Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުސެއިން ފިރުޝާން

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ކިބައިން މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ފިރުޝާން މާފަށް އެދިވަޑައިގެންފި

17 ނޮވެމްބަރު 2026 | އަންގާރަ 03:09

ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސައީދާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތަކެއް ދެއްކެވުނު ކަމަށް އިއުތިރާފުވެ، މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ފިރުޝާން އޭނާގެ ކިބައިން މައާފަށް އެދިވަޑައިގެންފި. ސައީދު މަސައްކަތް ކުރެއްވީ އިޚްލާސްތެރިކަމާއެކު ރައްޔިތުންގެ ލާބައަށް ކަމަށް ފާހަގަކުރައްވައި، ފިރުޝާން ވަނީ އޭނާގެ ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައި

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 17 ނޮވެމްބަރު 2026 | އަންގާރަ 03:09
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދު އަދި މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ފިރުޝާން

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދު އަދި މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ފިރުޝާން | ރާއްޖެއެމްވީ ގްރެފިކްސް

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދާ ގުޅޭގޮތުން މީގެ ކުރިން ދައްކަވާފައިވާ ވާހަކަތަކަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ފިރުޝާން ސައީދުއާއި އޭނާގެ އާއިލާގެ ކިބައިން މާފަށް އެދިވަޑައިގެންފި އެވެ.

ފިރުޝާން އޭނާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފެނަކައިގެ ކުރީގެ އެމްޑީ ސައީދުއާ ގުޅޭގޮތުން އެކިއެކި މާހައުލުތަކުގައި ރާއްޖޭގެ ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ޖަޒުބާތުގައި ވާހަކަދެއްކެވިފައިވާ ކަމަށެވެ. އެހެންކަމުން އެންމެހާ ވާހަކަތަކަށް ރާއްޖޭގެ ރައްޔިތުންގެ ކިބައިން އަދި ސައީދުއާއި އޭނާގެ އާއިލާގެ ކިބައިން ނިހާޔަތަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް ފިރުޝާން ވިދާޅުވި އެވެ.

Advertisement - newsAdvertisement

މީގެ ކުރިން މަޖިލީހުގަޔާއި އެކިއެކި ޕްލެޓްފޯމްތަކުގައި ސައީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ފިރުޝާން މިހާރު ގަބޫލުކުރައްވާ ގޮތުގައި، ސައީދު މަސައްކަތް ކުރެއްވީ އިޚްލާސްތެރިކަމާއެކުގަ އެވެ.

އެގޮތުން ފިރުޝާން ވިދާޅުވީ، ކުރިމަތިވި ގިނަގުނަ ގޮންޖެހުންތަކާއެކު ވެސް ސައީދު ފެނަކައިގެ މަސްއޫލިއްޔަތުތައް އަދާކުރައްވާފައިވަނީ އިޚްލާސްތެރި ނިޔަތަކާއެކު ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ހެވާއި ލާބަޔަށާއި، ޒަމާންތަކަކަށް ރައްޔިތުން ތަހައްމަލްކުރަމުންދިޔަ ތަކުލީފުތަކަށް ޒަމާނާ އެކަށީގެންވާ ފެންވަރު ރަނގަޅު ހަރުދަނާ ނިޒާމެއްގެ ތެރެއިން ދާއިމީ ހައްލެއް ހޯދައިދިނުމަށް ކަމަށް މިއަދު ހިތުގެ އަޑިން ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، ރާއްޖޭގެ އެކިކަންކޮޅުތަކަށް އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ސައީދު ކޮށްދެއްވާފައިވާ އަގުނުކުރެވޭނެ ފަދަ ޚިދުމަތްތަކަށް ހިތުގެ ޚާލިސްކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށް ވެސް ފިރުޝާން ވަނީ ވިދާޅުވެފަ އެވެ.

މީގެކުރިން ތަފާތު އެކި ތަންތަނުގައި، ސައީދަށް އަމާޒުކުރައްވައި ފިރުޝާން ވަނީ ފާޑުވިދާޅުވެފަ އެވެ.

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ މައްޗަށް ދާދިފަހުން ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ކުށް ސާބިތުވާ ކަމަށް ބުނެ، ޖަލު ހުކުމެއް އައިސްފަ އެވެ. އެ މައްސަލައަކީ ސައީދު އެ ކުންފުނީގެ އެމްޑީ ކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ހިނގާފައިވާ މުއާމަލާތަކާ ގުޅިގެން، ދައުލަތަށް އެންމެ ފައިދާވާ ގޮތަށް ވަކީލުންގެ ލަފަޔާއެކު ހެދި ސެޓަލްމެންޓް އެގްރީމަންޓަކާ ގުޅިގެން ކޮށްފައިވާ ދައުވާއެކެވެ. ސައީދު ވަނީ 4 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ. އަދި މި މައްސަލައިގައި ދޭންޖެހޭ އަދަބަށްވުރެ ބޮޑު އަދަބެއް ކަނޑައަޅާފައިވާކަމަށް ބުނެ އެކަމާ މެދު އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.  

ފެނަކަ ކޯޕަރޭޝަންއަހުމަދު ސައީދު މުހައްމަދުހުސައިން ފިރުޝާން

އެންމެ ހިނގާ

1

11 އަހަރު ކުރިން މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓު: ވާރިސުން ކަނޑައަޅައި ބައެއް ވާރިސުންގެ ބަސް ނަގައިފި، މަރުގެ ދިޔަ ބޭނުމެއް ނުވި!

2

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ

3

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

4

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

5

ތިން ދުވަސް ތެރޭ ދެވަނަ ފަހަރަށް އީރާނުން ބަޙްރައިނަށް ހަމަލާދިނުމުން ޢަރަބި ދުނިޔެ ކެކިއަރައިފި

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2026

ފެނަކައިގެ 2024 ވަނަ އަހަރުގެ މާލީ ބަޔާނުގައި ބޮޑެތި މައްސަލަތަކެއް، ރައުޔެއް ދެވެން ނެތްކަމަށް ކަނޑައަޅައި އޮޑިޓް ރިޕޯޓު ނެރެފި!

11 ނޮވެމްބަރު 2026
ފެނަކައިގެ 2024 ވަނަ އަހަރުގެ މާލީ ބަޔާނުގައި ބޮޑެތި މައްސަލަތަކެއް، ރައުޔެއް ދެވެން ނެތްކަމަށް ކަނޑައަޅައި އޮޑިޓް ރިޕޯޓު ނެރެފި!
09 ނޮވެމްބަރު 2026

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

09 ނޮވެމްބަރު 2026
އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟
04 ނޮވެމްބަރު 2026

ޚިޔާލުތަފާތުވުން ހުރި ބާރުތައް ގްރޭޓަރ މާލެ އޮފީހަށް ބަދަލުކުރުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެދެން މާލެ ސިޓީ ކައުންސިލުން ނިންމައިފި

04 ނޮވެމްބަރު 2026
ޚިޔާލުތަފާތުވުން ހުރި ބާރުތައް ގްރޭޓަރ މާލެ އޮފީހަށް ބަދަލުކުރުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެދެން މާލެ ސިޓީ ކައުންސިލުން ނިންމައިފި
31 އޮކްޓޯބަރު 2026

ށ. ފީވަކު ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ބިންގާ އެޅި ގޮތަށް ހުއްޓިފައި އޮތުމުން ކައުންސިލުގެ ކަންބޮޑުވުން

31 އޮކްޓޯބަރު 2026
ށ. ފީވަކު ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ބިންގާ އެޅި ގޮތަށް ހުއްޓިފައި އޮތުމުން ކައުންސިލުގެ ކަންބޮޑުވުން
27 އޮކްޓޯބަރު 2026

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

27 އޮކްޓޯބަރު 2026
ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!
23 އޮކްޓޯބަރު 2026

އެއް މައްސަލައެއްގައި އަހަރެއް ފަހުން ކުށް ސާބިތުވިއިރު، އެކިއެކި ބަހަނާތަކުގައި ހުކުމްކުރުން ލަސްވަނީ، މިއީތޯ ގާއިމުކުރުމަށް ވައުދުވީ އިންސާފު؟

23 އޮކްޓޯބަރު 2026
އެއް މައްސަލައެއްގައި އަހަރެއް ފަހުން ކުށް ސާބިތުވިއިރު، އެކިއެކި ބަހަނާތަކުގައި ހުކުމްކުރުން ލަސްވަނީ، މިއީތޯ ގާއިމުކުރުމަށް ވައުދުވީ އިންސާފު؟
15 އޮކްޓޯބަރު 2026

އުވާލަން ނިންމާފައިވާ ފެނަކައިގެ އެމްޑީގެ މަގާމުން އަފީފު ވަކިކޮށްފި

15 އޮކްޓޯބަރު 2026
އުވާލަން ނިންމާފައިވާ ފެނަކައިގެ އެމްޑީގެ މަގާމުން އަފީފު ވަކިކޮށްފި
05 އޮކްޓޯބަރު 2026

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

05 އޮކްޓޯބަރު 2026
ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި
04 އޮކްޓޯބަރު 2026

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

04 އޮކްޓޯބަރު 2026
ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!
02 ސެޕްޓެމްބަރު 2026

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

02 ސެޕްޓެމްބަރު 2026
ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް