Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީ - އެމެރިކާ

ތުރުކީގެ އިގްތިސާދު ފުނޑާލާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

14 ޖެނުއަރީ 2019 | ހޯމަ 15:44

ސީރިޔާގައި ހަނގުރާމަ ކުރަމުން އަންނަ ބައެއް ކުރުދީންގެ ޖަމާއަތްތަކަކީ، ޓެރަރިސްޓު ޖަމާއަތްތަކުގެ ގޮތުގައި ތުރުކީން ކަނޑައަޅާފައިވާ ޖަމާއަތްތަކެއް

އަމަން ހަލީމް
އަމަން ހަލީމް | 14 ޖެނުއަރީ 2019 | ހޯމަ 15:44
ސީރިޔާގެ ހަނގުރާމައިގައި ހަރަކާތްތެރިވާ އެމެރިކާ އަސްކަރިއްޔާގެ ޓޭންކަރެއް ކައިރީގައި ސިފައިންތަކެއް މަޑުކޮށްލައިގެން

ސީރިޔާގެ ހަނގުރާމައިގައި ހަރަކާތްތެރިވާ އެމެރިކާ އަސްކަރިއްޔާގެ ޓޭންކަރެއް ކައިރީގައި ސިފައިންތަކެއް މަޑުކޮށްލައިގެން

ސީރިޔާގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނަށް ތުރުކީ އިން ހަމަލާ ދީފި ހާލަތެއްގައި، އެ ގައުމުގެ އިގްތިސާދު ފުނޑާލާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޓްރަމްޕް ދެއްވައިފިއެވެ.

އާދިއްތަ ދުވަހު ކުރެއްވި ޓްވީޓްއެއްގައި ޓްރަމްޕް ވިދާޅުވީ ސީރިޔާގައި ތިބި އައިސިސްގެ ސަރަހައްދުތަކަށް ހަމަލާ ދިނުމަށް ފަހު އެމެރިކާ ސިފައިން ފޭބުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އަދި ފޭބުމަށް ފަހު ވެސް ކައިރި ގައުމުތަކުގައި ހުރި އަސްކަރީ ބޭސްތަކުން ވެސް އައިސިސްއަށް ހަމަލާ ދޭން ޖެހިއްޖެ ހާލަތެއްގައި ހަމަލާދޭނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ ވިދާޅުވިއެވެ.

ނަމަވެސް ތުރުކީއަށް ނިސްބަތްކޮށް ޓްރަމްޕް އިންޒާރު ދެއްވުމަށް ފަހު ދެން ކުރެއްވި ޓްވީޓްގައި ވަނީ ހަމަ ތުރުކީ ފަދައިން، ކުރިދީން ވެސް ތުރުކީއަށް ފުރައްސާރަ ނުކުރުމަށް އެދިވަޑައިގެންފައެވެ.

އެމެރިކާގެ އެހީއާ އެކު ސީރިޔާގައި ހަނގުރާމަ ކުރަމުން އަންނަ ބައެއް ކުރުދީންގެ ޖަމާއަތްތަކަކީ، ޓެރަރިސްޓު ޖަމާއަތްތަކުގެ ގޮތުގައި ތުރުކީން ކަނޑައަޅާފައިވާ ޖަމާއަތްތަކެކެވެ.

ޓްރަމްޕްގެ ޓްވީޓްއަށް ރައްދު ދެއްވައި، ތުރުކީގެ ރައީސްގެ ތަރުޖަމާނު އިބްރާހިމް ކާލިން ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައިވާ ކަންކަމަށް އެމެރިކާއިން އިހުތިރާމް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ގުޅިގެން މަސައްކަތް ކުރާ ބައިވެރިންނަށް ޓެރަރިސްޓުން ނެހެދޭނެ ކަމަށް ވެސް ކާލިން ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އާދައިގެ ކުރުދީންނަކީ ޓެރަރިސްޓުންގެ ގޮތުގައި ނުދެކޭ ކަމަށާއި، ޓެރަރިސްޓުންގެ ގޮތުގައި ބަލަނީ ޕީކޭކޭއާއި އެ މީހުންގެ ސީރިޔާގެ ގޮފި ކަމުގައިވާ ޕީވައިޑީ/ވައި.ޕީ.ޖީ ކަމަށް ވެސް ކާލިން ވިދާޅުވިއެވެ. އަދި ޓެރަރިސްޓުންގެ ހަމަލާތަކުން ކުރިދީންނާއި އެހެން ސީރިޔާގެ މީހުން ދިފާއުކުރުމުގައި ދެމިތިބޭނެ ކަމަށް ވެސް ކާލިން ވިދާޅުވިއެވެ.

އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން އެމެރިކާ ސިފައިން ސީރިޔާ އިން ފޭބުމުގެ ޝަރުތަކަށް، އެމެރިކާ އިން ވާގިވެރިވާ ކުރިދީ ހަނގުރާމަވެރިންނަށް ތުރުކީ އިން ދޭ ހަމަލާތައް ހުއްޓާލަން ޖެހޭ ކަމަށް ބުނުމުން ތުރުކީގެ ރައީސް އުރުދުގާން ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. އުރުދުގާން ވިދާޅުވީ ބޯލްޓަންގެ ވިސްނުން ގޯސްކަމަށާއި، އެއީ އޮޅުމެއް ކަމަށް ވިދާޅުވެފައެވެ. އަދި މި މައްސަލައިގައި ތުރުކީ އިން ދޫނުދޭނެ ކަމަށް ވެސް އުރުދުގާން ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާއިން ސީރިޔާގައި ހުރި އެ ގައުމުގެ ހަތިޔާރު ބޭލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކާ ހަވާލަދީ ސީއެންއެން އިން ވަނީ ރިޕޯޓްކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
23 ޖެނުއަރީ 2017

ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި

23 ޖެނުއަރީ 2017
ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް