Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަަރަބިއްޔާ-ހޫޘީންގެ ކުރިމަތިލުން

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

13 އޮކްޓޯބަރު 2026 | އަންގާރަ 02:55

ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާގެ އެއާޕޯޓުތަކަށް ދޭ ހަމަލާތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. މި ހަމަލާތަކުގައި ގިނަ ބަޔަކު މަރުވެ އާންމު ދަތުރުފަތުރަށް ބުރޫއަރަމުންދާއިރު، މިއީ 2022 ވަނަ އަހަރު އދ. މެދުވެރިވެގެން ގާއިމުކުރި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށްފަހު ހަމަލާތައް މިހާރު ވަރުގަދަވެފައިވާ ދަނޑިވަޅެއް. ސައުދީން މި ހަނގުރާމައިގެ ތެރެއަށް ވަނީ ޔަމަނުގެ ގާނޫނީ ސަރުކާރަށް ތާއީދުކޮށް 2015 ވަނަ އަހަރުގައި

ނިއުސް ޓީމް
ނިއުސް ޓީމް | 13 އޮކްޓޯބަރު 2026 | އަންގާރަ 02:55
ސައުދީ އަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ

ސައުދީ އަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ | އަނަދޮލު އޭޖެންސީ

ސައުދީ އަރަބިއްޔާއިން އިސްވެ އުފައްދާފައިވާ އަސްކަރީ އިއްތިހާދުން ޔަމަނުގެ ހަތިޔާރުއެޅި ހޫޘީ ޖަމާއަތާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ ކެމްޕޭނުގައި ބައިވެރިވެ އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޔަހޫދީ އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އެ ކަމަށް އިންކާރު ކުރައްވައިފި އެވެ. އެމެރިކާ މެދުވެރިވެގެން ރިޔާޟުގެ ރުހުން ހޯދުމަށް އިސްރާއީލުން މަސައްކަތްކުރި ނަމަވެސް، މި ހުށަހެޅުން ވަލީއަޙުދު ގަބޫލުފުޅު ނުކުރެއްވި ކަމަށް، އިސްރާއީލްގެ ނޫހެއް ކަމަށްވާ ހައާރެޓްޒްއިން ހޯމަ ދުވަހު ރިޕޯޓުކޮށްފައިވެ އެވެ.

އިސްރާއީލްގެ އަސްކަރީ އެހީތެރިކަމަށް ވަލީއަޙުދު ޝައުގުވެރިވެވަޑައިނުގަންނަވަނީ، އިސްރާއީލާއެކު ގުޅުން ބަދަހިކޮށްފިނަމަ ސައުދީ ރައްޔިތުންގެ ފަރާތުން ނުރަނގަޅު އަސަރުތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށް، ނަން ހާމަކޮށްފައިނުވާ ޑިޕްލޮމެޓިކް މަސްދަރަކާ ހަވާލާދީ އެ ނޫހުގައި ބުންޏެވެ. އަދި، ސައުދީ އަރަބިއްޔާއާއެކު އަސްކަރީ ގޮތުން ގުޅުން ބަދަހިކުރުމަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަވެ، މުސްތަގުބަލުގައި ގުޅުން ގާއިމުކުރުމުގެ އެއްބަސްވުމަކަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް އިސްރާއީލުން އުއްމީދުކުރާ ކަމަށް، މިކަމުގެ މައުލޫމާތު އެނގޭ އެހެން މަސްދަރަކުން ބުންޏެވެ.

Advertisement - worldAdvertisement

މި ރިޕޯޓާ ގުޅިގެން ސައުދީގެ ކަމާބެހޭ ފަރާތްތަކުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ސައުދީ އަރަބިއްޔާއިން އިސްރާއީލާއެކު އެއްވެސް ޑިޕްލޮމެޓިކް ގުޅުމެއް ގާއިމުކޮށްފައެއް ނުވެ އެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި ގުޅުން ގާއިމުކުރުން ބިނާވެފައި ވަނީ ފަލަސްތީންގެ މައްސަލަ ހައްލުކުރުމާއި، ފަލަސްތީންގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ މައްޗަށް ކަމަށް، ސައުދީން ދަނީ ބުނަމުންނެވެ.

މި ރިޕޯޓު އާންމުވެފައި މި ވަނީ، ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ހޫޘީން ދެމުންގެންދާ ހަމަލާތައް އިތުރުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. މި ގޮތުން، އެއާޕޯޓުތަކަށް ތަކުރާރުކޮށް ދެމުންދާ ހަމަލާތަކުގައި މީހުންގެ ފުރާނަ ގެއްލި، މީހުންނަށް އަނިޔާވެ، ފްލައިޓްތަކަށް ވަނީ ބުރޫއަރާފަ އެވެ. ހޮނިހިރު ދުވަހު ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހޫޘީން ދިން ހަމަލާއެއްގައި 13 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އާދީއްތަ ދުވަހު ހަމަ އެ އެއާޕޯޓަށް ދިން އިތުރު ހަމަލާއެއްގައި ޕާކިސްތާނުގެ ރައްޔިތަކު މަރުވެ، އިތުރު 11 މީހަކަށް އަނިޔާވެފައިވާ ކަމަށް، ސައުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަނުން ބުންޏެވެ.

މި ހަމަލާތައް އިތުރުވާން ފަށާފައި ވަނީ، 2022 ވަނަ އަހަރުގެ އެޕްރީލު މަހު އދ. މެދުވެރިވެގެން ގެނައި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށްފަހު، ޖުލައި މަހު ހޫޘީންގެ އަސްކަރީ ހަރަކާތްތައް އަނެއްކާ ވެސް ވަރުގަދަކުރުމުންނެވެ. ޔަމަނުގައި އަހުލީހަނގުރާމަ ފެށިފައި ވަނީ، 2014 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ހޫޘީން ވެރިރަށް ޞަންޢާއާއި އިތުރު ބައެއް ޕްރޮވިންސްތައް ހިފުމާ ގުޅިގެންނެވެ. އޭގެ ފަހުން، 2015 ވަނަ އަހަރުގެ މާރިޗު މަހު ސައުދީ އަސްކަރީ އިއްތިހާދުން ވަނީ، ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ސަރުކާރަށް ތާއީދުކޮށް، މި ހަނގުރާމައިގެ ތެރެއަށް ވަދެފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

އިސްރާއީލްޔަމަންހޫޡީފަލަސްތީނުސައުދީ އަރަބިއްޔާޒަޔަނިސްޓް

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2026

ރިޔާޟު އެއާޕޯޓަށް ނުރައްކާ ބޮޑުވެ އަރަބި އެއާލައިންތަކުން ސައުދީއަށް ކުރާ ގިނަ ދަތުރުތަކެއް މެދުކަނޑާލައިފި

13 އޮކްޓޯބަރު 2026
ރިޔާޟު އެއާޕޯޓަށް ނުރައްކާ ބޮޑުވެ އަރަބި އެއާލައިންތަކުން ސައުދީއަށް ކުރާ ގިނަ ދަތުރުތަކެއް މެދުކަނޑާލައިފި
13 އޮކްޓޯބަރު 2026

ހޫޘީންގެ ބެލިސްޓިކް މިސައިލެއް ސައުދީން ވައްޓާލައިފި، އެއާޕޯޓުތަކަށް ހަމަލާދިން ކަމަށް ހޫޘީން ބުނޭ!

13 އޮކްޓޯބަރު 2026
ހޫޘީންގެ ބެލިސްޓިކް މިސައިލެއް ސައުދީން ވައްޓާލައިފި، އެއާޕޯޓުތަކަށް ހަމަލާދިން ކަމަށް ހޫޘީން ބުނޭ!
12 އޮކްޓޯބަރު 2026

ހޫޘީން ދެމުންދާ ހަމަލާތަކާއެކު ސައުދީގެ ވައިގެ ދަތުރުފަތުރުތައް ހުއްޓުމަކަށް، މަދަރުސާތައް ވެސް ބަންދު!

12 އޮކްޓޯބަރު 2026
ހޫޘީން ދެމުންދާ ހަމަލާތަކާއެކު ސައުދީގެ ވައިގެ ދަތުރުފަތުރުތައް ހުއްޓުމަކަށް، މަދަރުސާތައް ވެސް ބަންދު!
12 އޮކްޓޯބަރު 2026

ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރަން އެމެރިކާގެ އެއްބާރުލުން މުހިންމު: އީޔޫ

12 އޮކްޓޯބަރު 2026
ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރަން އެމެރިކާގެ އެއްބާރުލުން މުހިންމު: އީޔޫ
12 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫޢު: "ރައީސް މުއިއްޒާއި އޭނާގެ ވަޒީރު މުއްތަލިބުގެ އަމިއްލަ ޒާތީ މުއްސަނދިކަން އިތުރުކުރަން، ދިވެހި ދައުލަތް ޒައިނިސްޓުންނަށް ތާއަބަދަށް ހިބަކޮށްދޭތަން ބަލަން ރުހިގެން ނުތިބޭނަން"

12 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫޢު: "ރައީސް މުއިއްޒާއި އޭނާގެ ވަޒީރު މުއްތަލިބުގެ އަމިއްލަ ޒާތީ މުއްސަނދިކަން އިތުރުކުރަން، ދިވެހި ދައުލަތް ޒައިނިސްޓުންނަށް ތާއަބަދަށް ހިބަކޮށްދޭތަން ބަލަން ރުހިގެން ނުތިބޭނަން"
12 އޮކްޓޯބަރު 2026

އެއާޕޯޓުތަކަށް ދެމުންދާ ހަމަލާތައް އިތުރުވެފައިވަނިކޮށް، ހޫޘީންގެ މިސައިލެއް ސައުދީން ދިފާއުކޮށްފި

12 އޮކްޓޯބަރު 2026
އެއާޕޯޓުތަކަށް ދެމުންދާ ހަމަލާތައް އިތުރުވެފައިވަނިކޮށް، ހޫޘީންގެ މިސައިލެއް ސައުދީން ދިފާއުކޮށްފި
12 އޮކްޓޯބަރު 2026

ހުރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން ބޮޑުވެ، ތިންވަނަ ތެޔޮ ޓޭންކަރެއް މައިނެއްގައި ޖެހި ރޯވެއްޖެ

12 އޮކްޓޯބަރު 2026
ހުރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން ބޮޑުވެ، ތިންވަނަ ތެޔޮ ޓޭންކަރެއް މައިނެއްގައި ޖެހި ރޯވެއްޖެ
12 އޮކްޓޯބަރު 2026

ސައުދީ އަރަބިއްޔާގެ ވެރިރަށަށް ދިން ވަރުގަދަ ހަމަލާއެއްގައި އެކަކު މަރުވެ 11 މީހަކަށް އަނިޔާވެއްޖެ

12 އޮކްޓޯބަރު 2026
ސައުދީ އަރަބިއްޔާގެ ވެރިރަށަށް ދިން ވަރުގަދަ ހަމަލާއެއްގައި އެކަކު މަރުވެ 11 މީހަކަށް އަނިޔާވެއްޖެ
11 އޮކްޓޯބަރު 2026

އީރާނުގެ ބަނދަރަކުން ފުރަން އުޅުނު އާގުބޯޓަކަށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާދީފި

11 އޮކްޓޯބަރު 2026
އީރާނުގެ ބަނދަރަކުން ފުރަން އުޅުނު އާގުބޯޓަކަށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާދީފި
11 އޮކްޓޯބަރު 2026

20 އަހަރަށްފަހު ފަލަސްތީނުގައި ބާއްވަން އުޅުނު އިންތިޚާބު އަނެއްކާ ވެސް ފަސްކޮށްފި

11 އޮކްޓޯބަރު 2026
20 އަހަރަށްފަހު ފަލަސްތީނުގައި ބާއްވަން އުޅުނު އިންތިޚާބު އަނެއްކާ ވެސް ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް