Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދާލަތު ޕާޓީ

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލާތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ

15 ނޮވެމްބަރު 2026 | އާދީއްތަ 16:23

ސަރުކާރު ހިންގާ ޕީއެންސީއާއެކު އަދާލަތު ޕާޓީން އިއްތިހާދުވުމަށް ނިންމުމާ ގުޅިގެން، އިސްލާމިކް މިނިސްޓަރުގެ މަގާމު އެ ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާ ކަމުގެ އަޑުތައް ވަނީ ފެތުރިފައި. ނަމަވެސް ސަރުކާރުގެ ތަރުޖަމާނު ވަނީ މި ވާހަކަތައް ދޮގުކުރައްވައި، އެފަދަ މަޝްވަރާތައް ހިނގަމުން ނުދާކަމަށް ވިދާޅުވެފައި

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 15 ނޮވެމްބަރު 2026 | އާދީއްތަ 16:23
އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާ ކަމުގެ އަޑުތައް ވަނީ ފެތުރިފައި

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާ ކަމުގެ އަޑުތައް ވަނީ ފެތުރިފައި | ރާއްޖެއެމްވީ ގްރެފިކްސް

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު އަދާލަތު ޕާޓީން އިއްތިހާދުވުމަށް ނިންމާފައިވާ ދަނޑިވަޅެއްގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރުކަން އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާ ކަމުގެ އަޑުތައް ފެތުރިއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ބައިވެރިވެ، އެކުގައި މަސައްކަތް ކުރުމަށް ޕީއެންސީން ދިން ދައުވަތު ގަބޫލުކުރުމަށްފަހު، ހިނގަމުން މިދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރާއެކު މަސައްކަތް ކުރުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީއާއެކު އިއްތިހާދުވުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ހޮނިހިރު ދުވަހުގެ ރޭ ވަނީ ގަރާރެއް ފާސްކޮށްފަ އެވެ. މި ނިންމުމާއެކު އަދާލަތު ޕާޓީ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު، ކެބިނެޓުން އެ ޕާޓީއަށް ޖާގަ ދިނުމުގެ ގޮތުން އިސްލާމިކް މިނިސްޓަރުގެ މަގާމު ހަމަޖެއްސުމުގެ ވާހަކަތަކެއް ދެކެވިފައިވާ ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

Advertisement - newsAdvertisement

މިފަދަ މަޝްވަރާތަކެއް ކުރިއަށްދާ ކަމުގެ ޚަބަރުތައް ފެންމަތިވެފައި މިވަނީ، ރަސްމާލޭގެ ބޮޑު ބައެއް ދީފައިވާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިނަމަ، ވަގުތުން މަގާމުން އިސްތިއުފާ ދެއްވުމަށް މިހާރުގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ނިންމަވާފައިވާ ކަމުގެ އަޑުތަކެއް ވެސް ގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ.

މި ނޫހަށް އިތުބާރުހުރި މަސްދަރަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އެ އެއްބަސްވުމުގައި ސޮއިކުރުމާ ދެކޮޅަށް ޑރ. ޝަހީމް ވަނީ އެމަނިކުފާނުގެ ސްޓޭންޑް ސަރުކާރުގެ އިސް ފަރާތްތަކަށް ހާމަކުރައްވާފަ އެވެ.

މީގެއިތުރުން، ޑރ. ޝަހީމް ވެރިކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ހުރި ކަމުގެ ވާހަކަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން، މި ވާހަކަތައް އޭނާގެ އަރިސް ބޭފުޅުންނާއި އާއިލާގެ މެންބަރުންނާ ހިއްސާކުރައްވާފައިވާ ކަމަށާއި، ކެމްޕޭނަށް ޚަރަދުކުރާނެ ފަރާތެއް ލިބިއްޖެނަމަ މިހާރު ވެސް ސަރުކާރުން ނުކުމެވަޑައިގަތުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އަޑުފެތުރިފައިވެ އެވެ. ނަމަވެސް، އަމިއްލައަށް ސަރުކާރުގެ މަގާމު ދޫކޮށް ނުކުންނެވުމުގެ ހިތްވަރު ނެތުމުން، އަދާލަތު ޕާޓީގެ ތެރެއިން ވެރިކަމަށް ވާދަކުރެއްވުމުގެ ވިސްނުމެއް ޑރ. ޝަހީމް ގެންގުޅުއްވި ކަމަށް މައުލޫމާތު ލިބެ އެވެ. ސަރުކާރުގެ ތެރެއަށް އަދާލަތު ޕާޓީ ވެއްދުމުގެ މައިގަނޑު އެއް ބޭނުމަކީ ޑރ. ޝަހީމަށް އެ ފުރުސަތު ނުދިނުން ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

މި ވާހަކަތަކާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާ ރާއްޖެއެމްވީން ސުވާލު ދެންނެވުމުން، އޭނާ ވަނީ މި ވާހަކަތައް މުޅިން ދޮގުކުރައްވާފަ އެވެ. މުންދު ވިދާޅުވީ، އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމަށް އެއްވެސް މަޝްވަރާއެއް ހިނގަމުން ނުދާ ކަމަށެވެ. އަދި ވަޒީރުންގެ މަގާމަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މަގާމަކަށް ވާތީ، އެކަމުގައި އެހެން ބަޔަކާ މަޝްވަރާކުރަން ނުޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ. މީގެއިތުރުން ޕީއެންސީން އެހެން ޕާޓީއަކާއެކު މަޝްވަރާ ކުރުމަކީ ސީދާ ސަރުކާރުން ކުރާ ކަމެއް ނޫން ކަމަށް ވެސް ތަރުޖަމާނު ފާހަގަކުރެއްވި އެވެ.

އަދާލަތު ޕާޓީޑރ. މުހައްމަދު މުއިއްޒުޑރ މުޙައްމަދު ޝަހީމް އަލީ ސައީދު

އެންމެ ހިނގާ

1

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

2

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

3

11 އަހަރު ކުރިން މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓު: ވާރިސުން ކަނޑައަޅައި ބައެއް ވާރިސުންގެ ބަސް ނަގައިފި، މަރުގެ ދިޔަ ބޭނުމެއް ނުވި!

4

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

5

ބަޙްރައިނުގައި ހުރި އެމެރިކާގެ ރާޑަރުތަކާއި އަސްކަރީ މަރުކަޒަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2026

އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން ފެއްޓެވުމަށް ރައީސް ގެންގުޅުއްވި "ބޯޅަ" ބޮޑު މީމް އަކަށް!

15 ނޮވެމްބަރު 2026
އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން ފެއްޓެވުމަށް ރައީސް ގެންގުޅުއްވި "ބޯޅަ" ބޮޑު މީމް އަކަށް!
15 ނޮވެމްބަރު 2026

ސިޔާސީ ޖަލްސާތަކަށް ސިފައިންނާއި ފުލުހުން ޔުނީފޯމުގައި މަޖުބޫރުން ގެންދިއުމަކީ މީގެ ކުރިން ފެނިފައިނުވާ ވަރަށް ނުރައްކާތެރި ކަމެއް: އަލީ ހުސެއިން

15 ނޮވެމްބަރު 2026
ސިޔާސީ ޖަލްސާތަކަށް ސިފައިންނާއި ފުލުހުން ޔުނީފޯމުގައި މަޖުބޫރުން ގެންދިއުމަކީ މީގެ ކުރިން ފެނިފައިނުވާ ވަރަށް ނުރައްކާތެރި ކަމެއް: އަލީ ހުސެއިން
15 ނޮވެމްބަރު 2026

އެންމެ މީހެއްގެ މަސްލަހަތުގައި ގާނޫނުތައް ފާސްކުރަމުންދާ މަޖިލީހަކީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ: މެންބަރު މައުރޫފް

15 ނޮވެމްބަރު 2026
އެންމެ މީހެއްގެ މަސްލަހަތުގައި ގާނޫނުތައް ފާސްކުރަމުންދާ މަޖިލީހަކީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ: މެންބަރު މައުރޫފް
15 ނޮވެމްބަރު 2026

ދީނީ ވަހުދަތާއި ސިޔާސީ މަންފާ: އަދާލަތުގެ އައު އިއްތިހާދާއެކު އުފެދޭ ސުވާލުތައް، ގައުމީ ރޫހާއި ދީން ފެންނަނީ ފައިސާ އާއި މަގާމު ލިބުނު މިންވަރަކުން ހެއްޔެވެ؟

15 ނޮވެމްބަރު 2026
ދީނީ ވަހުދަތާއި ސިޔާސީ މަންފާ: އަދާލަތުގެ އައު އިއްތިހާދާއެކު އުފެދޭ ސުވާލުތައް، ގައުމީ ރޫހާއި ދީން ފެންނަނީ ފައިސާ އާއި މަގާމު ލިބުނު މިންވަރަކުން ހެއްޔެވެ؟
15 ނޮވެމްބަރު 2026

އަމާޒަކީ ހަމައެކަނި އަތްލެވޭ، ލޮލަށް ފެންނަ އުމްރާނީ ބިނާތަކެއް އެޅުމެއް ނޫން: ރައީސް މުއިއްޒު

15 ނޮވެމްބަރު 2026
އަމާޒަކީ ހަމައެކަނި އަތްލެވޭ، ލޮލަށް ފެންނަ އުމްރާނީ ބިނާތަކެއް އެޅުމެއް ނޫން: ރައީސް މުއިއްޒު
14 ނޮވެމްބަރު 2026

އަދާލަތު ޕާޓީ އިން ރައީސް މުއިއްޒުގެ ސަރުކާރުގައި ބައިވެރިވެ، ރިޔާސީ ކެންޑިޑޭޓަކަށް މުއިއްޒު އަށް ތާއީދުކުރަނީ!

14 ނޮވެމްބަރު 2026
އަދާލަތު ޕާޓީ އިން ރައީސް މުއިއްޒުގެ ސަރުކާރުގައި ބައިވެރިވެ، ރިޔާސީ ކެންޑިޑޭޓަކަށް މުއިއްޒު އަށް ތާއީދުކުރަނީ!
14 ނޮވެމްބަރު 2026

ރައީސް މުއިއްޒަކީ އެއްވެސް އިރަކު ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވަން ބޭނުންފުޅުވާ ވެރިއެއް ނޫން: މީކާއީލް

14 ނޮވެމްބަރު 2026
ރައީސް މުއިއްޒަކީ އެއްވެސް އިރަކު ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވަން ބޭނުންފުޅުވާ ވެރިއެއް ނޫން: މީކާއީލް
14 ނޮވެމްބަރު 2026

މޫސުމީ ވައުދުތައް ފުއްދުމަށާއި ބައިނަލްއަގުވާމީ މާލީ ނިޒާމު އިސްލާހުކުރުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި

14 ނޮވެމްބަރު 2026
މޫސުމީ ވައުދުތައް ފުއްދުމަށާއި ބައިނަލްއަގުވާމީ މާލީ ނިޒާމު އިސްލާހުކުރުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި
14 ނޮވެމްބަރު 2026

ވަތަނީ މީހަކީ ސަރުކާރަށް ކުޑަކަކޫ ޖަހާ އަޅެއް ނޫން، މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާ ފަދަ ކަންކަމާ ދެކޮޅަށް ބަސްބުނަން ޖެހޭ: ރައީސް ޔާމީން

14 ނޮވެމްބަރު 2026
ވަތަނީ މީހަކީ ސަރުކާރަށް ކުޑަކަކޫ ޖަހާ އަޅެއް ނޫން، މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާ ފަދަ ކަންކަމާ ދެކޮޅަށް ބަސްބުނަން ޖެހޭ: ރައީސް ޔާމީން
14 ނޮވެމްބަރު 2026

ރައީސް މުއިއްޒުއަކީ ރައްޔިތުންގެ ބަހެއް އަހާ މީހެއް ނޫން، އޭނާ މައިތިރިކުރަން ވަރަށް ގިނަ ރައްޔިތުންގެ އެހީތެރިކަން ބޭނުންވާނެ: މެންބަރު މައުރޫފް

14 ނޮވެމްބަރު 2026
ރައީސް މުއިއްޒުއަކީ ރައްޔިތުންގެ ބަހެއް އަހާ މީހެއް ނޫން، އޭނާ މައިތިރިކުރަން ވަރަށް ގިނަ ރައްޔިތުންގެ އެހީތެރިކަން ބޭނުންވާނެ: މެންބަރު މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް