Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

މުބާރާތުގައި ބިދޭސީ ކުޅުންތެރިންނަށް ނުކުޅެވޭނެ

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 5 އެޕްރީލު 2017 | ބުދަ 15:29
ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނައިބު ރައީސާ އައިޝަތު ނާޒިމާ

ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނައިބު ރައީސާ އައިޝަތު ނާޒިމާ

ގައުމީ އަންހެން ފުޓުބޯޅަ ޓީމަށް ކުޅުންތެރިން ހޯދުމަށް ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފުޓްސަލް މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ އިދާރާގެ ނައިބު ރައީސާ އައިޝަތު ނާޒިމާ ވިދާޅުވެއްޖެ އެވެ.

ހުނަރުވެރި ޒުވާން ކުޅުންތެރިން ހޯދުމުގެ ބޭނުމުގައި އެފްއޭއެމުން ރާވާ މި މުބާރާތް ޖުލައި މަހު ފެށުމަށް ތައްޔާރުވަމުންދާއިރު، މި މުބާރާތުގައި ފުރަތަމަ ބައިވެރިވުމަށް ހުށަހަޅާ 15 ޓީމަކަށް ފުރުސަރު ދެވޭނެ ކަމަށް އެފްއޭއެމުން ބުނެ އެވެ.

ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނާޒިމާ ވިދާޅުވީ އަންހެން ކުޅުންތެރިންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތަކީ ރާއްޖޭގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމަށް ހުނަރުވެރި ކުޅުންތެރިން ހޯދުމުގެ މަގުސަދުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މުބާރާތެއް ކަމަށެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ މެދު ތެރޭގައި ހުޅުވާލާނެ ކަމަށް ވެސް ނާޒިމާ ވިދާޅުވި އެވެ.

ނާޒިމާ އިތުރަށް ވިދާޅުވީ އަންހެން ފުޓުބޯޅަ ޑިވޮލޮޕް ކުރުމަށް ކުރިއަށް ގެންދާ މި މުބާރާތުގެ ސަބަބުން އަތޮޅު ތެރެއިންނާއި މާލެ އިންވެސް މޮޅު ކުޅުންތެރިންތަކެއް ފެނިގެންދާނެ ކަމަށާއި އޭގެ ތެރެއިން ރަނގަޅު ކުޅުންތެރިން ހޮވުމަށްފަހު ގައުމީ ޓީމުން ޖާގަ ދެވިގެންދާނެ ކަމަށެވެ.

ނާޒިމާ ވިދާޅުވީ މި މުބާރާތަކީ ހަމައެކަނި ރާއްޖޭގެ ކުޅުންތެރިންނަށް އަމާޒުކުރެވިގެން ކުރިއަށްގެންދާ މުބާރާތެއް ކަމުން ބިދޭސީ އެއްވެސް ކުޅުންތެރިއަކަށް މި މުބާރާތުގައި ބައިވެރި ނުވެވޭނެ ކަމަށެވެ.

މިވަގުތު ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް ވެސް މުބާރާތުގައި ވާދަކުރެވޭނެކަން ފާހަގަ ކުރަމުން ނާޒިމާ ވިދާޅުވީ ކޮންމެ ޓީމަކަށް ވެސް ތިން ކުޅުންތެރިންނަށް ކުޅުމުގެ ހުއްދަ ލިބިގެންދާނެ ކަމަށާއި އެހެން ނަމަވެސް މެޗެއް ހިނގަމުންދާ ވަގުތު އެއްފަހަރާ ދަނޑުމަތީގައި ހަރަކާތްތެރި ވެވޭނީ ދެ ކުޅުންތެރިންނަށް ކަމަށެވެ.

ނާޒިމާ ވިދާޅުވީ މި މުބާރާތުގެ ސަބަބުން ގިނަ ކުޅުންތެރިންތަކަކަށް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އަދި އެކަމުގެ ސަބަބުން ގައުމީ އަންހެން ޓީމަށް ވެސް އެކަމުގެ ފައިދާ ލިބިގެންދާނެ ކަމަށެވެ.

ގައުމީ އަންހެން ޓީމަށް ކޯޗެއް ހަމަޖެއްސުމުގެ މަސައްކަތް އެފްއޭއެމުން ކުރަމުން އަންނަ އިރު، ނާޒިމާ ވިދާޅުވީ މި މަސް ތެރޭގައި ޓީމާ ހަވާލުވާ ކޯޗު އިއުލާން ކުރެވިގެންދާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު