Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

14 އޮކްޓޯބަރު 2026 | ބުދަ 11:47

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 361 މުވައްޒަފަކު ސޮއިކޮށް ރައީސްއަށް ހުށަހެޅި މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ އައު ޕޭ ފްރޭމްވޯކާއެކު އުނިވި އިނާޔަތްތައް އިއާދަކޮށްދިނުމަށް. މީގެ ތެރޭގައި ހާޒިރީ އެލަވަންސް ހަމަހަމަކުރުމާއި، ބަންދު ދުވަސްތަކުގެ އިތުރުގަޑީގެ ފައިސާ ދިނުމުގެ އިތުރުން ހިފަހައްޓާފައިވާ މައިގްރޭޝަން އެލަވަންސް ދޫކުރުން ހިމެނޭ. މުވައްޒަފުން ބުނާގޮތުގައި މި ބަދަލުތަކުގެ ސަބަބުން މަސައްކަތުގެ މާހައުލުގައި ހަމަހަމަކަން ގެއްލި، މުސާރައަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު | 14 އޮކްޓޯބަރު 2026 | ބުދަ 11:47
އައިޖީއެމްއެޗް ލެބޯޓްރީ ތެރޭގައި މުވައްޒަފެއް މަސައްކަތުގައި

އައިޖީއެމްއެޗް ލެބޯޓްރީ ތެރޭގައި މުވައްޒަފެއް މަސައްކަތުގައި | ރާއްޖެއެމްވީ

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، އެ ކަންކަމަށް އިންސާފުވެރި ހައްލެއް ހޯދައިދިނުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މި ޕެޓިޝަނުގައި ދެ ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓްތަކުގެ 361 މުވައްޒަފަކު ވަނީ ސޮއިކޮށްފަ އެވެ.

Advertisement - newsAdvertisement

މުވައްޒަފުން ފާހަގަކޮށްފައިވާ ގޮތުގައި، 1 ނޮވެމްބަރު 2025 އިން ފެށިގެން ސިވިލް ސަރވިސްގެ އައު ޕޭ ފްރޭމްވޯކަށް އަމަލުކުރަން ފެށުމާ ގުޅިގެން ކުރިން ލިބެމުންދިޔަ ރިސްކް އެލަވަންސް ވަނީ އުނިކޮށްފަ އެވެ. ކުރިން ކޮންމެ މުވައްޒަފަކަށް ރިސްކް އެލަވަންސްގެ ގޮތުގައި 75 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބުނު ނަމަވެސް، އައު އޮނިގަނޑުގެ ދަށުން ރިސްކް އެލަވަންސް ކަނޑާލައި ތައާރަފުކުރި ހާޒިރީ އެލަވަންސް ކަނޑައަޅާފައިވަނީ މަގާމުގެ ފަންތިއަށް ބަލައިގެން ކަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ. 

އެގޮތުން ދަށު މަގާމުތަކުގެ މުވައްޒަފުންނަށް ކުޑަ އަދަދެއް އަދި އިސް މަގާމުތަކަށް ބޮޑު އަދަދެއް ހަމަޖެއްސުމަކީ ވަޒީފާއަށް ހާޒިރުވުމުގެ ހަމަހަމަކަމުގެ އުސޫލާ ހިލާފު ކަމެއް ކަމަށް މުވައްޒަފުން ފާހަގަކޮށްފައިވެ އެވެ. 

މީގެއިތުރުން، 24 ގަޑިއިރު މެދުނުކެނޑި ޚިދުމަތްދޭ ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހޮނިހިރު ދުވަހާއި ސަރުކާރު ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިނާޔަތް ނުލިބޭ މައްސަލަ ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން އާންމު ސިވިލް ސަރވިސްގެ އޮފީސްތަކުގައި ދުވާލަކު 6 ގަޑިއިރު މަސައްކަތް ކުރި ނަމަވެސް، ހޮސްޕިޓަލުގެ ބައެއް ޑިޕާޓްމަންޓްތަކުގައި ޝިފްޓް ޑިއުޓީގައި ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރަން ޖެހޭއިރު، އިތުރުވާ 2 ގަޑިއިރަށް ކުރިން ދެމުންދިޔަ އިތުރުގަޑީގެ ފައިސާ މިހާރު ނުލިބޭ ކަމަށް މުވައްޒަފުން ބުނެ އެވެ. އަދި ނޭޝަނަލް ޕޭ ކޮމިޝަނުން މެއި 2026 ގައި މައިގްރޭޝަން އެލަވަންސްގެ ގޮތުގައި ދިނުމަށް ފޮނުވާފައިވާ ފައިސާ ހޮސްޕިޓަލުގެ މެނޭޖްމަންޓުން ހިފަހައްޓާފައިވާ ކަމަށް ވެސް ޕެޓިޝަނުގައި ބުނެފައިވެ އެވެ. 

ޕެޓިޝަން ހުށަހެޅި މުވައްޒަފުން ވަނީ މި މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެދި ސަރުކާރަށް މުހިންމު ކަންތައްތަކެއް ހުށަހަޅާފަ އެވެ. އެއީ މަގާމުގެ ފަންތިއަށް ބެލުމެއްނެތި ހޮސްޕިޓަލުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ދުވާލަކު 200 ރުފިޔާ އާއި 250 ރުފިޔާއާ ދެމެދުގެ އަދަދަކަށް ހާޒިރީ އެލަވަންސް އެއްހަމަކުރުމެވެ. އަދި ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އޮންނަ ހޮނިހިރު ދުވަހު މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ އެލަވަންސް ހަމަޖައްސައިދިނުމާއި ކަލަންޑަރުގައި ކަނޑައަޅާފައިވާ ސަރުކާރު ރަސްމީ ބަންދު ދުވަސްތަކުގައި ޑިއުޓީ އަދާކުރާ މުވައްޒަފުންނަށް ލިބެންޖެހޭ ބަންދު ދުވަހުގެ އެލަވަންސް އިންސާފުވެރިކަމާއެކު ދިނުމެވެ. 

މީގެއިތުރުން ޕޭ ހާމަނައިޒޭޝަނާ ގުޅިގެން އުނިވި މިންވަރަށް ބަލައި ނޭޝަނަލް ޕޭ ކޮމިޝަނުން މެއި 2026 ގައި މުވައްޒަފުންނަށް ވަކިވަކިން ދިނުމަށް ފޮނުވާފައިވާ އެލަވަންސް އަވަސް ފުރުސަތެއްގެ ތެރޭގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

މިއާއެކު، 1 ސެޕްޓެންބަރު 2026 ގައި ފޮނުވި މި ޕެޓިޝަނުގައި މުވައްޒަފުން ފާހަގަކޮށްފައިވާ، އައު ޕޭ ފްރޭމަށް ބަދަލުވުމާ ގުޅިގެން ހުރި ކަންބޮޑުވުންތައް 9 ޑިސެމްބަރު 2025 ގައި ވެސް ރައީސް މުއިއްޒު އާއި ކަމާގުޅޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ކަންބޮޑުވުންތަކަށް އެއްވެސް އިދާރާއަކުން ހައްލެއް ލިބިފައިނުވާ ކަމަށް ޕެޓިޝަންގައި މުވައްޒަފުން ފާހަގަކޮށްފައިވެ އެވެ. 

ހޮސްޕިޓަލްތަކަކީ ރައްޔިތުންގެ ފުރާނައާ ގުޅިފައިވާ ޚިދުމަތްތައް ދޭ މުހިންމު ތަންތަން ކަމަށްވާތީ، އެންމެ ދަށު ފަންތީގެ މަގާމުތަކުން ފެށިގެން އެންމެ މަތީ ފަންތީގެ މަގާމުތަކާ ހަމައަށް ހަމަހަމަކަން ގާއިމުކޮށް، މުވައްޒަފުންގެ މަސައްކަތުގެ ރޫހު ދެމެހެއްޓުމަށްޓަކައި މި މައްސަލަތަކަށް ރައީސްގެ ފަރާތްޕުޅުން އަވަސް ޖަވާބަކާއި އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އެ ޕެޓިޝަނުގައި ބުނެފައިވެ އެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްދަރުމަވަންތަ ހޮސްޕިޓަލްސިވިލް ސަރވިސްނޭޝަނަލް ޕޭ ކޮމިޝަންޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

5

މާލޭގެ ގެއަކަށް ވަދެ ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލަ: ހައްޔަރު ކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2026

އަނެއްކާ ވެސް ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުވިކުރުމަށް ރައީސް މުއިއްޒު އެދިވަޑައިގަންނަވައިފި

06 އޮކްޓޯބަރު 2026
އަނެއްކާ ވެސް ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުވިކުރުމަށް ރައީސް މުއިއްޒު އެދިވަޑައިގަންނަވައިފި
30 އޯގަސްޓު 2026

ސިނަމާލެ ބްރިޖަކީ ހަމައެކަނި ރާއްޖޭގެ އުމްރަނީ ތަރައްގީ ދައްކައިދޭ މަޝްރޫއެއް ނޫން، އެއީ ރާއްޖެ އަދި ޗައިނާއާ ދެމެދު އޮތް އެކުވެރިކަން ދައްކައިދޭ މަޝްރޫއެއް: ރައީސް މުއިއްޒު

30 އޯގަސްޓު 2026
ސިނަމާލެ ބްރިޖަކީ ހަމައެކަނި ރާއްޖޭގެ އުމްރަނީ ތަރައްގީ ދައްކައިދޭ މަޝްރޫއެއް ނޫން، އެއީ ރާއްޖެ އަދި ޗައިނާއާ ދެމެދު އޮތް އެކުވެރިކަން ދައްކައިދޭ މަޝްރޫއެއް: ރައީސް މުއިއްޒު
30 އޯގަސްޓު 2026

ހުޅުމާލެ ފޭސް ދޭއްގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުޑަ ކުއްޖާގެ ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާދެނީ

30 އޯގަސްޓު 2026
ހުޅުމާލެ ފޭސް ދޭއްގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުޑަ ކުއްޖާގެ ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާދެނީ
15 އޯގަސްޓު 2026

ގައުމީ ދުވަހު ކަނޑައަޅަންވީ އެންމެ މުހިންމު އަޒުމަކީ މުޖުތަމައުގައި ތަހުޒީބު ސިފަތައް އަށަގަންނުވައި އެއްބައިވަންތަވުމަށް: ރައީސް މުއިއްޒު

15 އޯގަސްޓު 2026
ގައުމީ ދުވަހު ކަނޑައަޅަންވީ އެންމެ މުހިންމު އަޒުމަކީ މުޖުތަމައުގައި ތަހުޒީބު ސިފަތައް އަށަގަންނުވައި އެއްބައިވަންތަވުމަށް: ރައީސް މުއިއްޒު
24 ޖުލައި 2026

ޒުވާނުންނަށް ކުޅިވަރުކުޅެވޭނެ ފަހި ފުރުޞަތުތައް ހޯދައިދޭން މީގެ ކުރިން ރާއްޖެ ދެކެފައި ނުވާ މިންވަރަށް މިދަނީ ތަރައްގީ ކުރަމުން: ރައީސް މުއިއްޒު

24 ޖުލައި 2026
ޒުވާނުންނަށް ކުޅިވަރުކުޅެވޭނެ ފަހި ފުރުޞަތުތައް ހޯދައިދޭން މީގެ ކުރިން ރާއްޖެ ދެކެފައި ނުވާ މިންވަރަށް މިދަނީ ތަރައްގީ ކުރަމުން: ރައީސް މުއިއްޒު
22 ޖުލައި 2026

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނާއި ޕާމަނަންޓް ސެކްރެޓަރީންގެ މުސާރަ ކުޑަކުރަން ނިންމައިފި

22 ޖުލައި 2026
ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނާއި ޕާމަނަންޓް ސެކްރެޓަރީންގެ މުސާރަ ކުޑަކުރަން ނިންމައިފި
05 ޖުލައި 2026

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10އަހަރު ފުރުން ފާހަގަ ކޮށްފި

05 ޖުލައި 2026
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10އަހަރު ފުރުން ފާހަގަ ކޮށްފި
22 ޖޫން 2026

މޭރީ މަރާލުމުގައި ލަމްހާ ބައިވެރިވިކަން ސާބިތުވެއްޖެ، އޭނާ ހުރީ ކޮންމެ ޙާލެއްގައިވެސް މާވިންއާ އެކުގައި އުޅެވޭނެ ގޮތެއް ހޯދަން ތައްޔާރަށް!

22 ޖޫން 2026
މޭރީ މަރާލުމުގައި ލަމްހާ ބައިވެރިވިކަން ސާބިތުވެއްޖެ، އޭނާ ހުރީ ކޮންމެ ޙާލެއްގައިވެސް މާވިންއާ އެކުގައި އުޅެވޭނެ ގޮތެއް ހޯދަން ތައްޔާރަށް!
06 ޖޫން 2026

އެމްބިއުލާންސްގެ ޚިދުމަތް ހޯދުމަށް ވެސް ރައްޔިތުން މިއަދު އުފުލަން ޖެހެނީ ތަކުލީފު!

06 ޖޫން 2026
އެމްބިއުލާންސްގެ ޚިދުމަތް ހޯދުމަށް ވެސް ރައްޔިތުން މިއަދު އުފުލަން ޖެހެނީ ތަކުލީފު!
30 މެއި 2026

ގަމުގައި ކަރަންޓުގައި ޖެހުނު 14 އަހަރުގެ ކުއްޖާ ވެންޓިލޭޓަރުން ނަގައިފި

30 މެއި 2026
ގަމުގައި ކަރަންޓުގައި ޖެހުނު 14 އަހަރުގެ ކުއްޖާ ވެންޓިލޭޓަރުން ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް