Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއައިޓީޑީސީ

އެމްއައިޓީޑީސީ: އޮތީ ހުސް ކޮރަޕްޝަން، ކުންފުނި ދަރާ ވިކިފައި!

3 އެޕްރީލު 2019 | ބުދަ 12:31

 ކުންފުނި އޮތީ 25 މިލިއަން ރުފިޔާ އަށް ދަރާފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 3 އެޕްރީލު 2019 | ބުދަ 12:31
މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު

މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ފައިސާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުސްކޮށްފައިވާ ކަމަށް އެ ކުންފުންޏަށް އަލަށް އައްޔަން ކޮށްފައިވާ އާ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައި ރާއިދު ވިދާޅުވީ ކުންފުނީގެ ފައިސާ ހޭދަކޮށްފައި ވަނީ ރާއްޖޭގެ މާލިއްޔަތު ގާނޫނާއި ކުންފުނީގެ ހިސާބު ބަލަހައްޓަން ޖެހޭ ގޮތާ މުޅިން ހިފާލަށް ކަމަށެވެ.

Advertisement - newsAdvertisement

އެކުންފުނިން މިހާތަނަށް ހިންގާފައި ވަނީ އެންމެ ދެ މަޝްރޫއެވެ. އެއީ ބަރެސްދޫ ޕްރޮޖެކްޓާއި ކާށިދޫ ޓޫރިސްޓް ވިލެޖް މަޝްރޫއެވެ.

ބަރެސްދޫ ޕްރޮޖެކްޓް:

ތިންހާސް އެނދުގެ ޖާގައިގެ ބަރެސްދޫ ޕްރޮޖެކްޓް އެންމެ ފުރަތަމަ ވެސް ފަށާފައި ވަނީ ގާނޫނާ ޚިލާފަށެވެ. ބަރެސްދޫ އާއި އިންވެގެން އޮންނަ މަހަކަންފުއްޓަކީ ސަރވިސް ދިނުމަށް ގުޅުވާލާ ރަށެކެވެ. އެ މަޝްރޫއު އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބިން ވިއްކާ އުސޫލުންނެވެ. އެމްއެމްޕީއާރުސީ އިން އެ މަޝްއޫއު ހިންގި އިރު 19 ފަރާތެއްގެ އަތުން އެ ޕްރޮޖެކްޓަށް 34 މިލިއަން ރުފިޔާ ވަނީ ނަގާފައެވެ.

އެމްއެމްޕީއާރުސީ އިން 2018 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެ މަޝްރޫއު އެމްއައިޓީޑީސީ އަށް ބަދަލުކުރުމުގެ އެއް އަހަރު ކުރިން ވެސް އެމްއައިޓީޑީސީގެ ނަމުގައި ދިޔައީ ބަރެސްދޫ ޕްރޮޖެކްޓްގެ ފައިސާ ނަގަމުން ކަމަށް ރާއިދު ވިދާޅުވިއެވެ.

އެހެން ނަމަވެސް އެމްއައިޓީޑީސީ އިން ބަރެސްދޫ ޕްރޮޖެކްޓުން ފައިސާ ނަގަމުން ދިޔައީ އެމްއެމްޕީއާރުސީއާ ޚިލާފަށް ބިން ވިއްކުމުގެ ބަދަލުގައި ކުލީގެ ގޮތުގައެވެ. އެ ގޮތުން 19 ފަރާތެއްގެ އަތުން ޖުމްލަ 21 މިލިއަން ރުފިޔާ އެމްއައިޓީޑީސީ އިން ވެސް ކުލީގެ ގޮތުގައި ނަގާފައިވާ ކަމަށް ރާއިދު ވިދާޅުވިއެވެ.

މި މަޝްރޫއަށް އެކި ވިޔަފާރިތަކުން އިންވެސްޓްކުރި ފައިސާ އެ މަޝްރޫއާ ނުގުޅޭ އެތައް ކަމަކަށް ވެސް ހޭދަކޮށްފަވާކަން ހާމަވާ ކަމަށް ރާއިދު ވިދާޅުވިއެވެ. އެ ގޮތުން ސީނިއަ މެނޭޖްމަންޓް ފެއާތަކަށް ދާން ދެ މިލިއަން ރުފިޔާ އަދި އައްޑޫ އިންޓަގްރޭޑެޓް ޓޫރިޒަމް ޕްރޮޖެކްޓަށް އެއް މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. އަދި ޕްރޮޖެކްޓް ޕާމްގެ ނަމުގައި ހިންގި މަޝްރޫއަކަށް 3.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކަށް ހަމަ އެއް ގޮތަކަށް ވެސް ނޭނގުނު މި ޕްރޮޖެކްޓް ޕާމްއަކީ ކޮން ޕްރެޖެކްޓެއް ކަމެއް،" ރާއިދު ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ މި މަޝްރޫއުގައި އެންމެ ފާހަގަ ކޮށްލެވެނީ ޖައުސާ ކުންފުންޏަށް މަސައްކަތް ހަވާލުކޮށް އެޑްވާންސް ފައިސާގެ ގޮތުގައި 15 މިލިއަން ރުފިޔާ ދީފައިވުން ކަމަށެވެ.

"އަޅުގަނޑު ގޮސް ބަލައިފިން އެ ރަށުގައި އެ ކުންފުނިން ނެތް އެއް ލައްކަ ރުފިޔާގެ މަސައްކަތް ވެސް ކޮށްފައެއް. ތި ބުނާހާ ގިނަ މަސައްކަތްތަކެއް އެ ރަށުގައި ކޮށްފައެއް ނެތް،" ރާއިދު ވިދާޅުވިއެވެ.

ކާށިދޫ ޓޫރިސްޓް ވިލެޖް މަޝްރޫއު

މި ޕްރޮޖެކްޓަކީ ނިމިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް އިއުލާންކޮށްފައިވާ ޕްރޮޖެކްޓެކެވެ. ޗައިނާގެ ސަޕްލަޔަރަކަށް އެތަން ދީފައި ވަނީ ބިޑްނުކޮށެވެ. އަދި އެ ކުންފުންޏަކީ ޗައިނާގައި ރެޖިސްޓްރީ ކޮށްފައި އޮތް ކުންފުންޏެއް ކަމެއް އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. ފައިސާ ބޭނުންކުރި ގޮތުގެ ތަފްސީލެއް ވެސް ފެންނަން ނެތް ކަމަށް ރާއިދު ވިދާޅުވިއެވެ.

ސަރުކާރުގެ ބަޖެޓުން ފިނޭންސް މިނިސްޓްރީ އިން އެއް މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ކުންފުނީގައި ހަމައެކަނި ފެންނަން ހުރީ އިމާރާތްކުރަމުންދާ ތިން ބުރީގެ ދަނގަޑު ސްޓްރަކްޗާއަކާއި ދެ ގެއެވެ. ސަރުކާރުން ނެގި އެއްމިލިއަން ޑޮލަރު އެތަން ހަދާ ނުނިމެނީސް ހުސްވެފައިވާ ކަމަށް ރާއިދު ވިދާޅުވިއެވެ.

"ވަރަށް ހިތާމައާ އެކީ މި ދަންނަވަނީ ކުންފުންޏަކީ ވަރަށް ކުޑަ ކުންފުންޏެއް. އަޅުގަނޑުމެން މި ޖެހެނީ މި ދަރަނި ވެސް ބޮލުގައި އަޅާ އަދި އިތުރަށް ވެސް ކުރިއަށް ގެންގޮސް ނިންމަން،" ރާއިދު ވިދާޅުވިއެވެ.

ކުންފުނި 25 މިލިއަން ރުފިޔާއަށް ދަރާފައި!

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ކަމުގެ މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ރާއިދު އެންމެ ފުރަތަމަ ވެސް ފެއްޓެވީ އިންޓާނަލް އޮޑިޓެކެވެ. އޭނާ ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ކުންފުނި އޮތީ 25 މިލިއަން ރުފިޔާ އަށް ދަރާފައި ކަމަށެވެ.

ބަރެސްދޫ ޕްރޮޖެކްޓް 19 ފަރާތްތަކަށް ދީފައި ވަނީ އެއްވެސް އެގްރިމެންޓެއް ހަދައިގެން ނޫނެވެ. ރާއިދު ވިދާޅުވީ އެ ފަރާތްތަކުން މިހާރު ވެސް ދަނީ ފައިސާ ހޯދުމަށް ސިވިލް ކޯޓުގައި ދައުވާ ކުރަމުން ކަމަށެވެ.

"މިހާރު ވެސް ދަނީ ސިވިލް ކޯޓުގައި ދައުވާ ކުރަމުން ފައިސާ ހޯދަން. ބައެއް ފަރާތްތަކުން މިހާރު ވެސް ފައިސާ ހޯދަން ދަނީ އެދެމުން،" ރާއިދު ވިދާޅުވި އެވެ.

އެމްއައިޓީސީގެ ފައިސާ ހޭދަކޮށްފައި ހުރި ގޮތުން އެ މައްސަލަތައް އެންޓިކަރަޕްޝަން ކަމިޝަން (އޭސީސީ) އިން ދަނީ ބަލަމުންނެވެ.

ދެ ޕްރޮޖެކްޓް އަލުން ބިޑަށް ލަނީ

ފަންސަވީސް މިލިއަން ރުފިޔާއަކީ ސަރުކާރުގެ ކުޑަ ކުންފުންޏަކަށް ބޮޑު ބުރައަކަށް ވީ ނަމަވެސް އެމްއައިޓީޑީސީގެ ވިސްނުމަކީ ބަރެސްދޫ ޕްރޮޖެކްޓާއި ކާށިދޫ ޕްރޮޖެކްޓް ހުއްޓާ ނުލާ ކުރިއަށް ގެންދިއުމެވެ. އެހެންކަމުން އެ ޕްރޮޖެޓްތައް ކުރިއަށް ގެންދިއުމަށް އެޓާނީ ޖެނެރަލާއި ފިނޭންސް މިނިސްޓްރީގެ ލަފާއާ އެކު ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ރާއިދު ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ ދެ ޕްރޮޖެކްޓް ވެސް ކުރިއަށް ގެންދާނީ އަލުން ބިޑަށް ހުޅުވާލައިގެން ކަމަށެވެ.

"އަޅުގަނޑު ހަމަގައިމު ވެސް މަސައްކަތް ހިފާފައި މި ވަނީ މި މަސައްކަތް ނިންމަން. ދެން އަޅުގަނޑުމެން އެ ސްކޭލްޑައުން ކުރަން ޖެހޭނީ. އެކަމާ ފިނޭންސް މިނިސްޓްރީއާ އެކު މި ހަފްތާތެރޭގައި ވެސް މަޝްވަރާ ކޮށްފިން،" ރާއިދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް