Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޫސްވެރިކަން

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

ނޫސްވެރިން ޖޫރިމަނާކުރީ ދައުލަތަށް ފައިސާ ހޯދުމަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2017 | އަންގާރަ 19:07
ރައީސް އަބްދުﷲ ޔާމީންް ބައެއް މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވަނީ

ރައީސް އަބްދުﷲ ޔާމީންް ބައެއް މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވަނީ

ރާއްޖޭގައި އޮންނަޖެހޭނީ ތިން ބަރު ވަކިވެފައިވާ ވަރިކަމުގެ ނިޒާމެއްކަމަށް ޤާނޫނު އަސާސީގައި ބުނިނަމަވެސް، މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓު ސަރަހައްދުގައި ހުންނަވާ ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން ފައްޔާޒު އިސްމާއިލް ވިދާޅުވީ، ރާއްޖެއިން ފެނިގެންމިދަނީ ރައީސް އަބްދުﷲ ޔާމީން ބޭނުންވާ ވައްތަރުގެ ޑިމޮކްރަސީ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ފެނިގެންދަނީ ސިލްސިލާ ގޮތެއްގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާލުމަށް ކުރަމުން އަންނަ މަސައްކަތްތައް ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި، އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލަކީވެސް އެގޮތުގެ މަތިންކުރިކަމެއް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާލުމަށް ސަރުކާރުން މަސައްކަތްކުރަނީ، ސަރުކާރުކުރާ ވައްކަންތަކާއި، ޒަރީމާތައް ފޮރުވުމަށް ކަމަށެވެ. އަދި ނޫސްވެރިކަން ކަންޓްރޯލްކުރުމަކީ، ރައީސް ޔާމީން ބެނުންވާ ޑިމޮކްރަސީ ޤާއިމްކުރުމަށް އެމަނިކުފާނު ބެނުންވާ ގޮތްކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ރާއްޖެޓީވީގެ ދެ ނޫސްވެރިންކަމަށްވާ ލީވާން އަލީ ނާސިރާއި، މުހައްމަދު ވިސާމް، ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް އިޝާރަތްކުރައްވާ ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ދެ ނުސްވެރިން ޖޫރިމަނާކުރީ ދައުލަތަށް ފައިސާކޮޅެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އެ މޭރުމުން ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ޤައުމު ދަނީ ބަނގުރޫޓުވަމުން ކަމަށާއި، ދައުލަތުގައި ފައިސާއެއް ނެތް ކަމަށެވެ. އަދި ކުރިއަށް އޮތް މަސްތަކުގައި އިތުރު ރަށްތައް ވިއްކާލުމަށް ސަރުކާރުން މިސްރާބުޖަހާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ރާއްޖޭގައި އޮންނަޖެހޭނީ ތިން ބަރު ވަކިވެފައިވާ ވަރިކަމުގެ ނިޒާމެއްކަމަށް ޤާނޫނު އަސާސީގައި ބުނިނަމަވެސް، މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް ކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތަކުގައި ތިއްބެވި ފަރާތްތައް މަސައްކަތްކުރައްވަނީ ރައީސް އަބްދުﷲ ޔާމީންގެ އައުވާނުންގެ ގޮތުގައި ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"އަބްދުﷲ ޔާމީންގެ އައުވާނުންގެ ގޮތުގައި އެ ބޭފުޅުން (މިނިވަން މުއައްސަސާތަކުގެ މެމްބަރުން) މަސައްކަތްކުރައްވަނީ. އެހެންވީމަ ވާގޮތަކީ ބުނިގޮތަކަށް ހަދަނީ. އެއީ މިއަދު ދިވެހި ރައްޔިތުންނަށް އޮޅިފައި އޮތް ކަމެއް ނޫން" ފައްޔާޒު އިސްމާއިލް ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓު ސަރަހައްދުގައި ހުންނަވާ ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ މަސައްކަތަކީ ހުރިހާ ފަރާތްތަކަށް ބިރުދެއްކުން ކަމަށެވެ. އަދި އެމަނިކުފާނު މަސައްކަތްކުރައްވަނީ، އެ ފަރާތްތަކަށް އެއްވެސް ކަމެއް ނުކުރެވޭގޮތް ހެދުމަށްފަހު ޤައުމުގައި ވެރިކަން ކުރެއްވުމަށްކަމަށް މުސްތަފާ ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި ސަރުކަރުން ހުރިހާކަމެއް ކުރަނީ ޤާނޫނުތަކާއި އެއްގޮތްވާގޮތުގެ މަތިން ކަމަށް ބުނި ނަމަވެސް ކަންތައްތައް ކުރާގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

"ދިވެހިރާއްޖޭގެ ނޫސްވެރިންނަކީ މި ދަތި ހާލުގައި، މި މިނިވަންކަމެއް ނެތި. މި ހުރިހާ މިނިވަންކަމެއް ނިގުޅައިގަނެފައި އޮތްއިރުވެސް ވަރަސް ހިތްވަރާއެކު މަސައްކަތްކުރާ ބައެއް" މުސްތަފާ ވިދާޅުވި އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު