Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާލޭ ލީގު ޝެޑިއުލް

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

ބައެއް ޓީމު އެއް މެޗު ކުޅުނުއިރު، އަނެއްޓީމުތައް ވަނީ ތިން މެޗު ކުޅެފަ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 8 މާރިޗު 2017 | ބުދަ 14:33
މާލޭ ލީގު ޝެޑިއުލް

މާލޭ ލީގު ޝެޑިއުލް

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ފުރަތަމަ ޑިވިޝަން ބައެއް ކްލަބްތަކުގެ ކޯޗުން ފަޑުކިޔައިފި އެވެ.

މާލޭ ލީގުގެ ކުޅުން ފަށައިގެން މިހާރު ކުރިޔަށްދާއިރު، ބައެއް ޓީމުތައް އަދިވެސް މެޗެއް ނުކުޅެއެވެ. މީގެއިތުރުން ބައެއް ޓީމުތައް ހަވީރު ކުޅެން ޖެހުމުގެ އިތުރުން އަނެއް ޓީމުތައް ރޭގަނޑު ކުޅެންޖެހުމުން ވަނީ މައްސަލަ ޖައްސާފައެވެ.

އެގޮތުން ޔުނައިޓެޑް ވިކްޓްރީގެ ކޯޗު އަހުމަދު އާތިފް (އާތި) ބުނީ މުބާރާތެއް ރާވާ ހިންގާއިރު، ބެލެންސެއް އިންނަންޖެހޭނެ ކަމަށެވެ. އެގޮތުން މުބާރާތް ފަށައިގެން ކުރިޔަށްދާއިރު އެއްވެސް މެޗެއް ނުކުޅޭ ޓީމުވެސް ހިމެނޭ ކަމަށާއި، ތިން މެޗު ކުޅެފައިވާ ޓީމުތައްވެސް ހިމެނޭ ކަމަށެވެ.

އާތި ބުނީ ލީގުގެ ފުރަތަމަ ބުރުގައި ޔޫވީ ހަވީރު ފަސް މެޗު ކުޅޭއިރު، ބާކީ ތިން މެޗު ކުޅެން ޖެހެނީ ރޭގަނޑު ކަމަށެވެ. މީގެއިތުރުން އޭނާ ބުނީ ފުރަތަމަ ތިން މެޗުވެސް ކުޅެންޖެހެނީ ހަވީރު ކަމަށާއި، އެއީ ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ވަކިފަރާތަކަށް މުބާރާތް ރާވާ ހިންގާ ފަރާތުން ޖެހޭ ކަމަށް ފާހަގަކުރަމުން އާތި ބުނީ ޔޫވީ ވަނީ މުބާރާތުގައި ބައިވެރިވެފައި ކަމަށާއި، އެގޮތުން އެޓީމު ދާނީ މެޗުތަކަށް ފުރިހަމައަށް ތައްޔާރުވެ ކުޅެމުން ކަމަށެވެ.

އާތީ ބުނީ ފުރަތަމަ ޝެޑިއުލް ހެދި އިރުވެސް މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި، އެހެންނަމަވެސް ބޮޑަށް މައްސަލަތައް ފާހަގަކުރެވުނީ ޝެޑިއުލް އަށް ބަދަލު ގެނެސް ދެވަނަ ފަހަރަށް ނެރުނު ހިސާބުން ކަމަށެވެ.

އެގޮތުން އޭނާ ބުނީ ރީޝެޑިއުލްކޮށްގެން އަލުން ޝެޑިއުލް ނެރުނު އިރު ކޮންމެވެސް ވަރަކަށް އެނަލައިޒްކޮށްލަން ޖެހޭ ކަމަށް ދެކޭ ކަމަށާއި، މިކަމުގެ އަސަރު ޓީމުތަކަށް ކުރާނެ ކަމާމެދު ޝައްކުނުކުރާނެ ކަމަށެވެ.

އީގަލްސްގެ ކޯޗު އިހްސާން އަބްދުލްޢަނީ (ސާންތި) ބުނީ ވިކްޓްރީއާ ދެކޮޅަށް އެޓީމު ނިކުންނަ އިރު އޮތް އެންމެ ބޮޑު ޕްރެޝަރަކީ ލީގުގައި ބައެއް ޓީމުތައް އެއް މެޗު ކުޅުނުއިރު އަނެއް ޓީމުތައް ތިން މެޗު ކުޅެފައިވުން ކަމަށެވެ. އެގޮތުން މިފަދަ ގޮތަކަށް ޝެޑިއުލް ހެދިފައިހުރުމުން އެޑްވާންޓޭޖްތަކެއްވެސް ނެގިދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ލީގާ ބެހޭގޮތުން ވާހަކަ ދައްކަމުން ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ މިއީ އޭއެފްސީ ކަޕްގައި އެޓީމު ކުޅުނު މެޗުތަކާއި، ލީގުގައި ކުޅުނު މެޗުތައް ތަފާތު ކަމަށެވެ. އެގޮތުން އޭނާ ބުނީ އޭއެފްސީ ކަޕަށް އެޓީމު އެދެވޭގޮތުގައި ތައްޔާރުވާން ފުރުސަތު ނުލިބޭ ކަމަށެވެ. އެހެންނަމަވެސް އެޓީމުންދިއީ ދުރާލާ ލީގަށް ތައްޔާރުވަމުން ކަމަށެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ލީގުގައި އޭނާ އަށް ބަލާލެވުނީ ހަމައެކަނީ ވެލެންސިއާ އަދި ވިކްޓްރީ ބައްދަލުކުރި މެޗު އެކަނި ކަމަށާއި، އެއީ ދިމާވި ގޮންޖެހުމެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު