Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފާ މާކެޓް

ޗެލްސީގައި މަޑުކުރަން ނިންމީ ކޯޗާ މަޝްވަރާ ކުރުމަށް ފަހު: ކަންޓޭ

16 ޖޫން 2017 | ހުކުރު 06:21

ކަންޓޭ ހޯދުމަށް ފްރާންސްގެ ޕީއެސްޖީ އިން ވަނީ މަސައްކަތް ކޮށްފަ

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 16 ޖޫން 2017 | ހުކުރު 06:21
ޗެލްސީއަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފިލްޑާ ކަންޓޭ

ޗެލްސީއަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފިލްޑާ ކަންޓޭ

ގިނަ ކުލަބުތަކަކުން ހުށައެޅުން ލިބުނު ކަމަށާއި، ނަމަވެސް ޗެލްސީގައި މަޑުކުރަން ނިންމީ ކޯޗާއި ސްޕޯޓިން ޑިރެކްޓަރާ ވާހަކަ ދެއްކުމަށް ފަހުގައި ކަމަށް ޗެލްސީއަށް ކުޅެމުން އަންނަ ފްރާންސްގެ ހުނަރުވެރި މިޑްފިލްޑާ ކަންޓޭ ބުނެފިއެވެ.

ބޭރުގެ ކުޅިވަރި ޚަބަރު ފަތުރާ މީޑިއާއެއް ކަމަށްވާ "ލެ ޕެރީސިއެން" އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައި ވަނީ، ޔޫރަޕްގެ ބޮޑެތި ކުލަބުތަކަކުން އޭނާއަށް ހުށައެޅުން ލިބުނު ކަމަށާއި، ނަމަވެސް ޗެލްސީއާ އެކު އަދި އިތުރު ކާމިޔާބީތައް ހޯދުމަށް ކުލަބުގައި މަޑުކުރަން ނިންމީ ކަމަށެވެ. އެގޮތުން ކުރިމަގާ މެދު ގޮތެއް ނިންމުމަށްޓަކައި ކޯޗް އެންޓޯނިއޯ ކޮންޓޭއާ ވެސް މަޝްވަރާ ކުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.

އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނެފައި ވަނީ، ޗެލްސީގައި އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިގެން ކަމަށާއި، ފާއިތުވި ސީޒަނަނީ ކާމިޔާބު ސީޒަނެއް ގޮތުގައި ދެކޭ ކަމަށެވެ. އެގޮތުން އަންނަ ސީޒަނުގައި ވެސް ޗެލްސީއާ އެކު އަދި ފްރާންސް ގައުމީ ޓީމާ އެކުގައި އިތުރު ކާމިޔާބީތަކެއް ހޯދުމުގެ އަޒުމުގައި ހުރި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ފާއިތުވި ސީޒަނުގައި ކަންޓޭ ދެއްކި މޮޅު ކުޅުމާ އެކު އޭނާއަށް ބޮޑެތި ގިނަ ކުލަބުތަކަކުން ދިޔައީ ފާރަލަމުންނެވެ. އެގޮތުން ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް އޭނާ ބަދަލުވާނެ ކަމަށް ވެސް މީޑިއާ ރިޕޯޓްތަށް ވަނި މީގެ ކުރިން ބުނެފައެވެ.

އިނގިރޭސި ކްލަބް ލެސްޓާ ސިޓީން މުޅިން އަލަށް ޕްރެމިއާ ލީގަށް ކޮލިފައިވެ ރެކޯޑަކާ އެކު ލީގު ކާމިޔާބު ކުރުމުގައި މުހިންމު ދައުރެއް އަދާކުރުމަށް ފަހު ކަންޓޭ ޗެލްސީ އަށް ބަދަލުވެފައި ވަނީ ފާއިތު ސީޒަނުގައި 30 މިލިއަން ޕައުންޑްގެ އަގަކަށެވެ. އަދި އޭނާ ވަނީ ޗެލްސީގައި މޮޅު ކުޅުމެއް ދައްކައި ލީގު ކާމިޔާބު ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ފާއިތުވި ސީޒަނުގެ ޕްރެމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

އުމުރުން 26 އަހަރުގެ ކަންޓޭ ވަނީ ޗެލްސީއަށް އޭނާ ކުޅުނު 41 މެޗުގައި 2 ގޯލު ކާމިޔާބުކޮށްދީފައެވެ. ފްރާންގެ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 17 މެޗުގައި އޭނާ ވަނީ 1 ލަނޑު ކާމިޔާބުކޮށްދީފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

އަބަދުވެސް ހިތް އޮންނާނީ ޗެލްސީގައި: ޓެރީ

18 އެޕްރީލު 2017
އަބަދުވެސް ހިތް އޮންނާނީ ޗެލްސީގައި: ޓެރީ
16 އެޕްރީލު 2017

ސަންޑަލޭންޑާއެކު މަޝްވަރާކުރި ކަމަށް ބާބެޓޯވް ބުނެފި

16 އެޕްރީލު 2017
ސަންޑަލޭންޑާއެކު މަޝްވަރާކުރި ކަމަށް ބާބެޓޯވް ބުނެފި
13 އެޕްރީލު 2017

އާސެނަލުން އެލެގްރީއާ މަޝްވަރާކުރަނީ: ދަ ސަން

13 އެޕްރީލު 2017
އާސެނަލުން އެލެގްރީއާ މަޝްވަރާކުރަނީ: ދަ ސަން
12 އެޕްރީލު 2017

ވިހި ވިހީގެ ނިޔަލަށް ނިއުގައި މަޑުކުރަން ސެންޓޭ ނިންމައިފި

12 އެޕްރީލު 2017
ވިހި ވިހީގެ ނިޔަލަށް ނިއުގައި މަޑުކުރަން ސެންޓޭ ނިންމައިފި
27 މާރިޗު 2017

ހަޒާޑް ހޯދުމަށް ރެއާލް އިން މަޝްވަރާތަކަށް ދޮރު ހުޅުވާލައިފި

27 މާރިޗު 2017
ހަޒާޑް ހޯދުމަށް ރެއާލް އިން މަޝްވަރާތަކަށް ދޮރު ހުޅުވާލައިފި
22 ފެބުރުއަރީ 2017

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް
19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
11 ޖެނުއަރީ 2017

އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ

11 ޖެނުއަރީ 2017
އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް