Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހުމަދު އާދަމް

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

14 ނޮވެމްބަރު 2026 | ހޮނިހިރު 13:43

ރާއްޖޭގެ ފުރަތަމަ މެރިން އިންޖިނިއަރު އަހުމަދު އާދަމަކީ މަސްދޯނިފަހަރު އިންޖީނު އެޅުމާއި، އެމްޓީސީސީ އުފެއްދުމުގެ އިތުރުން ފަތުރުވެރިކަމާއި އުމްރާނީ ތަރައްގީގައި ތާރީޚީ މުހިންމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް. މާލޭގެ ކަރަންޓާއި ޓީވީގެ ޚިދުމަތް ގާއިމުކުރުމުގައި އިސް ދައުރެއް އަދާކުރެއްވި މި އިއްޒަތްތެރިޔާގެ ހަޔާތްޕުޅުގެ މައްޗަށް ނެރުނު ފޮތަކީ ގައުމީ ޚިދުމަތުގެ އަގުހުރި މައުލޫމާތުތަކެއް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭނެ ފޮތެއް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 14 ނޮވެމްބަރު 2026 | ހޮނިހިރު 13:43
ރާއްޖޭގެ ތަރައްގީއާއި އުމްރާނީ ކުރިއެރުމުގައި ތާރީޚީ ހިދުމަތްތަކެއް ކުރައްވާފައިވާ، ނިޝާން އިއްޒުދީންގެ އިއްޒަތުގެ ވެރިޔާ އަހުމަދު އާދަމްގެ ހަޔާތްޕުޅުގެ މައްޗަށް ލިޔެފައިވާ ބަޔޮގްރަފީ ފޮތް ނެރުން

ރާއްޖޭގެ ތަރައްގީއާއި އުމްރާނީ ކުރިއެރުމުގައި ތާރީޚީ ހިދުމަތްތަކެއް ކުރައްވާފައިވާ، ނިޝާން އިއްޒުދީންގެ އިއްޒަތުގެ ވެރިޔާ އަހުމަދު އާދަމްގެ ހަޔާތްޕުޅުގެ މައްޗަށް ލިޔެފައިވާ ބަޔޮގްރަފީ ފޮތް ނެރުން | ރާއްޖެއެމްވީ

ރާއްޖޭގެ ތަރައްގީއާއި އުމްރާނީ ކުރިއެރުމުގައި ތާރީޚީ ހިދުމަތްތަކެއް ކުރައްވާފައިވާ، ނިޝާން އިއްޒުދީންގެ އިއްޒަތުގެ ވެރިޔާ އަހުމަދު އާދަމްގެ ހަޔާތްޕުޅުގެ މައްޗަށް ލިޔެފައިވާ ބަޔޮގްރަފީ ފޮތް ރަސްމީކޮށް ނެރެފި އެވެ.

ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ، އަދި ކުރީގެ ރައީސް މައުމޫންގެ ދައުރުގެ ހޯމް މިނިސްޓަރު އަބްދުﷲ ކަމާލުއްދީން އެވެ. 

Advertisement - newsAdvertisement

އަހުމަދު އާދަމް އަކީ ރާއްޖޭގައި ޝަރުތު ހަމަވި ފުރަތަމަ ދިވެހި މެރިން އިންޖިނިއަރެވެ. އޭނާ ވަނީ މާލޭ އިންޖީނުގޭގެ މެނޭޖަރުކަން ކުރައްވައި، މާލޭގެ މަގުމަތީ ކަރަންޓު ނަރުތައް ޒަމާނީ ކުރުމުގެ މަސައްކަތުގައި އިސް މޭސްތިރިއެއްގެ ދައުރު އަދާކުރައްވާފަ އެވެ. މީގެ އިތުރުން، ވީޓީސީގެ ބާނީއަކީ ވެސް އަދި ޓީވީ މޯލްޑިވްސްގެ އެންޓަނާ ބެހެއްޓުމުގެ މަސައްކަތުގެ ސަރުދާރަކީ ވެސް އޭނާ އެވެ.

ރާއްޖޭގެ މަސްވެރިކަމާއި ދަތުރުފަތުރުގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގައި އަހުމަދު އާދަމްގެ ހިއްސާ ނުހަނު ބޮޑެވެ. އެގޮތުން ދިވެހި މަސްދޯނިފަހަރުގައި އިންޖީނު އެޅުމުގެ މަޝްރޫއު ރޭއްވެވުމާއި، އަތޮޅުތަކުގައި ޔަންމާ ރިޕެއަރ ސެންޓަރުތައް ތައާރަފުކޮށް ހިންގެވުމުގައި އޭނާ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެވެ. އަދި އެމްޓީސީސީގެ ފުރަތަމަ މެނޭޖިންގ ޑިރެކްޓަރުކަން ކުރެއްވުމުގެ އިތުރުން، މާލޭ ތިލައިގެ ބާނީއަކީވެސް އަހުމަދު އާދަމް އެވެ.

ފަތުރުވެރިކަމާއި ކަނޑުފަޅުގެ މަސައްކަތްތަކަށް ބަލާއިރު، ރާއްޖޭގައި ރިޒޯޓު އިމާރާތް ކުރުމުގެ އާރުކާޓީއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަހުމަދު އާދަމް އަކީ ބަނޑޮސް ރިސޯޓުގެ ފުރަތަމަ މެނޭޖަރެވެ. ހަމައެހެންމެ، ފުނަށް ފީނި ފުރަތަމަ ދިވެހި ޒުވާނާގެ ޝަރަފު ހޯއްދަވާފައިވާ އޭނާއަކީ، ދިއްފުށިމާދޫ ފުންކުރުމުގެ މަސައްކަތުގެ ވެސް މޭސްތިރި އެވެ. ހޮނިހިރު ދުވަހު ނެރުނު މި ބަޔޮގްރަފީ ފޮތަކީ ގައުމީ ހިދުމަތުގައި އަހުމަދު އާދަމް ކުރެއްވި މިފަދަ އަގުހުރި މަސައްކަތްޕުޅުތަކުގެ ތަފްސީލު އަންނަން އޮތް ޖީލުތަކަށް ގެނެސްދޭނެ މުހިންމު ތާރީޚީ ފޮތެކެވެ.

ރާއްޖޭގެ ތާރީޚު ދުށް އެންމެ ކާމިޔާބު އަދި އެންމެ މަޝްހޫރު އެއް އިންޖިނިއަރުގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަންނަ އަހުމަދު އާދަމް އަކީ، ގައުމުގެ ޒަމާނީ އުމްރާނީ ތަރައްގީގެ ބިންގާ އެޅުއްވުމުގައި އަގުނުކުރެވޭ ފަދަ ބޮޑެތި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ނިޝާން އިއްޒުދީންގެ އިއްޒަތުގެ ވެރިކަމުގެ ޝަރަފުވެސް އަރުވާފައިވާ އަހުމަދު އާދަމް ފަދަ ދާއިރާގެ އެންމެ އިސް އެއް ބާނީއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން އިންޖިނިއަރުންނަށް ދެއްވި އެވޯޑު ލިބިވަޑައިގެންފައި ނުވުމަކީ ގިނަ ބަޔަކު ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމެކެވެ.

އަހުމަދު އާދަމްވީޓީސީދިއްފުށިމާދޫ

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

2

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

3

އީރާނަށް ހަމަލާދިނުމަށް ތައްޔާރީ ހާލަތު މަތިކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއަށް އަންގައިފި

4

ބަޙްރައިނުގައި ހުރި އެމެރިކާގެ ރާޑަރުތަކާއި އަސްކަރީ މަރުކަޒަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

5

ރަސްމާލެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ގައުމީ ހަރަކާތުން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފި

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2025

"ފުލުހުންގެ ރަށްތައް އަތުލުމުގެ ބަދަލުގެ ގޮތުގައި ލިބުނު 64 މިލިއަން ރުފިޔާ ހުސްކޮށްލީ އެއްވެސް ޒިންމާދާރުކަމެއް ނެތި"

14 އޮކްޓޯބަރު 2025
"ފުލުހުންގެ ރަށްތައް އަތުލުމުގެ ބަދަލުގެ ގޮތުގައި ލިބުނު 64 މިލިއަން ރުފިޔާ ހުސްކޮށްލީ އެއްވެސް ޒިންމާދާރުކަމެއް ނެތި"
29 މާރިޗު 2022

ބާސްކެޓްގައި ނުވެ އޮތް ކަންތައް ކުރަން ބޮޑު އަމާޒެއް!

29 މާރިޗު 2022
 ބާސްކެޓްގައި ނުވެ އޮތް ކަންތައް ކުރަން ބޮޑު އަމާޒެއް!
05 އޯގަސްޓު 2021

މާއެނބޫދޫ އަހުމަދު އާދަމް

05 އޯގަސްޓު 2021
މާއެނބޫދޫ އަހުމަދު އާދަމް
21 ފެބުރުއަރީ 2017

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް