Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނިއުރޭޑިއަންޓް

ބަލި ގަބޫލު ކުރަން، ނަމަވެސް ރެފްރީގެ ނިންމުންތަކާމެދު ހިތްހަމައެއް ނުޖެހޭ: ޓަވަރޭޒް

ޓަވަރޭޒް ވަނީ މާޒިޔާއަށް މަރުހަބާ ކިޔާފައި

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 13 އެޕްރީލު 2017 | ބުރާސްފަތި 20:15
ނިއު އާއި މަޒިޔާ ބައްދަލުކުރި މެޗަށްފަހު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން

ނިއު އާއި މަޒިޔާ ބައްދަލުކުރި މެޗަށްފަހު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން

ކުޅިވަރަކީ އޭގައި މޮޅާއި ބަލި އެކުލެވޭ އެއްޗެއް ކަމަށާއި އެހެން ނަމަވެސް މެޗުގައި ރެފްރީގެ ނިންމުންތައް އެހާ ރަނގަޅު ނޫން ކަމަށް ބުނެ ނިއު ރޭޑިއަންޓުގެ ކޯޗް ބެނާޑޯ ޓަވަރޭޒް ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.

މާލޭ ލީގުގައި މާޒިޔާ އަތުން 1-2 އިން ބަލިވި މެޗަށްފަހު ކޯޗު ޓަވަރޭޒް ބުނީ މި މެޗުގައި ހުރިހާ ކުޅުންތެރިންވެސް ވަރަށް ހިތްވަރު ކުރި ކަމަށާ ކުޅުންތެރިން ދެއްކި ކުޅުމާމެދު ފަޚުރުވެރި ވާ ކަމަށެވެ. ނަމަވެސް މިއީ ލީގުގައި ނިއުރޭޑިއަންޓު ބައްޔަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރުކަމުން، އެކަމާ ދެރަވާ ކަމަށްވެސް ކޯޗު ވަނީ ބުނެފަ އެވެ.

ކޯޗު ބުނީ މެޗުން ބަލިވީ ސީދާ ވަކި ސަބަބަކާ ހުރެއޭ ބުނަން ބޭނުން ނުވާ ކަމަށާއި ނަމަވެސް މެޗުގައި ރެފްރީގެ ނިންމުންތަކާމެދު ހިތްހަމަ ނުޖެހޭ ކަމަށެވެ. އެގޮތުން ކޯޗު ވަނީ އެޓީމަށް ޕެނަލްޓީއެއްވެސް ލިބެން ޖެހޭ ކަމަށް ބުނެފަ އެވެ.

ކޯޗު ބުނީ މެޗުގެ ފަހު ހާފުގެ ތެރޭގައި އޭރިއާގެ ތެރެއިން މަޒިޔާގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުނު ކަމަށާ، އޭނާގެ ނަޒަރުގައި އެއީ ޕެނަލްޓީއެއް ކަމަށެވެ. ނަމަވެސް ކޯޗުބުނީ އޭނާ ރެފްރީގެ ނިންމުންތަކަށް އިހުތިރާމް ކުރާ ކަމަށެވެ.

މީގެ އިތުރުންވެސް މާޒިޔާގެ ބައެއް ކުޅުންތެރިން ބޮލުން ޖަހާ ވަގުތު އުޅަނބޮށި ދިއްކުރާ ކަމަށާ އެފަދަ ދަނޑިވަޅުތަކުގައި ރެފްރީ އެކަމަށް ފިޔަވަޅު ނާޅާނަމަ ފަހުން އެކުޅުންތެރިންނަށް އެކަމުގެ ހިތި ނަތީޖާ އާއި ކުރިމަތިލާން ޖެހޭނެ ކަމަށްވެސް ކޯޗު ވަނީ ބުނެފަ އެވެ.

ކޯޗު ބުނީ މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއްވެސް އެޓީމަށް ލިބި ބޭކާރުވެފައިވާ ކަމަށެވެ. ނަމަވެސް މިއީ ފުޓުބޯޅަ ކަމަށާ ފުޓުބޯޅާގައި ބައްޔާއި މޮޅާވެސް ކުރިމަތިލާން ޖެހޭނެ ކަމަށް ކޯޗު ވަނީ ބުނެފަ އެވެ. އެހެންކަމުން މެޗު ދިޔަ ގޮތާމެދު ހިތްހަމަ ޖެހޭ ކަމަށް ކޯޗު ބުނެޏެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު