Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

އެޗް1އެން1 އާ ގުޅިގެން އެފްއޭއެމުން ހިންގާ މުބާރާތްތައް ފަސްކޮށްފި

މާލޭ ލީގު، އިންޓަރ ސްކޫލް އަދި މިނިވަން ޗެމްޕިއަންޝިޕް ވަނީ ފަސްކޮށްފަ

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 14 މާރިޗު 2017 | އަންގާރަ 01:26
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިދާރާ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިދާރާ

ރާއްޖޭގައި އެޗް1އެން1 ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާތީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާވާ ހިންގާ މުބާރާތްތައް ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރިން އެފްއޭއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެޗް1އެން1 ވައިރަސްއާ ގުޅިގެން ރާއްޖޭގެ އެލާޓް ލެވެލް ތިނަކަށް ގޮސްފައިވާ އިރު، އެބަލި ފެތުރެނީ އެއް ސަރަހައްދަށް ވުރެ ގިނަ ސަރަހައްދު ތަކެއް ކަމުގައި ވުމުން އަދި ބަލެޖެހޭ މީހުންގެ އަދަދު އިތުރު ވަމުންދާ ކަމަށް މިނިސްޓްރީ އޮފް ހެލްތުން އިއުލާންކޮށްފައިވާ ކަމަށެވެ.

އިތުރަށް މި އިއުލާނުގައި ބުނެފައި ވަނީ އެޗް1އެން1 ގެ ވައިރަސް މިހާ ހަލުވި މިނެއްގައި ފެތުރެމުންދާތީ އެ އެސޯސިއޭޝަނުން ރާވާ ހިންގާ ގިނަ މުބާރާތްތަކެއް ވަކި މުއްދަތެއް ނެތި ލަސްކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެ އެސޯސިއޭޝަނުން ރާވާ ހިންގަމުން އަންނަ އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތާއި މިހާރު ކުރިއަށްދާ މާލޭ ލީގުގެ އިތުރުން މި މަހުގެ 15 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައި ފެށުމަށް ހަމަޖެހިފައިވާ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ވެސް ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރެވިފައިވާ ކަމަށެވެ.

ހަމައެއާއެކު ދެން މި މުބާރާތްތައް ފެށޭނެ ވަކި ތާރީހެއް އަންގާނެ ކަމަށް ވެސް އެފްއޭއެމުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖޭގެ މިވަގުތުގެ ހާލަތަށް ބަލައި އެފްއޭއެމުން މިގޮތަށް ނޫސް ބަޔާން ނެރުނު އިރު، އަންގާރަ ދުވަހުގެ ހަވީރާއި ރޭގަނޑު މާލޭ ލީގުގެ ދެ މެޗެއް ކުޅުމަށް ވެސް ވަނީ މީގެ ކުރިން ޝެޑިއުލް ކުރެވި އެ މެޗުތަކުގެ ނޫސްވެރިންގެ ބައްދަލުވުންވެސް ބާއްވާފަ އެވެ.

މީގެ އިތުރުން އެފްއެއެމުން ވަނީ މައިލޯ އިންޓަރ ސްކޫލް ސޯޅަ އަހަރުންދަށުގެ ފައިނަލް މެޗު ވެސް މި މަހުގެ 15 ވަނަ ދުވަހު ހަވީރަށް ޝެޑިއުލް ކޮށްފަ އެވެ. އެހެން ކަމުން ގެނެވުނު މި ކުއްލި ހާލަތާއެކު އެ މެޗު ވެސް މިވަނީ ވަކި މުއްދަތެއް ނެތްގޮތަށް ފަސްކުރެވިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުންތެރިންގެ މުސާރަ އެފްއޭއެމުން ކަނޑައަޅާ ގޮތަށް ނިންމައިފި

ކުޅުންތެރިންގެ މުސާރަ އެފްއޭއެމުން ކަނޑައަޅާ ގޮތަށް ނިންމައިފި

04 އޮކްޓޯބަރު 2018
ސަޕޯޓަރުންގެ އަމަލުތަކާ ގުޅިގެން ޕީއެސްޖީ އަދި ބަސެލް އަށް އަދަބުދީފި

ސަޕޯޓަރުންގެ އަމަލުތަކާ ގުޅިގެން ޕީއެސްޖީ އަދި ބަސެލް އަށް އަދަބުދީފި

09 މާރިޗު 2018
ސައުދީގައި ރެސްލިން މުބާރާތްތައް ބޭއްވުމަށް ޑަބްލިއުޑަބްލިއުއީއާ އެކު ސޮއިކޮށްފި

ސައުދީގައި ރެސްލިން މުބާރާތްތައް ބޭއްވުމަށް ޑަބްލިއުޑަބްލިއުއީއާ އެކު ސޮއިކޮށްފި

01 މާރިޗު 2018
ސަރަހައްދީ ބަންދާ ގުޅިގެން ވޯލްޑް ކަޕްގެ ތައްޔާރީތަކަށް ހުރަހެއް ނެތް: ގަތަރު

ސަރަހައްދީ ބަންދާ ގުޅިގެން ވޯލްޑް ކަޕްގެ ތައްޔާރީތަކަށް ހުރަހެއް ނެތް: ގަތަރު

07 އޮކްޓޯބަރު 2017
ފީފާ ވޯލްޑް ކަޕް ބޭއްވުމަށް އާޖެންޓީނާ، އުރުގުއޭ އަދި ޕެރަގުއޭ ގުޅިގެން ބިޑު ކުރަނީ

ފީފާ ވޯލްޑް ކަޕް ބޭއްވުމަށް އާޖެންޓީނާ، އުރުގުއޭ އަދި ޕެރަގުއޭ ގުޅިގެން ބިޑު ކުރަނީ

05 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު