބުދަ 00:13
މެމްބަރު ރިޔާޒް މާލެ ވަޑައިގަންނަވަމުން ޓްވިޓަރގައި ހިއްސާކުރެއްވި ފޮޓޯ

މެމްބަރު ރިޔާޒް މާލެ ވަޑައިގަންނަވަމުން ޓްވިޓަރގައި ހިއްސާކުރެއްވި ފޮޓޯ

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، މި ހިނގާ އޭޕްރީލް މަހުގެ 15 ދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފަ އެވެ. ލޮކްޑައުންގެ މުއްދަތުގައި މާލެ ސަރަހައްދަށް އަރާ ފޭބުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، ހާއްސަ ހުއްދައެއް ލިބިގެން ނޫނީ މުދާ އުފުލާ ބޭލުންވެސް އޮތީ މަނާކޮށްފަ އެވެ.

އެތަށް ބޭނުމެއްގައި މާލެ އައި ފަރާތްތައް މާލެއިން ނުފުރި މަގުމަތިވެފައިވާއިރު، އެތަށް ބަޔަކު ތިބީ ހަނދާނެގޮތް ހުސްވެފަ އެވެ. އަނެއް ބަޔަކު ރަށްރަށަށް ދިއުމަށްފަހު، ތިބީ އެނބުރި މާލެ އާދެވޭނެ ގޮތެއް ނެތިފަ އެވެ. އެތަށް ބަޔަކު ހާލުގައި ދިރިއުޅެމުންދަނިކޮށް ކުއްލިގޮތަކަށް، ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވަނީ މާލެ ވަޑައިގެންނެވިކަން ކުރެއްވި ޓުވީޓަކުން ހާމަކުރައްވާފަ އެވެ.

ރިޔާޒް ވިދާޅުވިގޮތުގައި މާލެ ވަޑައިގެންނެވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އަދި ފުލުހުންގެ ހުއްދަ ލިއުމުން ލިބިގެންނެވެ. އެއާއިއެކު ބޮޑު ސުވާލަކަށްވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވަނިކޮށް ރިޔާޒަށް ހާއްސަ ހުއްދައެއް ލިބިވަޑައިގެންނެވީ ކިހިނެއްތޯ އެވެ.

އެކަމުގައި ކަންބޮޑުވުން ފާޅުކުރެއްވި ބައެއް ރައްޔިތުން ވަނީ ރިޔާޒް ހާއްސަ ހުއްދައެއް ލިބިވަޑައިގެންނެވީ ރިޔާޒަކީ މަޖިލިސް މެމްބަރަކަށްވުމުންކަމަށް ބުނެފަ އެވެ. ނަމަވެސް ރާއްޖެ.އެމްވީ އާއި މައުލޫމާތު ހިއްސާކުރި ބައެއް މެމްބަރުން ވިދާޅުވިގޮތުގައި އެ ބޭފުޅުންވެސް ތިއްބެވި މާލެއަށް ނާދެވި ރަށުގައި ތާށިވެފަ އެވެ. އެގޮތުން، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޢުނީވެސް ހުންނެވީ ހުއްދަ ލިބިވަޑައިނުގެންނެވުމުގެ ސަބަބުން މާލެއަށް ނާދެވިފަ އެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން މެމްބަރު މުޢުނީ ވިދާޅުވީ، އަބްދުﷲ ރިޔާޒަށް މާލެއަށް އާދެވުމާއެކު ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތައް ގުޅުއްވިކަމަށާއި ރިޔާޒް މާލެ ވަޑައިގަތީ އެޗްޕީއޭގެ ހުއްދައަކާ ނުލައިކަމަށް އެ ފަރާތުން ވިދާޅުވިކަމަށެވެ. އަދި މާލެއަށް އަންނަން ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު އެއްވެސް ހުއްދައެއްދީފައިނުވާނެކަމަށް ވިދާޅުވިކަމަށް މުޢުނީ ވިދާޅުވި އެވެ.

އެއްރަށުން އަނެއް ރަށަށް ދިއުންވެސް މަނާކޮށްފައިވާ މި ދަނޑިވަޅުގައި ނާދެވި ރަށުގައި ހުންނެވި މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާންވެސް ވަނީ މާލެ އައުމަށް ހުއްދައަށް އެޗްޕީއޭއަށް ރިކުއެސްޓް ފޮނުވާފައެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މެމްބަރު ހުސައިން ފިރުޝާންވެސް ވިދާޅުވީ، ދެ ފަހަރަށް ރިކުއެސްޓް ފޮނުވުމުންވެސް އެޗްޕީއޭއިން ކުރީ ރިޖެކްޓްކަމަށެވެ.

އިތުބާރު ހުރި އެތައް މަސްދަރުތަކުން ވަނީ މެމްބަރު ރިޔާޒް ހެއްދެވީ އިތުރުފުޅެއްކަމަށާއި އެބޭފުޅާ ވަޑައިގަތީ ހަމައެކަނި ފުލުހުން ހުއްދަހޯދައިގެންކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް ސުވާލަކީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާފައިިވާ އެންގުމެއް ބަދަލުކުރުމުގެ ބާރު ފުލުހުންނަށް ލިބިދީފައިވޭތޯ އެވެ. އެފަދަ އެންގުމެއް ފުލުހުންގެ އިންޓަރނަލް މެމޯއަކުން ބަދަލުކުރެވިދާނެތޯ އެވެ.

ނޫސްވެރިން ކުރިމަތިކުރުވި ސުވާލުތަކަށް، ޖަވާބުދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (އޭސީޕީ) އިސްމާއިލް ނަވީން ވަނީ ފުލުހުންނަށް އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެޗްޕީއޭއިން ފޮނުވާފައިވާ ސިޓީގައިވާގޮތުން އެ ހުއްދަ ވަކި ފަރާތަކަށް ދެވިދާނެ މޭރުމަކުން ވާހަކަދައްކަވާފަ އެވެ. އަދި ދެ ވަނަ ސިޓީއެއް 26 ވަނަ ދުވަހުގެތޭވެސް އެޗްޕީއޭއިން ފޮނުވިކަމަށް ނަވީން ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި 26 ވަނަ ދުވަހުގެރޭ 2 ވަނަ ސިޓީއެއް ފޮނުވީ ހާލަތު ބަދަލުވުމުންނެވެ.

ސުވާލަކީ، މާލެ ސަރަހައްދުގެ ހާލަތަށް އައި ކޮން ބަދަލެއްތޯ އެވެ. އެޗްޕީއޭއިން މީޑިއާތަކަށް ހިއްސާކުރާ މައުލޫމާތުގައިވާގޮތުން މާލެ ސަރަހައްދުގެ ހާލަތު އިތުރަށް އައި ގޯސްވަމުންނެވެ. ފެންނަ ކޭސްތަކުގެ އަދަދު އިތުރުވެ، ކޮމިނިއުނިޓީ ސްޕްރެޑް އުޅޭ މިންވަރު ދަނެގަތުމަށް ހާއްސަ ޓެސްޓުތަކެއްވެސް ހަދަން ފެށި އެވެ.

ހާލަތު އެގޮތަށް ގޯސްވަމުންދަނިކޮށް، ފުލުހުންނަށް ހާލަތު ބަދަލުވިކަމަށް އަންގާ ސިޓީއެއް ފޮނުވިކަމަށް ނަވީން ވިދާޅުވުމުން އެ ވާހަކަތަށް ދެކޮޅެއް ނުޖެހެ އެވެ. އަދި ކޭސްތަކުގެ އަދަދު އިތުރުވަމުންދަނިކޮށް، މާލެ ސަރަހައްދަށް އައުމަށް ވަކި ފަރާތަކަށް ހުއްދަދިނުމުން އެ ވާހަކަތަށްވެސް ދެކޮޅެއް ނުޖެހެ އެވެ.

ތަކުރާރުކޮށް އަމާޒުވަމުން އައި ފާޑުކިޔުންތަކާއި ގުޅިގެން ނޫސްވެރިން ކުރިމަތިކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަވީން ފަހުން ވިދާޅުވެފައިވަނީ ފުލުހުން ހުއްދަ ދޫކުރުމުގައި ހާއްސަ އުސޫލަކަށް އަމަލުކުރާކަމަށެވެ. އެގޮތުން އެ ރަށަކީ މޮނިޓަރިންގގެ ހާލަތުގައިވާ ރަށެއްތޯ، އަދި އެ ފަރާތަކީ އެއްވެސް ފަރާތަކާއި ކޮންޓެކްޓްވެ، އެޗްޕީއޭގެ ލިސްޓުގައިވާ ފަރާތެއްތޯ ބަލައި، ހާއްސަ ބެލުންތަކެއް ބަލައި ހުއްދަ ދޫކުރާކަމަށް ނަވީން ވިދާޅުވި އެވެ. އަދި އެގޮތަށް ބައެއް ފަރާތްތަކަށް ހުއްދަ ދޫކުރެވިފައިވާކަމަށްވެސް ނަވީން ވިދާޅުވި އެވެ.

ނަވީން ވިދާޅުވިގޮތުގައި އެ ފަރާތެއް އަންނަނީ މޮނިޓަރިންގގެ ހާލަތަށް ގެނެވިފައިވާ ގެޔަކަށްނުވާކަމުގައިވާނަމަ ހުއްދަ ދޫކުރެއެވެ. އަދި އެކަމުގައި އެޗްޕީއޭ ވާހަކަތައްވެސް ދެކެވޭކަމަށް ނަވީން ވިދާޅުވި އެވެ.

ސުވާލަކީ އާންމުންނަށް ނޭނގި ފުލުހުންގެ ތެރެއިން އެފަދަ އުސޫލަކަށް އަމަލުކުރަން ފެށީ ކީއްވެތޯ އެވެ. އަދި އެ އުސޫލެއްގެ ވާހަކަ ކުއްލިއަކަށް ހާމަކުރެއްވުމުންވެސް އޭގައި ގިނަ ސުވާލުތަކެއް އުފެދެ އެވެ.

ރާއްޖެ.އެމްވީން އެއްކުރި މައުލޫމާތުތަކުން އެނގުނުގޮތުގައި ރިޔާޒަށް ހުއްދަދިނީ ފުލުހުންގެ ތެރެއިންނެވެ. އަދި އެކަމުގައި އެޗްޕީއޭއިން އެއްވެސް ދައުރެއް އަދައެއް ނުކުރެ އެވެ. ރިޔާޒަށް ހުއްދަދިންގޮތާއިމެދު އެޗްޕިއޭ އަދި ހެލްތުގެ ބައެއް ވެރިންގެ މެދުގައި ހިޔާލުތައް ތަފާތުވިކަން އެނގިފައިވެއެވެ. އެކަން އެޗްޕީއޭއަށް އެނގިފައިނުވާތީ ބައެއް ބޭފުޅުން ހިތްހަމަނުޖެހުންވެސް ފާޅުކުރައްވާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަށްތައް ފަޅުކޮށް، މާލެ ސަރަހައްދު ތޮއްޖެއްސުމަށް ރައީސް ޔާމީނަށް ވޯޓެއް!

ރަށްތައް ފަޅުކޮށް، މާލެ ސަރަހައްދު ތޮއްޖެއްސުމަށް ރައީސް ޔާމީނަށް ވޯޓެއް!

27 ޖުލައި 2018
ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

21 އެޕްރީލު 2018
އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

15 އެޕްރީލު 2018
ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ

ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ

17 އޮކްޓޯބަރު 2017
އަބްދުﷲ ރަޝީދުގެ މަރު: އިންސާނިއްޔަތުކަމާއި ރަހްމު ނެތް ބައެއްގެ ނަތީޖާ!

އަބްދުﷲ ރަޝީދުގެ މަރު: އިންސާނިއްޔަތުކަމާއި ރަހްމު ނެތް ބައެއްގެ ނަތީޖާ!

14 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު