Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

އެފްއޭއެމުން މާޒިޔާގެ ތިން އޮފިޝަލަކަށް ފިޔަވަޅު އަޅައިފި

އެފްއޭއެމުން މާޒިޔާގެ 3 އޮފިޝަލަކަށް ފިޔަވަޅު އެޅީ އީގަލްސް އަތުން 4-0 އިން އެޓީމް ބަލިވި މެޗުގައި ހިނގައިދިޔަ ހަމަނުޖެހުމާއި ގުޅިގެން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 6 ޖުލައި 2017 | ބުރާސްފަތި 14:01
މާލެ ލީގުގައި މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން

މާލެ ލީގުގައި މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން

އެސްޓީއޯ މާލެ ލީގުގެ ދެވަނަ ބުރުގައި އީގަލްސް އަތުން މަޒިޔާ 4-0 އިން ބަލިވި މެޗުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން، އެފްއޭއެމުން މާޒިޔާގެ 3 އޮފިޝަލަކަށް ފިޔަވަޅު އަޅައި ކުލަބު ޖޫރިމަނާ ކޮށްފިއެވެ.

ކުޅިވަރުގެ ރޫހާއި ޚިލާފުވުމުން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއިން ފިޔަވަޅު އަޅާފައިވާ މާޒިޔާގެ 3 އޮފަޝަލަކީ އެކުލަބުދެ ދެ އެސިސްޓަންސް ކޯޗުން ކަމަށްވާ އަހުމަދު ސުޒެއިރާއި، މުހަންމަދު ސުވެއިދުގެ އިތުރުން މަޒިޔާގެ ވައިސް ޗެއާމަން އަބްދުﷲ މޫސާއެވެ.

އެފްއޭއެމުން ބުނި ގޮތުގައި، އެސިސްޓަންޓް ކޯޗް އަހުމަދު ސުޒައިރަށް ފިޔަވަޅު އަޅަން ނިންމީ، މެޗުގެ 88 ވަނަ މިނެޓުގައި ހަތަރުވަނަ އޮފިޝަލްގެ މޭޒުކައިރިއަށް ގޮސް ރެފްރީއަށް ހަމަލާދީ މަރުގެ އިންޒާރު ދިނުމުގެ އިތުރުން، ދަނޑުން ފޮނުވާލުމުން ދަނޑުގެ ޓަނަލްގައި ހުންނަ ބޯޑުގައި ފައިން ޖަހައި އަދި ރެފްރީންގެ ރޫމުގައި ތިން ފަހަރު ފައިން ޖެހުމުންނެވެ. މި މައްސަލަ ބެލުމަށްފަހު، އެފްއޭއެމުން ވަނީ އޭނާ 12000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިތުރުން 6 މެޗަށް ސަސްޕެންޑް ކޮށްފައެވެ.

ޑިސިޕްލިނަރީ ކޮމިޓީއިން ބުނެފައިވާ ގޮތުގައި އެސިސްޓަންޓް ކޯޗް މުހަންމަދު ސުވައިދަށް ފިޔަވަޅު އަޅާފައިވަނީ، ހަމަނުޖެހިން ހިނގި ވަގުތު ސުޒެއިރާއި މޫސާ އާއި ބައިވެރިވެ 4 ވަނަ އޮފިޝަލަށް ބަހުގެ ހަމަލާ ދިނުމުން މިކަމަކީ ހަމަނުޖެހުން ހިނގުމަށް ވާގިވެރިވާފަދަ ކަމެއްގެ ގޮތުގައި ބެލުމަށް ފަހުގައެވެ. އަދި މިކަމަކީ ފުރަތަމަ ޑިވިޝަނުގެ އެސިސްޓަންޓް ކޯޗެއްގެ ފަރާތުން ފެންނަން ނުވާފަދަ އަމަލަކަށް ވުމުންނެވެ. މި މައްސަލާގައި ސުވައިދު ވަނީ 3 މެޗަށް ސަސްޕެންޑްކޮށް 300 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއިން މި މައްސަލަ ބެލުމަށްފަހު އެންމެ ގިދު މުއްދަތަކަށް ސަސްޕެންޑް ކޮށްފައިވަނީ އެކުލަބުގެ ވައިސް ޗެއާމަން އަބްދުﷲ މުސާއެވެ. އޭނާ ވަނީ 6 މަސް ދުވަސް ވަންދެން ދަނޑަށް ނުވަދެވޭގޮތަށް ސަސްޕެންޑް ކޮށްފައެވެ. އެ ކޮމިޓީއިން ބުނެފައިވަނީ މޫސާއަށް ފިޔަވަޅު އަޅާފައިވަނި 4 ވަނަ އޮފިޝަލަށް ބަހުގެ ހަމަލާދިނުމުގެ އިތުރުން ހައްޓަށް ހަމަލާދީ އިންޒާރު ދިނުމުންނާއި، ކުޅިބަލާ މީހެއްގެ ގޮތުގައި ހުރެ ޓެކްނިކަލް އޭރިއާގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގާފައި ވާތީއެވެ.

އެކޮމިޓީއިން ބުނީ، މި މައްސަލާގައި ދިގު މުއްދަތަކަށް މޫސާ ސަސްޕެންޑް ކުރަން ނިންމީ، މޫސަ އަކީ މީގެ ކުރިން ހަމަނުޖެހުން ހިންގައިގެން 3 އަހަރު ދުވަހުގެ ސަސްޕެންޝަނެއް އައިސްފައިވާ ފަރާތަކަށް ވުމުންނާއި، ފުރަތަމަ ޑިވިޝަނުގެ ކުލަބެއްގެ ވައިސް ޗެއާމަނެއްގެ ފަރާތުން އެފަދަ އަމަލުތަކެއް ފެނިގެން ނުވާނެ ކަމަށް އެކޮމިޓީއަށް ގަބޫލުކުރެވޭތީއެވެ.

މާޒިޔާގެ 3 އޮފިޝަލުންނަށް ފިޔަވަޅު އެޅުމުގެ އިތުރުން އެއިދާރާއިން ވަނީ އެކުލަބުވެސް 7000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އެގޮތުން އެއިދާރާގެ ޑިސިޕްލިނަރީ ކޮމިޓީއިން ބުނީ އެކުލަބު ސަސްޕެންޑް ކުރަން ނިންމީ، އެކުލަބުގެ 3 އޮފިޝަލުންގެ ފަރާތުން ފެނުނު ކުޅިވަރުގެ ރޫހާއި ޚިލާފު ކަންތައްތަކުގައި ކުލަބުގެ ޒިންމާ ބޮޑު ކަމަށް ފެންނާތީ އާއި، ނަމޫނާ ދައްކަން ޖެހޭފަދަ ފަރާތްތަކެއްގެ ފަރާތުން އެފަދަ އަމަލުތަކެއް ފެނިގެން ގޮސްފައި ވާތީއެވެ.

އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއިން ބުނެފައިވަނީ، މި މައްސަލަ ތަހުގީގު ކުރުމުގައި، މެޗު ރިޕޯޓާއި، ރެފްރީގެ ނަތީޖާ ރިޕޯޓާއި، މެޗުގައި ހިނގައިދިޔަ ހާދިސާގެ ރިޕޯޓާއި، މަޒިޔާއިން މިކަމާ ގުޅިގެން އެއިދާރާއަށް ފޮނުވާފައިވާ ސިޓީ އާއި، މި މައްސަލާގައި ފިޔަވަޅު އަޅާފައިވާ 3 އޮފިޝަލުން ކަމަށްވާ ސުޒެއިރާއި، މޫސަ އަދި ސުވެއިދު މި މައްސަލައާއި ގުޅިގެން އެއިދާރާއަށް ފޮނުވާފައިވާ ސިޓީ އާއި، 2012 ވަނަ އަހަރި އެކުލަވާލި އެއިދާރާގެ ކޯޑް އޮފް ކޮންޑަކްޓަށް ބަލާފައި ވާނެކަމަށެވެ.

މިކަމާ ގުޅިގެން މަޒިޔާއިން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!

އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!

05 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު