Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓްރަމްޕްގެ ގަރާރު

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

މިފަހަރުގެ ލިސްޓުގައި އިރާޤު ނުހިމެނޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 6 މާރިޗު 2017 | ހޯމަ 23:41
ރައީސް ޑޮނާލްޑް ޓްރަމްޕް

ރައީސް ޑޮނާލްޑް ޓްރަމްޕް

މުސްލިމު މެޖޯރިޓީ އޮންނަ 6 ޤައުމެއްގެ ރައްޔިތުން އެމެރިކާއަށް އެރުން މަނާކޮށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަނެއްކާވެސް ރިޔާސީ ޤަރާރެއް ނެރުއްވައިފިއެވެ.

90 ދުވަހުގެ މުއްދަތަކަށް އަމަލު ކުރުމަށް ހަމަޖައްސާފައިވާ މި އަމުރުގައި 120 ދުވަހުގެ މުއްދަތަކަށް އެމެރިކާއަށް ރެފިއުޖީން އެތެރެވުންވެސް މަނާކޮށްފައިވާއިރު، މި އަމުރަށް އަމަލުކުރަން ފަށާނީ މި މާރިޗުމަހުގެ 16 ވަނަ ދުވަހުން ފެށިގެންނެވެ.

މުސްލިމު މެޖޯރިޓީ 7 ޤައުމެއް ހިމެނޭ ގޮތަށް، މމި އަހަރުގެ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހުވެސް ރައީސް ޓްރަމްޕް މީގެ ގަރާރެއް ނެރުއްވާފައިވާއިރު އެ ގަރާރު އެމެރިކާގެ ފެޑެރަލް ކޯޓުތަކުން ވަނީ ބާޠިލް ކޮށްފައެވެ. ކޯޓުތަކުން ބާޠިލް ކުރި އަމުރުގައި އިރާޤާއި، އީރާނާއި، ލީބިޔާ އާއި، ސޯމާލިއާގެ އިތުރުން ސޫދާނާއި ޔަމަނު ހިމެނޭއިރު ހޯމަ ދުވަހު ޓްރަމްޕް ނެރުއްވި ޤަރާރުގައި އިރާޤެއް ނުހިމެނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ވިސާދިނުމުގައި އިތުރު ސަލާމަތީ ފިޔަވަޅުތަކެއް އެޅުމަށް ޝަރުތުކޮށް، އިރާޤު މި ލިސްޓުން އުނިކޮށްފައިވަނީ، ހަނގުރާމަވެރި އައިސިސް ޖަމާޢަތާއި ކުރިމަތިލުމުގައި އިރާޤުން އެމެރިކާއަށްދޭ އެއްބަރުލުމުގެ ސަބަބުން، ޕެންޓަގަން އާއި ސްޓޭޓް ޑިޕާޓްމަންޓުން ރައީސް ޓްރަމްޕަށް ޕްރެޝަރ ކުރުމުންނެވެ.

މި އަމުރު ނެރުނު ނަމަވެސް އަމުރުގައި ހިމެނޭ، އީރާނާއި، ލީބިޔާ އާއި، ސޯމާލިއާގެ އިތުރުން ސޫދާނާއި ޔަމަނުގެ ރައްޔިތުންގެ ތެރެއިންވެސް، އެމެރިކާއަށް އެތެރެވުމުގެ ވިސާ މިހާރު ލިބިފައިވާ ރައްޔިތުންނަށް އެމެރިކާއަށް ދަތުރުކުރުމުގެ ފުރުސަތު އޮންނާނެއެވެ.

އަލަށް ނެރުނު ގަރާރުގައި މި އަހަރު އެމެރިކާއަށް އެތެރެވެވޭނެ ރެފިއުޖީންގެ އަދަދު ފަންސާސް ހާހަށް ލިމިޓުކޮށްފައިވާއިރު، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މި އަހަރު އެމެރިކާގައި ވަޒަންވެރިވުމުގެ ހުއްދަ ދީފައިވާ ރެފިއުޖީންވެސް މި އަދަދުގެ ތެރޭގައި ހިމެނޭނެ ކަމަށް އެ ގަރާރުގައި ވެއެވެ. ނަމަވެސް އެގޮތަށް ހުއްދަ ދީފައިވާ ރެފިއުޖީންގެ އަދަދު އެމެރިކާއިން ހާމަކޮށްފައެ ނުވެއެވެ.

ކުރީގެ އަމުރުގައި ކްރިސްޓިއަނުންނަށް އިސްކަންދީ، ބައެއް ހާލަތްތަކުގައި އެ އަމުރުގައިވާ ކަންކަމުން ކްރިސްޓިއަނުން އިސްތިސްނާ ވާނެ ކަމަށް ބުނެފައި ވީނަމަވެސް، އެ އަމުރާއި ޚިލާފަށް ހޯމަ ދުވަހުގެ އަމުރުގައި ވަކި ދީނެއްގެ މީހުންނަށް އިސްކަން ދީފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު