Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އުތުރު ތިލަފަޅު މައްސަލަ

ޔޫޓީއެފް މައްސަލައިގައި އާންމުކޮށްފައިވާ އެއްބަސްވުމަކީ ދޮގުކަމަށްވާނަމަ، ޖިނާއީ ދަޢުވާކުރުމަށް ޤާނޫނު ހުއްދަކުރޭ!

ޤާނޫނުލްއުޤޫބާތުގެ 310 ވަނަ މާއްދާގައިވާ ގޮތުން، ޞައްޙަނޫން ލިޔުމަކަށް ނުވަތަ އެއްޗަކަށް ހަވާލާދިނުމަކީ ކުށެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 މާރިޗު 2021 | ހޮނިހިރު 17:35
އުތުރު ތިލަފަޅާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވި ލިޔުން

އުތުރު ތިލަފަޅާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވި ލިޔުން

އުތުރު ތިލަފަޅު ތަރައްޤީކުރަން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމުގެ ޑްރާފްޓް ކޮޕީއެއް ކަމަށްބުނެ އުމަރު ނަސީރު އާންމު ކުރައްވާފައިވާ ލިޔުންތަކަކީ ދޮގުކަމަށްވާނަމަ، އެލިޔުންތައް އާންމުކުރި ފަރާތްތަކާއި ދެކޮޅަށް ޖިނާއީ ދައުވާކުރުމަށް ޤާނޫނު ހުއްދަކުރެއެވެ.

ދާދިފަހުން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ އުތުރު ތިލަފަޅު މައްސަލައިގައި އިންޑިއާއާއި ރާއްޖެއާ ދެމެދު ވެވުނު ސިއްރު އެއްބަސްވުންކަމަށް ބުނާ އެއްބަސްވުމެއް އާންމުކޮށްފައެވެ. ނަމަވެސް އެކަން ޤައުމީ ދިފާއީ ބާރުންނާއި ސަރުކާރުން ދޮގުކުރެއެވެ. މިކަމާ ގުޅިގެން މަޝްހޫރު ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް ވަނީ އުތުރު ތިލަފަޅު ތަރައްޤީކުރަން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމުގެ ޑްރާފްޓް ކޮޕީއެއް ކަމަށް ބުނެ އުމަރު ނަސީރު އާންމުކޮށްފައިވާ ލިޔުންތަކަކީ ދޮގުކަމަށްވާނަމަ، އެލިޔުންތައް އާންމުކުރި ފަރާތްތަކާ ދެކޮޅަށް ޖިނާއީ ދައުވާކުރުމަށް ޤާނޫން ހުއްދަކުރާކަން ހާމަކުރައްވާފައެވެ.

ނިޝާން މިގޮތަށް ވިދާޅުވެފައިވަނީ ކުރައްވާފައިވާ ޓުވީޓެއްގައެވެ. މިފަދައިން ކަންކަން ކުރުން ކުށަކަށްވާ ސަބަބުތައްވެސް ނިޝާން ގެންނަވާފައިވެއެވެ.

ޤާނޫނުލްއުޤޫބާތުގެ 310 ވަނަ ބާބާއި 533 ގެ (ހ) (2) (ި) އާއި 615 (ހ) ގެ (6) ވަނަ ނަންބަރު ގެންނަވާފައިވެއެވެ. އަދި މިކުށުގެ ޤާނޫނީ ދަރަޖަތައްވެސް ހާމަކުރައްވާފައިވެއެވެ. އެގޮތުން މިއީ ޖިނާޔާތުގެ 5 ވަނަ ދަރަޖައާއި ޖުނަހުގެ 3 ވަނަ ދަރަޖައާއި ޖުނަހުގެ 1 ވަނަ ދަރަޖައަށް ފެތޭ ކުށްތަކެއް ކަމަށްވެސް ހާމަކުރައްވާފައިވެއެވެ.

ޤާނޫނުލްއުޤޫބާތުގެ 310 ވަނަ މާއްދާގައިވާ ގޮތުން، ޞައްޙަނޫން ލިޔުމަކަށް ނުވަތަ އެއްޗަކަށް ހަވާލާދިނުމާއި، ނުވަތަ އެފަދަ ލިޔުމެއް ނުވަތަ އެއްޗެއްގެ ތެދުކަން ދެއްކުމުގެ ގޮތުން ކަމެއް ތަކުރާރުކުރުން ނުވަތަ އެފަދަ ލިޔުމެއް ނުވަތަ އެއްޗެއްގައިވާ ކަމެއް ބަޔާންކުރުމާއި، އެއްޗަކީ ވަކި މީހަކު ހެދި އެއްޗެއްކަމުގައި، ނުވަތަ ވަކި އަސްލެއް އޮތް އެއްޗެއްކަމުގައި، ނުވަތަ ވަކި އަގެއް އޮތް އެއްޗެއްކަމުގައި، ނުވަތަ ވަކި ދުވަހެއްވީ އެއްޗެއްކަމުގައި، ސައްހަނޫން ގޮތުގައި، ދެއްކުމަށްޓަކައި، އެއްޗެއް ނުވަތަ ލިޔުމެއް އުފެއްދުމާއި، ނުވަތަ އެއްޗަކަށް ބަދަލު ގެނައުމަކީ ކުށެއްކަމަށް ކަނޑައަޅާފައިވެއެވެ.

އަދި އެމާއްދާގައި ބުނާ ގޮތުން،

1. އެހެން މީހެއްގެ ޢަމަލެއްކަމުގައި ޞައްޙަނޫން ގޮތުގައި ދެއްކުމަށް؛

2. ވަކި ތަނެއްގައި، ނުވަތަ ވަކި ވަގުތެއްގައި، ނުވަތަ ނަންބަރު ⁰ޖެހި ވަކި ތަރުތީބަކުން، ނުވަތަ ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއްކަމުގައި، ޞައްޙަނޫން ގޮތުގައި ދެއްކުމާއި،

3. އަސްލެއްގެ ކޮޕީކަމުގައި ޞައްޙަނޫން ގޮތުގައި، ދެއްކުން،

މިކަންކަމަކީ ލިޔުމެއް އުފެއްދުން، ނުވަތަ ފުރިހަމަކުރުން، ނުވަތަ ދޫކުރުން، ނުވަތަ ކަށަވަރުކޮށްދިނުން ނުވަތަ ދިނުން ނުވަތަ ނަކަލުކޮށްދިނުން ކުށްކަމަށް ކަނޑައަޅާފައިވާކަން ނިޝާން ފާހަގަކުރައްވާފައިވެއެވެ.

ގާނޫނުލް އުގޫބާތުގެ 533 ގެ (ހ) (2) (ި) ގައި ބަޔާންވެގެންވާ ގޮތުން، މާއްދީގޮތުން ހުރަސްތަކެއް ކުރިމަތިކުރުވައިގެން، ނުވަތަ ރަސްމީ ވާޖިބަކާއި ޚިލާފުވެގެން، ނުވަތަ އެނޫންވެސް ހުއްދަނޫން އަމަލެއްކޮށްގެން ހިންގާފައިވާކަމެއްކަމުގައިވުން ހިމެނެއެވެ.

ނިޝާންގެ ޓުވީޓްގައި ބަޔާންގެންވާ 615 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރަށް ބަލާއިރު، އާންމުތަނެއްގައި ހުރި އެއްވެސް މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، ޖާއިޒު މަޤްޞަދެއް ޙާޞިލު ނުވާނެ ޢަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނަފަދަ ޙާލަތެއް އުފެއްދުން ކުށެއްކަމަށް ބަޔާންވެގެންވެއެވެ.

މިޓުވީޓާއި ގުޅިގެން ރާއްޖެއެމްވީން ނިޝާންއާއި ސުވާލުކުރުމުން އެކަން ކުށްވެރިވަނީ 533 ގެ (ހ) (2) (ި) ވަނަ ނަންބަރުގައި ތިމާއަށް އެނގިހުރެ ޤާނޫންގެ ބާރުހިންގުމަށް ނުވަތަ ދައުލަތުގެ މަސައްކަތްކުރުމަށް، ހުރަސްއެޅުމާއި، އެކަމަށް ދަތިކުރުމާއި، އެކަމުގެ މަޤްޞަދު ޙާޞިލުވިޔަނުދިނުމަށް މަސައްކަތް ކުރުމަކީ މިމާއްދާގެ ދަށުން ކުއްވެރިކޮށްފައިވާ ކަމެއްކަމާއި، އެކަމަކީ ހުއްދަނޫން އަމަލެއްކަމުގައި ޤާނޫން ޤަބޫލުކުރާ ކަމަށް ދެކޭކަމަށް ވިދާޅުވެފައިއެވެ. އަދި މިގޮތަށް ކަން ކުރުމުގެ ސަބަބުން އުތުރު ތިލަފަޅު ތަރައްޤީކުރާ ކުރުންތަކަށް ހުއްޓުމެއް އައުމަކީ ވެދާނެ ކަމެއްކަމާއި އެކަމާއި، އާންމުންގެ ތެރޭގައިވެސް އެތައް ސުވާލެއް އޮތްކަމަށް ފާހަގަކުރެއްވިއެވެ.

މިކަމަކީ އެއްކުށަކުން ދޭވަހަވާ ތަފާތުކަންކަމަށް ދައުވާކުރުމުގެ ބާރު ޤާނޫނުލް އުޤޫބާތުގެ 94 މާއްދާއިން ދީފައިވާ ދިނުމުގެ ދަށުން އެތައް ތުހުމަތެއް ކުރެވިދާނެ ކަމެއްކަމަށާއި، އަދި ޖިނާއީ ގޮތުން ހިނގާ ކަންކަމުގައި މީގެކުރީން ދައުވާ އުފުލުމުގައި އެއްކުށްވުރެ ގިނަ ކުށްތަކަށް ދައުވާ އުފުލާފައިވާކަން ނިޝާން ފާހަގަކުރައްވާފައިވެއެވެ.

އުތުރު ތިލަފަޅު މައްސަލައިގައި ޑްރާފްޓު ކޮޕީއެއްކަމުގައި ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ މިދިޔަ ހޯމަދުވަހު ލިޔުންތަކެއް އާންމުކުރައްވާފައެވެ. އެ އެއްބަސްވުމުގައި ޤައުމީ ސަލާމަތަށް ނުރައްކާވާ އެތައްކަމެއް އެބަހުރިކަމަށް ބުނަމުން ދާއިރު، ދިވެހި ސިފައިންގެ ފަރާތުން މިދިޔަ އަންގާރަ ދުވަހު ނިއުސް ކޮންފަރެންސެއް ބާއްވައި އަސްކަރިއްޔާގެ ދިފާއުގައި ވާހަކަ ދައްކާފައިކަން ފާހަގަކުރަމެވެ.

އުތުރުތިލަފަޅުގައި ގާއިމުކުރާ ފެސިލިޓީއަކީ 100 އިންސައްތަ ދިވެހި ސަރުކާރުގެ ތަނެއްކަމަށާއި، މިތަނަށް އެއްވެސް ބަޔަކަށް އާދެވޭނީ ދިވެހި ސަރުކާރުގެ ހުއްދައާއެކު ކަމަށް އެމްއެންޑީފުން ވަނީ ބުނެފައެވެ. ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ މީސްމީޑިއާގައި ދައުރުވާ ލިޔުމަކީ ގައުމީ ދިފާއީ ބާރުން ގަބޫލުކުރާ ލިޔުމެއް ނޫން ކަމަށާއި، އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ލިޔުމެއް ނޫންކަމަށެވެ. އަދި މި އެގްރީމެންޓްގެ ޑްރާފްޓް މަރުހަލާގައި ވަރަށްގިނަ މަޝްވަރާތަކެއް ހުރިހާ ޖެނެރަލުންގެ މެދުގައި ކުރެއްވިކަން ވެސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ސޮއިކުރެވިފައި އޮތް އެގްރިމެންޓްގައި ހަތިޔާރު އަޅައިގެން ތިބި ބަޔަކު ތިބޭ ވާހަކައެއް ނޯންނާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމުގައި ވިދާޅުވިއެވެ.

އެއްވެސް ހަގީގަތެއް ނެތް ލިޔުމެއް ބޭނުން ކޮށްގެން ރާއްޖޭގެ ސަލާމަތާއި، ގައުމީ ދިފާއީ ބާރާ ގުޅޭގޮތުން ފަތުރަމުން އަންނަ ވާހަކަތައް ހުއްޓާލުމަށް އެދޭ ކަމަށް ޝަމާލް ވިދާޅުވިއެވެ. އަދި މިކަންކަން ނުހުއްޓިއްޖެ ނަމަ ދެން ކަންކަން ކުރެވޭނެ ގޮޮތްތައް ވެސް ބަލަމުންދާ ކަމަށާއި، އެގޮތަށް ލިޔުންތައް ޝާއިއުކުރާ ނަމަ އެކަން ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ، 2013 އިން ފެށިގެން އުތުރުތިލަފަޅުގެ މަޝްރާތައް އެކި ލެވެލްގައި ކުރަމުން އަންނައިރު، އެކަމުގެ ހަގީގަތް އެނގިތިބެ ހަގީގަތާ ޚިލާފު ވާހަކަ ފަތުރާތީ ހިތާމަ ކުރައްވާ ކަމަށެވެ. އަދި މީސްމީޑިއާގައި ދައުރުވާ ލިޔުމަކީ ޖެނެރަލެއްގެ ފަރާތުން ލިބުނު ލިޔުމެއްކަމަށް ފަތުރަމުން އަންނަ ވާހަކައަށް ރައްދު ދެއްވައި ޝަމާލް ވިދާޅުވީ، ހުރިހާ ޖެނެރަލުންނާ ދޭތެރޭ ވެސް މުއައްސަސާގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އަދި އެފަދަ ތުހުމަތެއް އޮތްނަމަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުއްވުމަށެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓްގެ މަސައްކަތް ނިންމުމަށް އޮތީ 3 އަހަރެވެ. އެގްރީމެންޓްގެ މުއްދަތަކީ 15 އަހަރެވެ.

އުތުރު ތިލަފަޅުއުތުރު ތިލަފަޅު އެއްބަސްވުން

ކޮމެންޓް

އިތުރަށް ކިޔާލަން

ޗައިނާއިން އުތުރު ތިލަފަޅުގައި އިންވެސްޓް ކުރަަނީ ދަނޑުވެރިކަމަކަށް ނޫން، އެއީ އަސްކަރީ މަގުސަދެއްގައި ކުރާކަމެއް - ފައްޔާޒު

ޗައިނާއިން އުތުރު ތިލަފަޅުގައި އިންވެސްޓް ކުރަަނީ ދަނޑުވެރިކަމަކަށް ނޫން، އެއީ އަސްކަރީ މަގުސަދެއްގައި ކުރާކަމެއް - ފައްޔާޒު

03 އެޕްރީލު 2024
ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދޭނީ އިންޑިއާ ސިފައިން ބޭރުކުރުން - މުއިއްޒު

ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދޭނީ އިންޑިއާ ސިފައިން ބޭރުކުރުން - މުއިއްޒު

30 އޮކްޓޯބަރު 2023
އުތުރު ތިލަފަޅުގެ މަސައްކަތް ކުރިއަށް - "އިންޑިއާ ސިފައިންނެއް ނުފެނުނު!"

އުތުރު ތިލަފަޅުގެ މަސައްކަތް ކުރިއަށް - "އިންޑިއާ ސިފައިންނެއް ނުފެނުނު!"

17 ސެޕްޓެމްބަރު 2023
ޤައުމީ ޞުލްޙަމަސަލަސްކަން ގެއްލުވާލާ، ސިފައިންގެ އަގުވައްޓާލަން ދޮގު މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި

ޤައުމީ ޞުލްޙަމަސަލަސްކަން ގެއްލުވާލާ، ސިފައިންގެ އަގުވައްޓާލަން ދޮގު މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި

12 މާރިޗު 2022
ޔޫޓީއެފް އެއްބަސްވުން ރަނގަޅު، އެވާހަކަ ދެއްކީ އިދިކޮޅުން ރައްޔިތުންނަށް އޮޅުވާލާތީ: ހަސަން ލަތީފް

ޔޫޓީއެފް އެއްބަސްވުން ރަނގަޅު، އެވާހަކަ ދެއްކީ އިދިކޮޅުން ރައްޔިތުންނަށް އޮޅުވާލާތީ: ހަސަން ލަތީފް

14 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު