Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާ - ޕީއެސްޖީ

ޕީއެސްޖީއާ މެދު ނޭމާ ހިތްހަމަނުޖެހޭ

ނޭމާ ޕީއެސްޖީއަށް ބަދަލުވީ 222 މިލިއަން ޔޫރޯއަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 8 ނޮވެމްބަރު 2017 | ބުދަ 13:54
ޕީއެސްޖީ އަށް ލަނޑެއް ޖަހައިދިނުމަށްފަހު ނޭމާ އުފާ ފާޅު ކުރަނީ

ޕީއެސްޖީ އަށް ލަނޑެއް ޖަހައިދިނުމަށްފަހު ނޭމާ އުފާ ފާޅު ކުރަނީ

ފްރާންސްގެ ޕީއެސްޖީއަށް ކުޅުމާއި މެދު ނޭމާ ހިތްހަމަނުޖެހޭ ކަމަށް ފްރާންސްގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ސްޕެއިންގެ ބާސެލޯނާއިން ދުނިޔޭގެ ރެކޯޑު ފީ އެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށް ޕީއެސްޖީއަށް ބަދަލުވި ނޭމާ، އެ ޓީމުގެ ކޯޗު އުނައި އެމެރީއާ މެދު ހިތްހަމަނުޖެހޭ ކަމަށް ފްރާންސްގެ އެންމެ މަޝްހޫރު ފުޓްބޯޅަ ނޫސް 'އެލްއިކުއުޕޭ' އިން ވަނީ ރިޕޯޓުކޮށްފައެވެ. ޕީއެސްޖީގެ ފަރާތުން މި ސީޒަނުގައި މޮޅު ކުޅުމެއް ފެންނަމުންދާއިރު އެ ޓީމު މިވަގުތު އޮތީ ފްރެންޗް ލީގުގެ އެއްވަނައިގައެވެ. ހަމައެހެންމެ އެ ޓީމް ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕު ފިޔަވަހީގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބު ކޮށްފައެވެ.

އެހެނަސް 'އެލްއިކުއިޕޭ' އިން ރިޕޯޓުކޮށްފައިވަނީ ޕެނަލްޓީ ޖެހުމުގެ ޒިންމާތައް އެޑިންސަން ކަވާނީ އާއި ހަވާލު ކުރުމުންނާއި އެމެރީ ފަރިތަކުރުންތައް ކުރިޔަށް ގެންދާ ގޮތާއިމެދު ނޭމާ ހިތްހަމަނުޖެހޭ ކަމަށެވެ. އެގޮތުން އެންމެ ފަހުން ޕީއެސްޖީ ކުޅުނު މެޗުގައި ނޭމާއަށް އެޓީމުން ފުރުސަތު ދީފައި ނުވަނީ އޭނާ އެމެރީއާ މެދު ހިތްހަމަނުޖެހިގެން ފަރިތަކުރުންތައް ދޫކޮށް ދިޔުމުން ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. އަދި އެމެރީގެ ވީޑިއޯ ސެޝަންތަކާއި މެދު ވެސް ނޭމާ ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓުތަށް ބުނެއެވެ.

ހަމައެހެންމެ ކޯޗުގެ އިރުޝާދުތައް އަޑުއަހަން ބޭނުންނުވާ ކަމަށާއި، އޭނާއަށް ކޯޗުގެ ނުފޫޒު ނުފޯރުވުމަށް ނޭމާ ބުނެފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ. މީގެއިތުރުން ޕީއެސްޖީއާ ދެކޮޅަށް ލީގުގައި ނުކުންނަނީ ދަށް ޓީމުތަކެއް ކަމަށާއި، އަދި މެޗު ބެލުމަށް ދަނޑަށް ވަންނަ ސަޕޯޓަރުންގެ އަދަދު މަދުވުމާއި ގުޅިގެންވެސް ނޭމާ ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަމަށް 'އެލްއިކުއިޕޭ' އިން ވަނީ ބުނެފައެވެ.

މިދިޔަ ހަފްތާގައި ރަށުން ބޭރުގައި 5-0 ގެ ނަތީޖާއަކުން އެންގާރސްގެ މައްޗަށް ޕީއެސްޖީ ކުރިހޯދި މެޗުގައި ނޭމާ އެޓީމަށް ކުޅެފައި ނުވަނީ ބްރެޒިލްއާއެކު މި ހަފްތާގައި ކުޅުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ކަމަށްވެސް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

ނޭމާ ނެތްތަން ބާސާއިން ވަރަށް ބޮޑަށް ދައްކަމުންދާ ކަމަށް ބާސާގެ ފޯވާޑް ލުއިސް ސުއަރޭޒް ވަނީ ބުނެފައެވެ. ސުއަރޭޒް ދާދިފަހުން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ފުޓްބޯޅަ ދަނޑަށްވުރެ ދަނޑުން ބޭރުގައި ނޭމާ މަތިން މާ ހަދާންވާ ކަމަށާއި އޭނާ ބާސާ ދޫކޮށް ދިޔުން އެއީ ވަރަށް ދެރަވާ ކަމެއް ކަމަށެވެ. ނޭމާގެ ނިންމުމަކީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށާއި އެ ނިންމުމަށް ހުރިހާ މީހުންވެސް އިހުތިރާމުކުރަން ޖެހޭނެ ކަމަށް ސުއަރޭޒް ބުނެފައިވެއެވެ.

ނޭމާ ޕީއެސްޖީއަށް ކުޅެން ހިތްހަމަނުޖެހޭކަން ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު އޭނާ ވަނީ އެ ޓީމަށް މިހާތަނަށް ކުޅުނު 12 މެޗުގައި 11 ލަނޑު ޖަހާފައެވެ. ނޭމާގެ މޮޅު ކުޅުމާއެކު ޕީއެސްޖީ މި ސީޒަނުގައި ކުޅެފައިވާ އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ލޫކް ޝޯގެ ކޮމިޓްމެންޓާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި

03 އެޕްރީލު 2017
ލޫކް ޝޯގެ ކޮމިޓްމެންޓާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
02 އެޕްރީލު 2017

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި
30 މާރިޗު 2017

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ
17 މާރިޗު 2017

މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ

17 މާރިޗު 2017
މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ
08 މާރިޗު 2017

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި
21 ފެބުރުއަރީ 2017

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު