Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އުޅަނދުފަހަރު އިންޝުއަރެންސްކު

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

ބިޑަށް ހުޅުވާލުމުން އެލައިޑް ނޫން އެހެން ކުންފުންޏަކުން ކުރިމަތިލާފައެއް ނުވޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2017 | އާދީއްތަ 10:51
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް

އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް ކަނޑުއޅަނދު އިންޝުއަރެންސް ކުރަން ޖެހޭ ގޮތަށް ކަނޑައެޅީ އެހެން އިންޝައަރެންސް ކުންފުންޏަކުން ކުރިމަތި ނުލުމުން ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.

ކަނޑުއުޅަނދުތައް އިންޝުއެރެންސް ކުރުމާބެހޭ އުސޫލަށް ޓްރާންސްޕޯޓް އޮތޯރިޓީން ގެނައި ބަދަލާއެކު އުޅަނދުތައް އިންޝުއެރެންސް ކުރެވޭނީ ހަމައެކަނި އެލައިޑް އިންޝުއެރެންސް މެދުވެރިކޮށް އެކަންޏެވެ.

Advertisement - newsAdvertisement

ކަނޑުއުޅަނދުތައް އިންޝުއަރެންސް ކުރުމާބެހޭ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީންކުރި އިއުލާނުގައިވާ ބުނެފައި ވަނީ ކަނޑުއުޅަނދުތައް ދެން ދަތުރުކުރަންވާނީ ޓޯޓަލް ލޮސް އިންސުއަރެންސް ޕޮލިސީއެއް އޮވެގެން ކަމަށެވެ

އިއުލާނުގައި ބުނެފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަނޑު އުޅަނދުފަހަރު ދަތުރުކުރަން ވާނީ “ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު”ގެ 39 ވަނަ މާއްދާގެ “ހ”ގައި ބަޔާން ކޮށްފައިވާ އެ އޮތޯރިޓީން ޤަބޫލުކުރާ ހަލް އެންޑް މެޝިނަރީ ހިމެނޭ ގޮތަށް ޓޯޓަލް ލޮސް އިންޝުއަރެންސް ޕޮލިސީއެއް އުޅަނދުގައި އޮވެގެން ކަމަށެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ ކަނޑުއަޅަނދުތައް ފަރަށް އެރުމުންނާ އަދި އެ ނޫން ވެސް ގޮތް ގޮތުން ލިބޭ ގެއްލުމުގެ ބަދަލު ހޯދައި ދިނުމުގެ ގޮތުން އުޅަނަދުތައް އިންޝައަރެންސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އެތައް ފަހަރެއްގެ މަތިން އިއުލާން ކުރި ކަމަށެވެ. އެ އިއުލާންތަކާ ގުޅިގެން ވަރަށް ގިނަ އިންޝުއަރެންސް ކުންފުނިތަކުން މައުލޫމާތު ސާފްކުރި ކަމަށާއި ނަމަވެސް ކުރިމަތިލީ ހަމައެކަނި އެލައިޑް އިންޝައެރެންސް އިން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން އެލައިޑް މެދުވެރިކޮށް އިންޝުއަރެންސް ކުރަންޖެހޭ ގޮތަށް ހަމަޖެއްސީ ބިޑަށް ހުށަހަޅައިގެން އެހެން އެއްވެސް ކުންފުންޏަކުން ކުރިމަތި ނުލުމުން ކަމަށް ނާފިޒް ވިދާޅުވިއެވެ.

ނާފިޒް ވިދާޅުވީ އެލައިޑާއި ޓްރާންސްޕޯޓް އޮތޯރިޓީއާ ދެމެދު އެއްބަސްވެފައި ވަނީ ފަސް އަހަރު ދުވަހަށް ކަމަށާއި ފަސް އަހަރު ދުވަސް ހަމަވުމުން އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކުރާނެ ކަމަށް ނާފިޒް ވިދާޅުވިއެވެ.

މީގެއިތުރުން ނާފިޒް ވިދާޅުވީ އެލައިޑް މެދުވެރިކޮށް ނޫން ގޮތަކަށް ކަނޑުއުޅަނދު އިންޝުއާ ނުކުރެވޭ ގޮތަށް ކަނޑައެޅީ އެހެން އިންޝުއަރެންސް ކުންފުނިތައް މެދުވެރިކޮށް އިންޝުއާ ކޮށްފައިވާ އުޅަނަދުތަކަށް ތަފާތުއެކި ގެއްލުން ލިބިގެން ބަދަލު ހޯދަން ހުށަހެޅުމުން ބަދަލު ނުލިބޭތީ ކަމަށް ވެސް ނާފިޒް ވިދާޅުވިއެވެ. އަދި ސަރުކާރުން އެހީތެރިވިނަމަވެސް އެކަން ކޮށްދެވޭ ގޮތް ނުވާ ކަމަށް ނާފިޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެލައިޑް މެދުވެރިކޮށް އިންޝުއާ ކުރަން ޖެހޭނީ ހަމައެކަނި އުޅަނދު ކަމަށާއި ނަމަވެސް މުދަލާއި އެހެނިހެން ކަންކަން އެހެން އިންޝުއަރެންސް ކުންފިތައް މެދުވެރިކޮށް ކުރެވޭނެ ކަމަށް ނާފިޒް ވިދާޅުވިއެވެ. މިއަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ކުރިން އެހެން އިންޝއުަރެންސް ކުންފުނިތައް މެދުވެރިކޮށް ކޮށްފައިވާ އިންޝުއަރެންސް ޕޮލިސީތައް ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލު ކުރާނެ ކަމަށާއި ނަމަވެސް ޖެނުއަރީ އެއް ވަނަ ދުވަހުގެ ފަހުން އެލައިޑް ނޫން އެހެން ކުންފުނިތަކުން ހަދާފައިވާ އިންޝުއަރެނެންސް ޕޮލިސީތައް ގަބޫލު ނުކުރާނެ ކަމަށް ނާފިޒް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓު ދޭނަން، އެހެން މެމްބަރުންވެސް ވޯޓު ދެއްވުމަށް ގޮވާލަން: އަމީތު

މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓު ދޭނަން، އެހެން މެމްބަރުންވެސް ވޯޓު ދެއްވުމަށް ގޮވާލަން: އަމީތު

26 މާރިޗު 2017
މަސީހް ކޮންޓްރީލް ކުރަނީ އެހެން ބޭފުޅަކު:އާޒިމް

މަސީހް ކޮންޓްރީލް ކުރަނީ އެހެން ބޭފުޅަކު:އާޒިމް

16 މާރިޗު 2017
 ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

15 މާރިޗު 2017
މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން

މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން

14 މާރިޗު 2017
ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން

ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން

02 މާރިޗު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު