Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ މާލީ ހާލަތު

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

14 އޮކްޓޯބަރު 2026 | ބުދަ 05:25

ތެލުގެ އަގު އުފުލުމާއި އާމްދަނީ ދަށްވުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ ކުރިއެރުން އެއް އިންސައްތައަށް މަޑުޖެހި، ބަޖެޓު ޑެފިސިޓް ވަނީ ނުވަ އިންސައްތައަށް އުފުލިފައި. ދަރަނި ދެއްކުމަށް ބޮޑެތި ހުރަސްތަކެއް ހުރުމާއެކު، މާލީ ނިޒާމު ހަރުދަނާކޮށް އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ދައުލަތުގެ ޚަރަދުތައް ކުޑަކޮށް ދެފުށް ފެންނަ ސިޔާސަތުތަކެއް ތަންފީޒުކުރުން މުހިންމު

އިބްރާހިމް ރިޒްވާން
އިބްރާހިމް ރިޒްވާން | 14 އޮކްޓޯބަރު 2026 | ބުދަ 05:25
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު | ރާއްޖެ އެމްވީ

13 އޮކްޓޯބަރު 2026 ގައި ރޮއިޓަރސް އިން ޝާއިޢުކޮށްފައިވާ ޚަބަރެއްގައި ރާއްޖޭގެ މާލީވަޒީރު ހަސަން ޒަރީރު ރޮއިޓާރސްއަށް ދެއްވާފައިވާ ބަސްދީގަތުމަކަށް ހަވާލާދެއްވާ، ދިވެހިރާއްޖެއިން ބައިނަލްއަގުވާމީ މާލީއެހީއަށް އެދިފައިވާކަން ޔަޤީންކޮށްދީފައިވެ އެވެ. ބައިނަލްއަޤްވާމީ މާލީ އެހީ އަށް އެދި އާދޭސްކުރާ ހިސާބަށްދިއުމުން ޔަޤީންވަނީ، އިގުތިސާދަށް ކުރެވޭ ބުރަ އިތުރުވެ ރާއްޖެ ބަނގުރޫޓުވުމާ ކައިރިއަށް ގޮސްފައިވާކަމެވެ.

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރޮއިޓަރސްއަށް ވިދާޅުވެފައިވަނީ، ތެލުގެ އަގު އުފުލުމާއި ފަތުރުވެރިކަމުގެ އާމްދަނީ ދަށްވުމުން، ދައުލަތުގެ މާލީ ހާލަތަށާއި ބޭރުގެ ފައިސާގެ ރިޒާވަށް ބުރަވަމުންދާ ކަމަށެވެ. 2026 ވަނަ އަހަރު އިގުތިސާދީ ކުރިއެރުން ހުންނާނެކަމަށް ލަފާކުރެވެނީ ހަމައެކަނި 1 ޕަސެންޓުގަ އެވެ. އަދި ބަޖެޓުގެ ޑެފިސިޓް، އަމާޒުކުރި 7.1 ޕަސެންޓުން 9 ޕަސެންޓަށް އަރާނެ އެވެ. މިއަހަރު ހަކަތައަށް ދެވޭ ސަބްސިޑީގެ ޚަރަދު ވެސް ތިންގުނައަށް އަރާފައިވެ އެވެ.

Advertisement - newsAdvertisement

ކުރިއަށް އޮތް އަހަރުތަކުގައި، އަހަރަކު 300 މިލިއަނާއި 400 މިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދެއް ދަރަނި އަނބުރާ ދެއްކުމަށް ބޭނުންވާތީ، އިތުރު އިގުތިސާދީ ހުރަހެއް ދިމާވުމުން އެކަމަށް ކުރިމަތިލުމުގެ ގާބިލުކަން ދިވެހި އިގުތިސާދުގައި ނެތެވެ.

ބޭރުގެ އެހީއިން، މާލީ ވަގުތީ ލުއިކަމެއް ނުވަތަ ފަސޭހައެއް ލިބިދާނެ އެވެ. ނަމަވެސް، ދެމެހެއްޓެނިވި މާލީ ނިޒާމަކަށް ބޭނުންވަނީ ޚަރަދުކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގާއިމުކުރުމާއި މާލީ ކަންތައްތަކުގައި ދެފުށް ފެންނަގޮތަށް މުއާމަލާތްކުރުމާއި މާލީ އިތުބާރާއިގުޅޭ ތަރައްޤީގެ ސިޔާސަތުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމެވެ. ރާއްޖޭގެ މާލީނިޒާމުގައި މިފަދަ އެއްވެސް ހަރުދަނާކަމެއް ނެތުމުން، ބައިނަލްއަގުވާމީ އެހީލިބުން ދަތިވެ އިންވެސްޓަރުންގެ އިތުބާރު ރާއްޖޭގެމައްޗަށް ކުޑަ އެވެ. އަދި ވަސީލާތްތައް ބޭނުންކުރުމާއި އިގުތިސާދީފައިދާ އަށް ވަސީލަތްތައް ބަދަލުކުރުމުގައި ދެފުށްފެންނަ ސިޔާސަތުތަކެއް ނެތުމުން އެކި ފަންތިތަކުގެ ވިޔަފާރިތަކަށް އެކަމުގެ ގެއްލުމާއި ކުރިމަތިލާންޖެހެ އެވެ.

އުފެއްދުންތެރިކަމެއް ނެތް ބޭކާރު ޚަރަދު ބޮޑުވެ އާމްދަނީއަށްވުރެ ހޭދަ މައްޗަށްދިއުމުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު މިވަނީ ނާޒުކު ފައްތަރަކަށް ވެއްޓިފަ އެވެ.

ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

5

އިންޑިއާ ކުންފުންޏަކަށް 11.7 މިލިއަން ރުފިޔާ އެއްފަހަރާ ދައްކަން އާރުޑީސީގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

24 ޖޫން 2026

ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލީހުން ރުހުން ދީފި

24 ޖޫން 2026
ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލީހުން ރުހުން ދީފި
22 ޖޫން 2026

ފިނޭންސް މިނިސްޓަރު ޒަރީރަށް ކޮމިޓީން ރުހުން ދީފި

22 ޖޫން 2026
ފިނޭންސް މިނިސްޓަރު ޒަރީރަށް ކޮމިޓީން ރުހުން ދީފި
15 ޖޫން 2026

ސަރުކާރުގެ ކުންފުނިތަކުން އެމްޑީޕީ ސަޕޯޓަރުން ވަކިކުރާ މައްސަލައިގައި ފިނޭންސް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ

15 ޖޫން 2026
ސަރުކާރުގެ ކުންފުނިތަކުން އެމްޑީޕީ ސަޕޯޓަރުން ވަކިކުރާ މައްސަލައިގައި ފިނޭންސް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް