Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮރަޕްޝަން

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ މިންވަރު ދެނެގަތުމަށް ނަގާ މި އިންޑެސްގައި ރާއްޖެއަށް ލިބިފައިވަނީ 36 ޕޮއިންޓް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2017 | ބުރާސްފަތި 13:19
ކޮރަޕްޝަން ޕާސެޕްޝަންސް އިންޑެކްސް

ކޮރަޕްޝަން ޕާސެޕްޝަންސް އިންޑެކްސް

ކޮރަޕްޝަންގެ ހާއްޔެއްގެ ގޮތުގައި ނުވަތަ ކޮރަޕްޝަނުގައި ހައްދުފަހަނަ އަޅާފައިވާ ގައުމެއްގެ ގޮތުގައި މުޅި ދުނިޔެއަށް ވެސް މަޝްހޫރުވެފައިވާ އިނޑިއާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު ކަމަށް ކޮރަޕްޝަން ޕާސެޕްޝަންސް އިންޑެސް (ސީޕީއައި) އިން ދައްކައިފިއެވެ.

ކޮރަޕްޝަން އެކުލެވިފައިވާ މިންވަރު ދެނެގަނެ، ކޮރަޕްޝަން އޮތް ކަމަށް ގައުމުތަކުގެ ރައްޔިތުން ގަބޫލުކުރާ މިންވަރު ދެނެގަތުމަށް ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް އިން ކޮންމެ އަހަރު އެކުލަވާލސީޕީއައި 2016 ގައި ރާއްޖެ އުޅެނީ ދުނިޔޭގެ އެވްރެޖަށްވުރެ ވެސް ދަށު އެވެ. އެ ގޮތުން ރާއްޖޭގެ ކޮރަޕްޝަން ގޮސްފައިވާ މިންވަރު 2016 ވަނަ އަހަރު އިންޑިޔާ އަށް ވުރެ ވެސް ބޮޑުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އިންޑިޔާ އަށް ލިބިފައިވަނީ 40 ޕޮއިންޓެވެ. ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ މިންވަރު ދެނެގަތުމަށް ނަގާ މި އިންޑެސްގައި ރާއްޖެއަށް ލިބިފައިވަނީ 36 ޕޮއިންޓެވެ. މުޅި ދުނިޔޭގެ އެވްރެޖަށް ބަލާ އިރު އުޅެނީ 43 ޕޮއިންޓްގަ އެވެ.

Advertisement - newsAdvertisement

ފާއިތުވެދިޔަ ހަތަރު އަހަރު ރާއްޖެއިން މި އިންޑެކްސްގައި ބައިވެރިވެފައިނުވާ އިރު އެންމެ ފަހުން ރާއްޖެއިން މި އިންޑެކްސްގައި ބައިވެރިވެފައިވަނީ 2011 ވަނަ އަހަރު އެވެ. އެހެންނަމަވެސް އޭރު ޕޮއިންޓް ދިނުމުގައި ބޭނުންކުރާ ގޮތާއި އެއަހަރަށް ފަހު ޕޮއިންޓް ދިނުމުގައި ގެންގުނު ގޮތްތައް ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން 2011 ވަނަ އަހަރު ޕޮއިންޓް ދިނުމުގައި ބޭނުންކޮށްފައިވަނީ 10 އަކުން 0 ހަމައަށް ޕޮއިންޓް ދިނުމުގެ އުސޫލެކެވެ. އެހެން ނަމަވެސް މިހާރު ޕޮއިންޓް ދިނުމުގައި ގެންގުޅެނީ 100 އާއި 0 ދެމެދުގެ މިންގަނޑެކެވެ. އެގޮތުން 100 އެއީ ކޮރަޕްޝަން އެއްވެސް ވަރަކަށް ނެތް ގައުމުތަކުގެ ގޮތުގައި ކަނޑައެޅޭ އިރު ލިބޭ އަދަދު ދައްވުމުން ކޮރަޕްޝަން މަތި ކަމަށް ކަނޑައެޅޭނެ އެވެ.

ސީޕީއައި އިން 100 އިން 36 ޕޮއިންޓް 2016 ވަނަ އަހަރު ލިބުނު އިރު ރާއްޖެ އަދިވެސް މިއޮތީ ކޮރަޕްޝަން މަތީ ގައުމުތަކުގެ ލިސްޓުގަ އެވެ. ކޮރަޕްޝަނުގައި ރާއްޖޭގެ ރޭންކް އުޅެނީ 95 ވަނައިގަ އެވެ.

އެހެން ނަމަވެސް 2011 ވަނަ އަހަރު ރާއްޖޭގެ ރޭންކިން އެއަށްވުރެ ވެސް ދަށެވެ. އެގޮތުން އޭރު ރޭންކިން އުޅެނީ 134 ވަނައިގަ އެވެ.

މި ސަރަހައްދުގެ އެހެން ގައުމުތަކަށް ބަލާ އިރު ސްރީލަންކާ އަށް ވެސް ލިބިފައިވަނީ 36 ޕޮއިންޓެވެ. ބަގްލަދޭޝް އަށް 26 ޕޮއިންޓް ލިބުނު އިރު ނޭޕާލް އަށް ލިބިފައިވަނީ 29 ޕޮއިންޓެވެ. އަދި ޕާކިސްތާނަށް 32 ޕޮއިންޓް ލިބުނު އިރު ބޫޓާން އަށް 65 ޕޮއިންޓް ވަނީ ލިބިފަ އެވެ. ސާކް ގައުމުތަކުގެ އެންމެ ފުލުހުގައި އުޅެނީ 15 ޕޮއިންޓާ އެކު އަފްޣާނިސްތާނެވެ.

ސީޕީއައިގެ މުޅި ދުނިޔޭގެ ނަތީޖާ އަށް ބަލާ އިރު އެންމެ ކޮރަޕްޝަން މަދު ގައުމަކަށް ހޮވިފައިވަނީ 90 ޕޮއިންޓާ އެކު ޑެންމާކާއި ނިއުޒިލެންޑެވެ. އަދި ދުނިޔޭގެ އެންމެ ފުލުހުގައި އުޅެނީ 10 ޕޮއިންޓާ އެކު ސޯމާލިޔާ އެވެ.

ދުނިޔޭގެ މަޝްހޫރު އެހެން ގައުމުތަކަށް ބަލާ އިރު ސައުދީ އަރަބިއްޔާ އުޅެނީ 46 ޕޮއިންޓާ އެކު ދުނިޔޭގެ 62 ވަނައިގައެވެ. ޗައިނާ 40 ޕޮއިންޓާ އެކު 79 ވަނައިގާ އޮތް އިރު އިގިރޭސިވިލާތް އޮތީ 81 ޕޮއިންޓާ އެކު ދުނިޔޭގެ 10 ވަނައިގަ އެވެ. އަދި އެމެރިކާ އުޅެނީ 74 ޕޮއިންޓާ އެކު 18 ވަނައިގަ އެވެ.

ސީޕީއައި އަކީ 1995 އަހަރުން ފެށިގެން ގައުމުތަކުން އެގައުމުތަކުން ކޮރަޕްޝަން އޮތް މިންވަރާ މެދު ދެކޭ ގޮތް ބެލުމަށް ޓްރާންސް ޕޭރެންސީ އިންޓަނޭޝަނަލް އިން ނަގާ އިންޑެކްސް އެކެވެ. އެންމެ ފަހުން ނެގި އިންޑެކްސްގައި 176 ގައުމު ރޭންކިނަށް ވެއްޓެއެވެ.

ސީޕީއައިގެ ތަފާސް ހިސާބުތަކަށް ބަލާ އިރު އާއްމު ގޮތެއްގައި ތަރައްގީވެފައިވާ ގައުމުތަކުގައި ކޮރަޕްޝަން މަދު ކަމަށް ގަބޫލު ކުރާ އިރު މި ލިސްޓުގެ އެންމެ ފުލުގައި އުޅެނީ ތަރައްގީ ވަމުން އަންނަ ގައުމުތަކާއި ފަގީރު ގައުމުތަކެވެ.

ރާއްޖެއިން މި ލިސްޓުގައި މިދިޔަ ހަތަރު އަހަރު ބައިވެރިވެފައިނުވާ އިރު ރާއްޖޭގައި މިހާތަނަށް ހިންގިކަން ފަޅާ އެރި އެންމެ ބޮޑު އެއް ހިޔާނާތް ކަމުގައިވާ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ އަމަލު ހިނގާފައިވާކަން ފަޅާ އެރި އަހަރު ރާއްޖެއިން މި އިންޑެކްސްގައި ބައިވެރިވެފައެއް ނުވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު