Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކ

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

ގެ އިމާރާތް ކުރުމަށް ދިން ލޯނުން އެގެ އިމާރާތް ކޮށްފައެއްނުވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2017 | އަންގާރަ 14:11
ހދ. ކުޅުދުއްފުށި

ހދ. ކުޅުދުއްފުށި

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ވާތީ ހދ. ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން ބުނީ 2008 ވަނަ އަހަރު ސަރުކާރުން ރާއްޖެތެރޭގެ ރަށްރަށުގައި އަދި މާލޭގައި ގެދޮރުހެދުމުގެ ދަތިކަން ހުރި ފަރާތްތަކަށް ގެދޮރު ހެދުމަށް 100 މިލިއަން ރުފިޔާގެ ލޯން ސްކީމެއް ހުޅުވާލުމާ ގުޅިގެން އެ ސްކީމުން ލޯނު ލިބޭނެ ކަމަށް ކަނޑައެޅުނު ފަރާތްތަކުގެ ތެރެއިން ކުޅުދުއްފުށީ އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ލޯނުގެ ދެވަނަ ޕޭމަންޓް ހޯދައިދިނުމުގައި ކުޅުދުއްފުށީ އޮފީހުން ހަގީގަތާ ހިލާފަށް މައުލޫމާތު ދީގެން އޭނާއަށް ލޯނު ހޯދައިދީފައިވާ ކަމަށާއި މިކަން ކޮށްފައިވަނީ، އޭރު ކުޅުދުއްފުށީގެ ކުޑަކަތީބު ކަމަށް ބުނެ އޭސީސީއަށް ހުށަހެޅުނު މައްސަލަ ތަހުގީގު ކުރުމުން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް އެކޮމިޝަނުން ހިންގި ތަހުގީގުން އެނގޭ ކަމަށެވެ.

Advertisement - newsAdvertisement

އޭސީސީން ބުނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ތައާރަފްކުރެއްވި "ހިޔާވަހިކަމަށް ދޫކުރެވޭ ލުއި ލޯން ސްކީމް"ގެ ދަށުން އެޗްޑީއެފްސީ އިން އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ލޯނުގެ ފައިސާ ދޫކުރާނީ އިމާރާތްކުރެވޭ މިންވަރަށް ބަލައި، ބައިބަޔަށް ބަހާލައިގެންކަން، އެޗްޑީއެފްސީ އާއި ލޯނު ލިބުނު ފަރާތާ ދެމެދު 22 ޑިސެންބަރު 2008 ގައި ވެފައިވާ "ލޯނު އާއި ރަހުނުގެ އެއްބަސްވުން" އިން އެނގެން އޮންނައިރު، ލޯނުގެ ދެވަނަ ޕޭމަންޓަށްވާ 70,000.00ރ. އެ ކޯޕަރޭޝަނުން ދޫކޮށްފައިވަނީ، ލޯނުގެ ފުރަތަމަ ޕޭމަންޓްގެ ގޮތުގައި ދޫކޮށްފައިވާ 30,000.00ރ. ދޫކުރުމަށް ފަހު، އިމާރާތްކުރަން ހަމަޖެހިފައިވާ ގޯތީގައި މަސައްކަތް ކޮށްފައިވާ މިންވަރު ބެލުމަށްޓަކައި، ކުޅުދުއްފުށީ އޮފީހަށް އެ ކޯޕަރޭޝަނުން ފޮނުވާފައިވާ ފޯމުގައި، އެ ގޯތީގައި ކޮންކްރީޓް ފައުންޑޭޝަން އަޅާ ނިމިފައިވާ ކަމަށް، އެ ފޯމު ފުރިހަމަކުރި ފަރާތް ބަޔާންކޮފައި ވާތީ ކަމާއި، ނަމަވެސް، 2013 ވަނަ އަހަރުގެ ޖޫންމަހާ ހަމައަށް ވެސް އެ ގޯތީގައި އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން 16 ޖޫން 2013 ގައި ތައްޔާރުކޮށްފައިވާ ލިޔުމުންނާއި، އޭސީސީގެ ތަހުގީގުން ބެލިބެލުމުން އެނގެން އޮންނަ ކަމަށެވެ.

އެޗްޑީއެފްސީ އިން ދޫކުރި ލޯނަށް އެދުނު ފަރާތް ހުށަހަޅާފައިވާ ފޯމުގައި އޭނާ ރަނގަޅަށް ދަންނަ މީހެއްގެ މައުލޫމާތު ހުށަހަޅާ ބައިގައި ކުޅުދުއްފުށީ އޭރުގެ ކުޑަކަތީބުގެ ނަން ޖަހާފައިވާތީ އާއި ލޯނަށް އެދުނު ފަރާތުގެ ލޯނަށް ގެރެންޓީ ދޭ ފަރާތުގެ ގޮތުގައި ހަމަޖައްސައިދިނުމަށް ކުޅުދުއްފުށީ އޭރުގެ ކުޑަކަތީބު އެޗްޑީއެފްސީގައި އެދިފައި ވާތީ، ލޯނަށް އެދުނު ފަރާތާއި ކުޅުދުއްފުށީ އޭރުގެ ކުޑަކަތީބަކީ ގާތް ގުޅުމެއް އޮންނަ ދެފަރާތްކަން އެނގޭތީ، އެ ލޯނުގެ ދެވަނަ ޕޭމަންޓަށްވާ ފައިސާ ދޫކުރުމުގެ ކުރިން އެޗްޑީއެފްސީން މައުލޫމާތު އެއްކުރާ ފޯމު ފުރިހަމަކުރުމުގައި، ކުޅުދުއްފުށީ އޭރުގެ ކުޑަކަތީބު އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ލޯނަށް އެދުނު ފަރާތަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަން، ތަހުގީގަށް ލިބިފައިވާ ކިތާބީ އަދި ޝަފަހީ ހެކިތަކުން އެނގެން އޮންނާތީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ވާފަދައިން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންވާ މައްސަލައެއް ކަމަށް ކަނޑައަޅައި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ކުޅުދުއްފުށީ އޭރުގެ ކުޑަކަތީބުގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިޔުޓަރ ޖެނެރަލްއަށް ވަނީ ފޮނުވިފައިވާ ކަމަށް އޭސީސީން ބުނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެމްބަރުންނަށް އިންޒާރުދީގެން މައްސަލައެއް ހުށަހެޅިފައެއް ނެތް: މަޖިލިސް

މެމްބަރުންނަށް އިންޒާރުދީގެން މައްސަލައެއް ހުށަހެޅިފައެއް ނެތް: މަޖިލިސް

22 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ

މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ

13 މާރިޗު 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު