Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮރަޕްޝަން

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

ޑިމޮކްރެސީ ދަށަށްދާނަމަ ކޮރަޕްޝަން އިތުރުވާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 2 ފެބުރުއަރީ 2017 | ބުރާސްފަތި 03:04
ޓްރާންޕޭރަންސީ މޯލްޑިވްސްގެ ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރ އާހިދު ރަޝީދު --

ޓްރާންޕޭރަންސީ މޯލްޑިވްސްގެ ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރ އާހިދު ރަޝީދު --

ރާއްޖެއިން ކޮރަޕްޝަން ހުއްޓުވުމަށް ނުވަތަ މަދު ކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތުގެ ވެރިންގެ މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު ކަމަށް ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލްއިން ބުނެފި އެވެ.

ބުދަ ދުވަހުގެ ރޭ ރާއްޖެޓީވީ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޓްރާންޕޭރަންސީ މޯލްޑިވްސްގެ ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރ އާހިދު ރަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަދި ކޯޓުތަކުގެ ފަނޑިޔާރުންގެ އިތުރުން ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ވެރިންގެ މާލީ ބަޔާންތައް އާއްމު ކުރުމަކީ ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ނުވަތަ މަދުކުރުމަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

އާހިދު ވިދާޅުވީ ރާއްޖޭގަ ކޮރަޕްޝަން އިންތިހާއަށް އޮތްއިރު، ދައުލަތުގެ އިދާރާތަކުގެ ވެރިންގެ މާލީ ބަޔާންތައް ހުށަހަޅަންޖެހޭ ފަރާތަށް ހުށަހެޅިތޯ ނުވަތަ ނޫންތޯ ވެސް ބަލާލެވެން ނެތް ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާންތައް ހުށަހެޅިތޯ ބަލާލެވޭނެ ފަސޭހަ ގޮތެއް ނެތް ކަމަށާއި އަދި އެބަޔާންތައް މަޖިލީހުން ޗެކް ކޮށްފައިވޭތޯ ވެސް ބަލާލެވޭނެ ގޮތެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި ރާއްޖޭގައި ނޫސްވެރިންނަށް ހުރި ގޮންޖެހުންތަކުގެ ތެރެއިން އެކަންކަން ބެލުމަކީ ވެސް ފަސޭހަކަމެއް ނޫން ކަމަށެވެ.

އާހިދު ވިދާޅުވީ ކޮރަޕްޝަންގެ އަމަލުތައް އިންތިހާއަށް ހިންގަމުންދާއިރު، އެމައްސަލަތަކުގެ ތަހުގީގު ލަސްވަމުންދާކަމީ ވެސް ކޮރަޕްޝަން މަދު ކުރުމަށް އޮތް ހުރަހެއް ކަމަށެވެ. އެގޮތުން 2015 ވަނަ އަހަރު މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ތެރެއިން 1.22 ބިލިއަން ރުފިޔާގެ ހިޔާނާތެއް ހިންގާފައިވާއިރު، އެމައްސަލައިގެ ތަހުގީގު މިއަދާ ހަމައަށް ވެސް ނުނިމި ދިގުލައިގެން ގޮސްފައިވާ ކަމަށެވެ.

އާހިދު ވިދާޅުވީ ކޮރަޕްޝަންގެ އަމަލުތަކުގެ ތަހުގީގު ލަސްވުމަކީ ރައްޔިތުންގެ އިތުބާރު ގެއްލޭ ކަމެއް ކަމަށާއި ދައުލަތުގެ އިދާރާތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލުމަކީ ރާއްޖެ ނުރައްކާތެރި ފައްތަރެއްގަ އޮތްކަން ރަމްޒިކޮށްދޭ ކަމެއް ކަމަށެވެ. ޑިމޮކްރެސީ ނެތެމުންދާ ނަމަ ކޮރަޕްޝަންގެ އަމަލުތައް ނުހުއްޓި ދަނީ އިތުރުވަމުން ކަމަށް ވެސް އާހިދު ވިދާޅުވި އެވެ.

އާހިދު ވިދާޅުވީ ޓްރާންޕޭރަންސީ މޯލްޑިވްސްއިން 2013 ވަނަ އަހަރާއި 2015 ވަނަ އަހަރު ދެ ސާރވޭއެއް މުޅި ރާއްޖޭގައި ހިންގި ކަމަށާއި އެ ދެ ސާރވޭއިން ވެސް އެންމެ ބޮޑަށް ފާހަގަވީ ރައްޔިތުން މަޖިލީހަށް ރައްޔިތުން އިތުބާރު ނުކުރުން ކަމަށެވެ. އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް އާހިދު ވިދާޅުވި އެވެ.

އާހިދު ވިދާޅުވީ މަގާމެއް ލިބުމާއެކު އެ މީހާ ކުއްލިއަކަށް ބޮޑު މުއްސަންޖަކަށްވުމުން، އޭނާއަށް އެ މުއްސަނދިކަން ލިބުނި ގޮތް ބެލޭ ގޮތެއް ރާއްޖޭގައި ނެތް ކަމަށެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ

06 މާރިޗު 2017
ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު