Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް

އެފްއޭއެމުން ނިންމީ ތާކުންތާކު ނުޖެހޭ ޒާތީ ނިންމުމެއް: ނިއުރޭޑިއަންޓް

2016 ވަނަ އަހަރަށްފަހު ނިއުއަށް އެފްއޭއެމުން ފައިސާ ދޫނުކުރޭ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2019 | އާދީއްތަ 05:07
ނިއުގެ ބޯޑުގައި ހިމެނޭ ބޭފުޅުން

ނިއުގެ ބޯޑުގައި ހިމެނޭ ބޭފުޅުން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމުން) ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ސަސްޕެންޑުކުރަން ނިންމި ނިންމުމަކީ ތާކުންތާކު ނުޖެހޭ ޒާތީ ނިންމުމެއް ކަމަށް އެކްލަބުން ބުނެފިއެވެ.

ނިއު އިން ނެރުނު ބަޔާނެއްގައި ބުނީ، އެއްވެސް އިންޒާރު ދިނުމެއް ނެތި، އެފްއޭއެމުން އެ ކްލަބް ސަސްޕެންޑުކުރަން ނިންމި ނިންމުމަކީ ހަރުކަށި، ތާކުންތާކު ނުޖެހޭ ނިންމުމެއް ކަމަށާއި، އެ ނިންމުން ބަލައިނުގަންނާނެ ކަމަށެވެ.

އެފްއޭއެމުން ނިއު ސަސްޕެންޑުކުރީ މިދިޔަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ހަމައަށް އެ ކްލަބުގެ ކުޅުންތެރިންނަށް ދޭންޖެހޭ 3.8 މިލިއަން ރުފިޔާއަށްވާ މުސާރަ އާއި އުޖޫރަ ދީފައިނުވާ ކަމަށް ބުނެއެވެ.

އެގޮތުން އެ އިދާރާ އިން ބުނީ، އެފްއޭއެމްގެ ހިންގާ ގަވައިދުގެ 14 ވަނަ މާއްދާ އިން އެފްއޭއެމްގެ ހިންގާ ކޮމިޓީއަށް ލިބިދޭ ބާރުތަކުގެ ތެރެއިން ނިއު އިން މުސާރައިގެ މައްސަލަ ހައްލުކޮށް، އެ ކްލަބުން ދައްކަންހުރި ހުރިހާ ފައިސާ އާއި އުޖޫރަ ދައްކާ ހަލާސްކުރުމާ ހަމަޔަށް އެފްއޭއެމްއިން ހިންގާ ހުރިހާ ކަންކަމުން ސަސްޕެންޑުކުރެވިފައިވާ ކަމަށެވެ.

ނަމަވެސް ނިއު އިން ބުނީ، 2016 ވަނަ އަހަރުން ފެށިގެން އެފްއޭއެމުން އެ ކްލަބަށް ދޭންޖެހޭ ފައިސާ މިއަދާ ހަމަޔަށްވެސް ލިބިފައިނުވާ ކަމަށާއި، މި ފިޔަވަޅަކީ އެފްއޭއެމުން އަމަލުކުރަމުންދާ ގޮތުން ދިވެހި ފުޓުބޯޅައަށް ލިބެމުންދާ އިޔާދަނުކުރެވޭ ގެއްލުންތަކުގެ ސަބަބުން އެ ކްލަބުން އިސްވެ އޮވެ ފުރަތަމަ ޑިވިޝަންގެ އެއް ކްލަބް ފިޔަވައި އެހެން ހުރިހާ ކްލަބަކާއި، ދެވަނަ އަދި ތިންވަނަ ޑިވިޝަނުގެ ގިނަ ކްލަބްތަކެއް ހިމެނޭގޮތަށް އެފްއޭއެމްގެ ކޮންގްރެސްއެއް ބާއްވަން މަސައްކަތްކުރާތީ އެޅި ޒާތީ ފިޔަވަޅެއްކަމަށް ދެކޭ ކަމަށެވެ.

ނިއު އިން ބުނީ މި މަހުގެ 23 ވަނަ ދުވަހު އެފްއޭއެމްގެ ޕްލޭޔާސް ސްޓޭޓަސް ކޮމިޓީއަށް އެ ކްލަބް ހާޒިރުކުރި ކަމަށާއި، އެ ކޮމިޓީން އެދިފައިވަނީ ކުޅުންތެރިންގެ މުސާރަ ނިންމުމަށް ކްލަބުން ޕްލޭން ކޮށްފައިވާ ގޮތާއި، އަދި އޭގެ ތަފްސީލް ކުރިޔަށް އޮތް ހަފްތާ ތެރޭގައި އެފްއޭއެމްއަށް ލިޔުމަކުން އެންގުމަށް ކަމަށެވެ.

މީގެއިތުރުން އެ ބައްދަލުވުމުގައި ކޮމިޓީގެ އޮފިޝަލުން ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބެއް ފިޔަވާ އެހެން ހުރިހާ ކްލަބަކުންވެސް މުސާރަ ނުދިނުމުގެ މައްސަލަ އެ ކޮމިޓީއަށް ހުށަހެޅިފައިވާ ކަމަށާއި، އޭގެ ތެރޭގައި ނިއުގެ މުސާރައަށްވުރެ ގިނަ ދުވަސްވީ ކްލަބްތަކާއި، ގިނަ ކުޅުންތެރިންގެ މުސާރައިގެ މައްސަލަ ހުރި ކްލަބްތައްވެސް ހިމެނޭކަން ފާހަގަކޮށްފައި ކަމަށެވެ. އަދި ކުޅުންތެރިންނަށް ނުދެވިފައިވާ މުސާރަ ދިނުމަށް ކްލަބުން ކުރަމުންދާ މަސައްކަތް ކޮމިޓީއާ ހިއްސާކުރުމުން، ކޮމިޓީން ވަނީ އެކަމަށް ތައުރީފުކޮށްފައި ކަމަށްވެސް ނިއުއިން ބުނިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކްލޮމްއާ ދެމެދު އެއްވެސް މައްސަލައެއް ނުޖެހޭ: މާނޭ

ކްލޮމްއާ ދެމެދު އެއްވެސް މައްސަލައެއް ނުޖެހޭ: މާނޭ

28 ނޮވެމްބަރު 2017
ޕީއެސްޖީއާ މެދު ނޭމާ ހިތްހަމަނުޖެހޭ

ޕީއެސްޖީއާ މެދު ނޭމާ ހިތްހަމަނުޖެހޭ

08 ނޮވެމްބަރު 2017
އެފްއޭއެމުން މާޒިޔާގެ ތިން އޮފިޝަލަކަށް ފިޔަވަޅު އަޅައިފި

އެފްއޭއެމުން މާޒިޔާގެ ތިން އޮފިޝަލަކަށް ފިޔަވަޅު އަޅައިފި

06 ޖުލައި 2017
ޕާފޯމެންސް މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ނިއުގެ ކޯޗު މަގާމުން ވަކިކޮށްފި

ޕާފޯމެންސް މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ނިއުގެ ކޯޗު މަގާމުން ވަކިކޮށްފި

24 ޖޫން 2017
ޗެލްސީގައި މަޑުކުރަން ނިންމީ ކޯޗާ މަޝްވަރާ ކުރުމަށް ފަހު: ކަންޓޭ

ޗެލްސީގައި މަޑުކުރަން ނިންމީ ކޯޗާ މަޝްވަރާ ކުރުމަށް ފަހު: ކަންޓޭ

16 ޖޫން 2017

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު