Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮރަޕްޝަން

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

ރާއްޖެއަށް ފެއިލްވީ 100 އަކުން 36 މާކްސް ލިބިގެން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2017 | ބުރާސްފަތި 02:52
ޓްރާންސްޕޭރަންސީގެ ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރ އާހިދު ރަޝީދު --

ޓްރާންސްޕޭރަންސީގެ ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރ އާހިދު ރަޝީދު --

ރާއްޖެގައި ކޮރަޕްޝަން އިންތިހާއަށް އެބައޮތް ކަމަށާއި ނަޒާހަތްތެރިކަމުގެ މިންގަނޑުން ރާއްޖެއޮތީ ފެއިލްވެފަ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ބުނެފި އެވެ.

ޓްރާންޕޭރަންސީން މޯލްޑިވްސް އިން އެގޮތަށް ބުނީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލްއިން މިދިއަ ހަފްތާގައި ނެރުނު ކޮރަޕްޝަން އިންޑެކްސް ރިޕޯޓާ ހަވާލާދީ އެވެ.

Advertisement - newsAdvertisement

ބުދަ ދުވަހުގެ ރޭ ރާއްޖެޓީވީ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރ އާހިދު ރަޝީދު ވިދާޅުވީ ޓްރާންޕޭރަންސީ އިންޓަރނޭޝަނަލުން 2016 ވަނަ އަހަރު އެކުލަވާލި ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ އޮތީ 176 ގައުމުގެ ތެރެއިން 95 ވަނަ އަށް ކަމަށާއި ރާއްޖެ 95 ވަނަގައި އޮތީ ކޮރަޕްޝަނާއި ނަޒާހަތްތެރި ކަމުގެ މިންގަޑުން 36 އިންސައްތަ މާކްސާއެކު ފެއިލް ވުމުގެ ސަބަބުން ކަމަށެވެ.

އާހިދު ވިދާޅުވީ އެ ރިޕޯޓަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލްއިން 1995 އިން ފެށިގެން ކޮންމެ އަހަރު ނެރެމުންދާ އިންޑެކްސްއެއް ކަމަށެވެ. މި އިންޑެކްސްގަ ދުނިޔޭގެ ގައުމުތަގެ ތެރެއިން އެންމެ ގިނައިން ކޮރަޕްޝަންގެ އަމަލުތައް ގިނައީ އަދި މަދީ ކޮން ގައުމެއްގަ ކަން އެނގިގެންދާނެ އެވެ. އަދި ބޮޑެތި ޖަމްއިއްޔާ ޖަމާއަތްތަކުންނާއި ބޮޑެތި ވިޔަފާރި ކުންފުނި ތަކުންނާއި އިންވެސްޓަރުންނަށް އެ މައުލޫމާތަކީ ވަރަށް މުހިއްމު މައުލޫމާތު ތަކެއް ކަމަށް ވެސް އާހިދު ވިދާޅުވި އެވެ.

އާހިދު ވިދާޅުވީ އެ އިންޑެކްސްގެ އެންމެ މުހިއްމު ކަމަކީ އަދި އެ އިންޑެކްސްއިން ރަނގަޅު ވަނަ އެއްގައި އޮތް ގައުމެއް ކަމަށްވާނަމަ ނުވަތަ ކޮރަޕްޝަންގެ އަމަލުތައް މަދު ގައުމެއްނަމަ އިންވެސްޓަރުން އެގައުމެއްގައި އިންވެސްޓް ކުރުމުގެ ފުރުސަތު ވަރަށް ބޮޑުވެގެންދާނެ ކަމަށެވެ. ހަމައެގޮތަށް ގައުމެއްގަ ކޮރަޕްޝަން އިތުރުވެގެންދާނަމަ އެ ގައުމެއްގައި އިންވެސްޓަރުން އިންވެސްޓް ކުރަން ޖެހިލުންވާނެ ކަމަށްވެސް އާހިދު ވިދާޅުވި އެވެ.

އާހިދު ވިދާޅުވީ ފާއިތުވެ ދިޔަ ހަތަރު އަހަރު ރާއްޖެ އެލިސްޓްގައި ނުހިމެނި އޮތީ ކޮންމެހެން ރާއްޖޭގައި ކޮރަޕްޝަން ނެތިގެން ނުވަތަ ގިނަ ވެގެން ނޫން ކަމަށާއި ކޮރަޕްޝަން އިންޑެކްސް އެކުލަވާލަނީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލުން ގަބޫލު ކުރާ ބައިނަލްއަގްވާމީ 12 ޖަމްއިއްޔާއަކުން އެކި ގައުމުތަކުގެ ކުރެވޭ ދިރާސާތަކުގެ މައްޗަށް ކަމަށެވެ. އެގޮތުން އެ 12 ޖަމްއިއްޔާއިން ކޮންމެ އަހަރެއްގައި ވެސް އެކި ގައުމުތަކުގައި ސާރވޭތަކާއި ދިރާސާތައް ކުރާނެ ކަމަށެވެ. އެގޮތުން އެ 12 ޖަމްއިއްޔާއިން ކުރާ 13 ދިރާސާއެއްގެ މައްޗަށް ބަލާފަ އޭގެ އެވްރެޖް އިންޑެކްސްއެއް ޓްރާންޕޭރަންސީ އިންޓަނޭޝަނަލުން އެކުލަވާލާ ކަމަށެވެ. އަދި ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލުން ކޮރަޕްޝަން އިންޑެކްސްގަ ގައުމުތައް ހިމެނުމަށް ގެންގުޅޭ މިންގަނޑަކީ އެތަނުން މަދުވެގެން ތިން ދިރާސާއެއް ކުރެވުނީމަ އެ ގައުމެއް ކޮރަޕްޝަން އިންޑެކްސްގަ ހިމެނުން ކަމަށެވެ. އެގޮތުން 2012 އިން 2015 އަށް ރާއްޖޭގައި ހެދިފައިއޮތީ އެތަނު ދެ ދިރާސާ ކަމަށާއި އެހެންކަމުން އެ ހަތަރު އަހަރު ރާއްޖެ ކޮރަޕްޝަން އިންޑެކްސްގަ ނުހިމެނޭ ކަމަށް އާހިދު ވިދާޅުވި އެވެ.

މިދިއަ 2016 ވަނަ އަހަރު ރާއްޖޭގައި ކޮންފައިވާ ތިން ދިރާސާއަކީ ވޯލްޑް ބޭންކުގެ ދިރާސާއަކާއި ގްލޯބަލް އިންސައިޓް އަދި ވެރައިޓީސް އޮފް ޑިމޮކްރެސީއިން ހަދާފައިވާ ތިން ދިރާސާގެ މައްޗަށް ކަމަށެވެ. އާހިދު ވިދާޅުވީ އެތިން ދިރާސާގައި މައިގަނޑު ގޮތެއްގައި ބަލާލާފައިވަނީ ކޮރަމްޝަންގެ އަމަލުތައް އޮތް މިންވަރާއި ކޮރަޕްޝަންގެ އަމަލުތައް ހިންގުމަށް ފުރުސަތު އޮތް މިންވަރުގެ މައްޗަށެވެ.

އެގޮތުން ދިރާސާ ކުރާއިރު އެގައުމެއްގައި މިނިވަން މުއައްސަސާތަކުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި މަދަނީ މަޖްއިއްޔާތަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އޮތް މިންވަރުގެ މައްޗަށާއި އަދުލްއިންސާފުގެ ދާއިރާގެ މައްޗަށް ވެސް ބަލާނެ ކަމަށް އާހިދު ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު