Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މާފިނޮޅު އެއާޕޯޓް

5 އަހަރުތެރޭ ހަލާކުކޮށްލީ ޗާލު މާފިނޮޅު، އެއާޕޯޓް ނޭޅުނުތާ އަދިވެސް ހަދަނީ މަތިމައްޗަށް ދޮގު!

2014 ވަނަ އަހަރުއްސުރެ އިންތިޚާބާއި ޖެހެންދެއް ތިން ފަހަރެއްގެ މަތިން އެއާޕޯޓްގެ މަސައްކަަތް ނިންމާނެކަމަށް ބުނި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2018 | ހުކުރު 14:11
މާފިނޮޅު އެއާޕޯޓް ނޭޅުނުތާ އެރަށް އޮތީ އެއްކޮށް ހަލާކުކޮށްލާފައި

މާފިނޮޅު އެއާޕޯޓް ނޭޅުނުތާ އެރަށް އޮތީ އެއްކޮށް ހަލާކުކޮށްލާފައި

2013 ވަނަ އަހަރު ރައީސް އަބުދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު ޖެހިގެން އައި 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމްއަށް ސުޕަ މެޖޯރިޓީ ހޯދުމަށް ކުރި ކެމްޕެއިނުގައި އެންމެ ފޮނި ހުވަފެންތައް ދެއްކި އެއްބަޔަކަށް ވާނީ ހއ. ހޯރަފުށީގެ ރައްޔިތުންނެވެ.

ޕީޕީއެމް އެމްޑީއޭގެ ކޯލިޝަނުން ހޯރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބުކުރުމަށް ކުރި ކެމްޕެއިނުގެ ތެރޭގައި ހއ. މާފިނޮޅުގައި މި ސަރުކާރުން އެއާޕޯޓެއް އަޅައިދޭނެކަމަށް ވަރަށް ޔަގީންކަމާއިއެކު ބުންޏެެވެ. އެއީ 2014 ވަނަ އަހަރެވެ.

އެއާޕޯޓަކަށް ނުހަނު ބޭނުންވެފައި ތިބި ރައްޔިތުންތަކަކަށް އެއާޕޯޓްގެ ހުވަފެން ދައްކާ ހޯރަފުށީ ދާއިރާގެ އިންތިޚާބު މުހައްމަދު އިސްމާއިލް ކާމިޔާބުކުރެއްވީ ވާދަކުރެއްވި އަނެއް ކެންޑިޑޭޓަށް ވުރެ މަދު ވޯޓްކޮޅެއް އިތުރަށް ލިބިވަޑައިގެންނެވެ.

ސަރުކާރު ކޯލިޝަންގެ ކެނޑިޑޭޓަށް މި އިންތޚާބު ކާމިކިޔާބުވުމުން ތިން މަސް ދުވަހުގެ ތެރޭގައި އެއާޕޯޓްގެ އަމަލީ މަސައްކަތް ފަށާނެކަމަށް ބުނެ އިއުލާނުކުރިއެވެ. އޭގެ ފަހުން 2014 2015 2016 ވެސް ފާއިތުވެ ދިޔައެވެ. އެއާޕޯޓްގެ ވާހަކައަކީ ދެއްކުނު ވާހަކައެއްކަން ހަދުމަ ހުރި ބޭފުޅަކުވެސް މި ސަރުކާރަކުވެސް ނެތެވެ. އިއްޒަތްތެރި މެންބަރު މުހައްމަދު އިސްމާއިލްވެސް އެވަހަކަ ދެއްކުން ހުއްޓާލެއްވިއެވެ.

އިންތިޚާބުތަކުގައި ހޯރަފުށީ ދާއިރާގެ ރައްޔިތުން ގުނބޯ ހައްދަމުން ދިޔަ އެއާޕޯޓްގެ ވާހަކަ ދެވަނަ ފަހަރަަށް ދެކެވެން ފެށީ 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައެވެ. އެފަހަރުވެސް ހީވީ ދެންމެ ދެންމެ އެއާޕޯޓްގެ މަަސައްކަތްފެށެނީ ހެންނެވެ. އެހެންނަމަވެސް އިންތިޚާބުގެ ނަތީޖާ ނިމި އިދިކޮޅަށް މެޖޯރިޓީ ލިބިގެން ދިއުމާއިއެކު ކީހާޅެން ފަރިއްސަވެ ނިމި އެއާޕޯޓްގެ ވާހަކަ ވަޅުޖެހުނު އެވެ.

ހޯރަފުށީގެ އުތުރުގައި އޮންނަ ހއ.މާފިނޮޅުގައި އެއާޕޯޓެއް އެޅުމަކީ ރައީސް އަބުދުﷲ ޔަމީންގެ ރިޔާސީ ވައުދަކަށްވާއިރު، 2018 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި އަނެއްކާވެސް ޚުދު ރައީސް ޔަމީން އެއާޕޯޓްގެ ވާހަކަފުޅު ތަކުރާރުކުރެއްވިއެވެ. އަނެއްކާވެސް އަނެއް އިންތިޚާބު ބޯމަތިވެފައިވަނިކޮށެވެ. މިފަހަރު ރިޔާސީ އިންތިޚާބެވެ. ރައީސް ވިދާޅުވިގޮތުގައި 2018 ގެ ރިޔާސީ އިންތިޚާބަށް ހޯރަފުއްޓަށް ވަޑާއިގަންނަވަނީ އުދުހިވަޑާއިގެންނެވެ.

އިންތިޚާބު ކާމިޔާބުކުރުމަށް ގޮތެއް ފޮތެއް ބެއްލެވުމެއް ނެތި އަވަސް އަވަހަށް މަޝްރޫއުތައް ހިންގަަވަން ފެއްޓެވިއެވެ. މުޅި ރިޔާސީ ދައުރުންވެސް ނުފެއްޓިފައި ހުރި މަޝްރޫއުތައް ފައްޓަވަނީ ކަމަށް ދައްކާ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ މަސައްކަތް ފެށިއްޖެއެވެ.

ދެނަކާ ދެނެއް ނެތެވެ. މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ހއ. މާފިނޮޅުގައި އެއާޕޯޓް އެޅުމަށް އެންވަރަމެންޓް އިމްޕެކްޓް އެސެސްމެންޓް އީއައިއޭ ހަދަންފެށިއެވެ. އެއާއި އެކު އެއާޕޯޓް އެޅުމަށް 64 މިލިއަން ރުފިޔާއަށް އެމްޓީސީއަށް އެވޯޑްކުރިއެވެ. މަޝްރޫގައި ހިމެނެނީ އެއާޕޯޓްގެ ރަންވޭ އެޅުމާއި ބިންހިއްކުމެވެ. އަދި މާފިނޮޅާއި ހޯރަފުށި ގުޅާލުންވެސް މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. އެގޮތުން 16 ހެކްޓަރުގެ ބިން ހިއްކާ 1.2 ކިލޯ މީޓަރުގެ ރަންވޭގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރެވުނެވެ. އެއީ މިއަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުއެވެ.

ކޮންމެ އަކަސް ރިޔާސީ އިންތިޚާބަށް ދެމަހެއްހާ ދުވަހަށް ކުޑަތަން ވުމުން މިއަހަރުގެ ޖުލައި މަހުގެތެރޭގައި އެމްޓީސީސީގެ ބޮޑު މަހާޖައްރާފު ހޯރަފުއްޓަށް މިސްރާބުޖަހައިފިއެވެ. މުޅި ދާއިރާގެ ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް ވާނެކަމުގެ ހުވަފެން ދައްކަމުންނެވެ. ހޯރަފުށީގެ ރައްޔިތުން ވެސް އުފަލުން ފޮޅެނު އެވެ.

މަހާޖައްރާފު ބަނދަރުކޮށްލުމާއިއެކު ފަޅުވެރިންނަށް ހޫނު މަރުހަބާއެއް ކިއިރު، އެއާޕޯޓް އެޅުމަށް ސާމާނު ގެނެވުނު ދުވަހު ހުސް ހޯރަފުށިން އެކަނިވެސް 40 ފަރިވަޅު އެރުވިއެވެ.

ދެން ފެނުނީ އެއާޕޯޓް އެޅުމުގެ ނަމުގައި ހޯރަފުށީގެ އުތުރުން އޮންނަ ގުދުރަތީ އެތަށް ރީތިކަމެއް ލިބިފައިވާ މާފިނޮޅު ހިއްކަން ފެށިތަނެވެ. ވަރަށްވެސް ޗާލު ގުދުރަތީ ގޮނޑުދޮށެއް އޮތް ހޯރަފުއްޓާއި ކައިރި އެހެނިހެން ރައްރަށުން ޕިކްނިކް ގޮސް މަޖާކޮށްލުމަށް ބޭނުން ކުރަމުން ދިޔަ މާފިނޮޅު ގުރުބާންކުރުމަށް ރައްޔިތުން ލޮލުންބޮލުން ރުހުނީ އެއާޕޯޓަކަށް ނުހަނު ބޮޑަށް ބޭނުންވެފައިވާތީއެވެ. އޭގެ ސަބަބުން މުޅި ހއ. އަތޮޅުގެ ރައްޔިތުންނަށް އެތަށް ލުއިފަސޭހައަކާއި ވަޒީފާތަކާއި އިގުތިސާދީ ކުރިއެރުންތައް ލިބިގެންދާނެކަމުގެ ފޮނި އުއްމީދުގައެވެ.

އެހެންނަމަވެސް ކަންކަން ވީ އަތޮޅުގެ ރައްޔިތުން ބޭނުންވި ގޮތަކަށް ނޫނެވެ. ޖުލައިމަހު ފެށި އެއާޕޯޓަށް ބޭބުންވާ ބިންހިއްކުމުގެ މަސައްކަތް ފެށިތާ ބަރާބަރު އެއްމަހާ 15 ދުވަސް ފަހުން ފެނުނީ ކޮންނަބޯޓް މަހާޖައްރާފު އަނބުރައި އައިކޮޅަށް ގެންދިޔަތަނެވެ. މަސައްކަތް ކުރިއަށް ގެންދިއުމުގައި އެކިކަހަލަ ދަތިތައް ހުރިކަމަށްބުނެ ބަހަނާ ދައްކާފައެވެ.

ރައްޔިތުން އެކަމަށް ޖަވާބު ދިނުމަށް ރިޔާސީ އިންތިޚާބުގައި ސަރުކާރުގެ މޫނުގައި ވަރުގަދަ ތަފާލެއް ޖެހިއެވެ. މުޅި ހއ. އަތޮޅުންވެސް ބުނީ ކުރިއަށްއޮތް ފަސްއަހަރަށް ރައީސް ޔާމީނަށް ދެން ޖާގައެއް ނެތްކަމަށެވެ. އިންތިޚާބުން ބަލިވުމާއިއެކު އެއާޕޯޓް ހެދުމަށް ގެންގޮސްފައި ހުރި ހުރިހާ ސާމާނެއް އަނބުރާ އައިކޮޅަށް ވަނީ ގެނެސްފިއެވެ.

އެއާޕޯޓް އެޅުމުގެ މަސައްކަތް ފެށުނީވެސް ކައުންސިލްގެ ބައިވެރި ކުރުމެއްނެތިއެެވެެ. ހއ. ހޯރަފުށީ ކައުންސިލުން ބުނީ އެއާޕޯޓް އެޅުމުގެ މަަސައްކަތް ފެށިގެން ގޮސް މަސައްކަތް ހުއްޓާލާ ތަކެތި ގެންދިއުމާއި ހަމައަށްވެސް އެބޭފުޅުންގެ އެއްވެސް ބައިވެރިވުމެއް އެކަމުގައި ނޯންނާނޭކަމަށެެވެ.

އެއާޕޯޓްގެ މަޝްރޫއާއި ގުޅޭގޮތުން ހޯރަފުށީ ކައުންސިލްގެ ފަރާތުން ބުނީ، ކައުންސިލް ބައިވެރިކުރުމަށް ބޭނުން ނުވިކަމުގައިވިޔަސް އެއާޕޯޓަކަށް ނުހަނު ބޭނުންވެފައި ތިބުމާއިއެކު، ކައުންސިލުން ދެވެން އޮތް އެއްބާރުލުން ދެމުން ގެންދެވިކަމަށެވެ.

ކޮންމެއަަކަސް ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރުގައި ތިންފަހަރަށް މާފިނޮޅުގައި ހިޔާލީ އެއާޕޯޓް އަޅައިދީފިއެެވެ. ހއ. ގެ ރައްޔިތުންނަށް ޕީޕީއެމްގެ މި ސަރުކާރު ރަނގަޅަށް ދަސްކޮށްފިއެެވެ. އެމީހުން ބުނީ "މުއުމިނެއްގެ ގައިގައި އެއްހަރަކުން ދެފަހަރު ކައްޓެއް ނުޖެހޭނެ" ކަމަށެވެ.

އެއާޕޯޓް އަޅައި ނުދީ ގުދުރަތީ އެތަށް ރީތިކަމެއް ލިބިފައި އޮތް ރީތީ ރީތި މާފިނޮޅު ހަލާކޮަށްލުމުގެ ފުރިހަމަ ޒިންމާ މި ސަރުކާރުންނާއި އެއާޕޯޓްގެ ހުވަފެން އެންމެ ބޮޑަށް ދެއްކި މެންބަރު ނަގަން ނުޖެހޭނެ އެއްގޮތެއްވެސް ނޯންނާނެކަމަށް ރައްޔިތުން ދެކެއެވެ. ގުދުރަތީ ރީތި ހުދު ދޮންވެލިގަނޑާއި ސާފު ނޫކުލައިގެ ޗާލު މޫދެއް އޮތް މާފިނޮޅުގެ ސިދާ މެދުން އޮތީ ބޮޑު މާސިންގާ ވަޅުގަނޑެއް ކޮނެފައެވެ. ރަށުގައި ހުރި އެތައް ރުއްގަހެއް ވަނީ ކަނޑާލާ ބިމާއި ހަމަކޮށްފައެވެ.

މާފިނޮޅު ގައި ހުރި އެތަކެއް ރުއްގަސް ވަނީ ކަނޑާފައި

އެއާޕޯޓު އަޅައި ނުދެވުނުތާ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން މެންބަރު މުހައްމަދު އިސްމާއިލް ފެއްޓެވީ އެކަން ދިފާއުކޮަށް އެހެން ބައެއްގެ ބޮލަށް އެކަން ކަނޑާލުމަށެވެ.

އާ ސަރުކާރު ހޮވުމުގެ ކުރިން އެއާޕޯޓުގެ މަސައްކަތް އޮތީ ހުއްޓިފައެވެ. އެއާޕޯޓްގެ މަސައްކަތް ހުއްޓާލަން އެމްޓީސީސީއަށް އެންގީ ޓްރާންސިޝަން ކޮމިޓީން ކަމަށް ބުނެ މެންބަރު މުހައްމަދު އިސްމާއިލް އިތުރުފުޅު ހެއްދެވިކަން ފަޅާއަރުވާލީ ސީދާ އެމްޓީސީސީން ނެވެ.

އެމްޓީސީސީ ކޮންސްޓްރަކްޝަންގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޑިޕާޓްމެންޓްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހުޝާމް ވިދާޅުވެފައިވަނީ ޓްރާންސިޝަން ކޮމިޓީއިން ބައްދަލުކޮށް، އެއާޕޯޓުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް އެންގި ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. އޭގެ ބަދަލުގައި އާ ސަރުކާރުގެ ޓްރާންސިޝަން ކޮމިޓީން އެމްޓީސީއާއި ބައްދަލުކޮށް އެދިފައި ވަނީ އެމްޓީސީސީއިން ކުރިއަށް ގެންދާ ހުރިހާ ޕްރޮޖެކްޓެއް ވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމަށްކަމަށް ހުޝާމް ވިދާޅުވި އެވެ.

އެމްޓީސީސީގެ އެއްވެސް ޕްރޮޖެކްޓެއް ހުއްޓާކަށް އާ ސަރުކާރުން ނާންގާ

މަޖިލީހުން ދެވަނަ ދައުރެއް ބޭނުންފުޅުވިޔަސް ކަނޑައެޅިގެން ފެންނަށް އޮތް ހަގީގަތް ބަދަލުކުރާނީ ކިހިނެއްތޯއެވެ. ގުދުރަތީ މުއްސަނދިކަމުން ފުރިފައި އޮތް އެފަދަ ރީތި މާފިނޮޅު ހަލާކުކޮށްލުމުގެ ޒިންމާ މި ސަރުކާރާއި އެއްވަރަށް މެންބަރު މުހައްމަދު އިސްމާއިލްވެސް ނަންގަވަން ޖެހޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދަނބުމާ ފާއިޒްގެ ޗާލު އަތުލިޔުން ހިތްގައިމު، "ދަނބުމާ" ފޮންޓަށް!

ދަނބުމާ ފާއިޒްގެ ޗާލު އަތުލިޔުން ހިތްގައިމު، "ދަނބުމާ" ފޮންޓަށް!

11 އޯގަސްޓު 2025
ޗާލު ކަދުރު ރުއްތަކުން ތުޅާދޫއަށް ފެހިކަމާއި އާރޯކަން

ޗާލު ކަދުރު ރުއްތަކުން ތުޅާދޫއަށް ފެހިކަމާއި އާރޯކަން

26 މާރިޗު 2022
ކޮވިޑް-19: އެއް އަހަރުތެރޭ މުޅި ދުނިޔެ ބަދަލުކޮށްލީ ކިހިނެއް؟

ކޮވިޑް-19: އެއް އަހަރުތެރޭ މުޅި ދުނިޔެ ބަދަލުކޮށްލީ ކިހިނެއް؟

23 މާރިޗު 2021
ޗާލުވި ރަން ފަތިހަކަށް އަލިވިލެން ބޭނުންތަ؟

ޗާލުވި ރަން ފަތިހަކަށް އަލިވިލެން ބޭނުންތަ؟

15 ފެބުރުއަރީ 2021
އަދުރޭ އެވެ. ކުޅުދުއްފުށި އެއާޕޯޓް ހުޅުވީ ތާރުފަށަލައެއް ދަމާލައިގެން ނޫންތޯ އެވެ!

އަދުރޭ އެވެ. ކުޅުދުއްފުށި އެއާޕޯޓް ހުޅުވީ ތާރުފަށަލައެއް ދަމާލައިގެން ނޫންތޯ އެވެ!

03 ސެޕްޓެމްބަރު 2020

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު